ކ. މާލެ
|
10 އޮކްޓޯބަރ 2020 | ހޮނިހިރު 12:40
5 ޖީ ޓެކޮނޮލޮޖީ ކުރިއަރުވަން އިންޑިއާ އާއި ޖަޕާނުން އެއްބަސްވުމުގައި ސޮއިކުރުުމުގެ ތެރެއިން
5 ޖީ ޓެކޮނޮލޮޖީ ކުރިއަރުވަން އިންޑިއާ އާއި ޖަޕާނުން އެއްބަސްވުމުގައި ސޮއިކުރުުމުގެ ތެރެއިން
އޭއެފްޕީ
އިންޑިއާ - ޖަޕާންގެ ގުޅުން
އިންޑިއާ އާއި ޖަޕާން ގުޅިގެން 5ޖީ ޓެކްނޮލޮޖީ ކުރިއަރުވަން އެއްބަސްވެއްޖެ
 
އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެސް. ޖައިޝަންކަރު
 
ސޮއިކޮށްފައިވަނީ ބުދަ ދުވަހު

އިންޑިއާ އާއި ޖަޕާނާ ދެމެދު ސައިބަރ ސެކިއުރިޓީގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބުދަ ދުވަހު ދެ ގައުމުގެ ދެމެދު ކުރެވުނު އެއްބަސްވުމުގެ ދަށުން 5ޖީ ނެޓްވޯކްއާއި އާޓިފިޝަލް އިންޓެލިޖެންސް ކުރިއެރުވުމަށް މަސައްކަތް ކުރާނެއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 13 ވަނަ، އިންޑިއާ-ޖަޕާން ފޮރިން މިނިސްޓަރސް ސްޓްރެޓެޖިކް ޑައިލޮގްގެ ދަށުން، އިންޑިއާގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރު އެސް ޖައިޝަންކަރުއާއި ޖަޕާނުގެ ފޮރިން މިނިސްޓަރު މޮޝެގީ ޓޮޝެމިސްޓޫއާ ދެމެދު ޓޯކިޔޯގައި ބޭއްވި ބައްދަލުވުމުގައެވެ.

އެއްބަސްވުމާ ގުޅޭ ގޮތުން އިންޑިއާއިން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނީ، އޭގެ ދަށުން ކޭޕޭސިޓީ ބިލްޑިން، ރިސާޗް އަދި 5ޖީ އިންޓަނެޓް ކުރިއަރުވަން މަސައްކަތް ކުރާނެ ކަމަށެވެ. ދެ ގައުމުގެ ދެމެދު ސޮއިކުރެވުނު އެގްރީމެންޓަށް އަމަލުކުރަން ފެށު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ އަމަލުކުރަން ފެށުމުގެ ހުއްދަ ދެއްވާފައެވެ.

5ޖީ އެގްރީމެންޓުގައި އިންޑިއާ އާއި ޖަޕާނާ މެދު ސޮއިކޮށްފައިމިވަނީ ޗައިނާގެ ވާވޭ ކުންފުންޏަށް ދުނިޔޭގެ ގައުމުތަކުގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގެ އިތުރުން ޓޯކިޔޯގައި ބާއްވާ އޮލިމްޕިކްސް އަށް 5 ޖީ ނެޓްވޯކް ބޭނުންކުރަން ޖަޕާނުގެ ކުންފުނިތަކުން ތައްޔާރީތައް ވަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް