ކ. މާލެ
|
20 އޭޕްރިލް 2017 | ބުރާސްފަތި 17:05
ތަމަންނާ
ތަމަންނާ
ގޫގުލް
ތަމަންނާ
ބާހްބަލީން މަޝްހޫރުވި ތަމަންނާ އެހެން ފިލްމަކުން
 
އެފިލްމުގައި އޭނާ އަދާ ކުރަންޖެހެނީ ބީރު އަދި ވާހަކަ ނުދެއްކޭ އަންހެން ކުއްޖެއްގެ ރޯލު

ބޮލީވުޑްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ "ބާހުބަލީ" އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ތަމަންނާ ބާޓިއާ ހިންދީ ފިލުމަކުން ފެންނާނެ ކަމަށް އޭނާ ބުނެފިއެވެ.

ތަމަންނާ ބުނީ އޭނާ ކުޅޭނީ ވަށު ބަގްނާނީ ޕްރޮޑިއުސް ކުރާ ފިލްމަކުން ކަމަށާއި އެފިލްމުގައި އޭނާ އަދާ ކުރަންޖެހެނީ ބީރު އަދި ވާހަކަ ނުދެއްކޭ އަންހެން ކުއްޖެއްގެ ރޯލު ކަމަށެވެ.

އެސްއެސް ރާޖަމޯލީ ޑައިރެކްޓް ކޮށްފައިވާ "ބާހްބަލީ 2"  ސިނަމާތަކަށް އަންނާނީ މިމަހުގެ 28 ގައެވެ. ތެލެގޫ ބަހުން އުފެއްދި މި ފިލްމް ހިންދީ ބަހުގެ އިތުރުން، އިންޑިއާގެ އެހެން ގިނަ ބަސްތަކުން ވެސް ޑަބްކޮށްގެން ރިލީޒްކުރާނެއެވެ. ފުރަތަމަ ބައި ވެސް ރިލީޒްކުރީ އެގޮތަށެވެ.

ރާޖަމޯލީ ވަނީ މީގެ ތިން ވަނަ ބައެއް އުފެއްދުމަށް ވެސް ނިންމފައެވެ. އޭނާ ބުނީ ތިން ވަނަ ބައި ވެގެން ދާނީ އިންޑިއާގެ ސިނަމާ އިން ބެލުންތެރިން މިހާތަނަށް ތަޖުރިބާކޮށްފައި ނުވާ ފަދަ ކަންތައްތަކެއް ގެނެސް ދޭނެ ފިލްމަކަމަށެވެ.

"ބާހުބަލީ" ދޭއްގެ އެންމެ ފަހުގެ މަސައްކަތް މިހާރު ނިމުމަކާ ހަމައަށް ގޮސްފައިވާ އިރު ތަމަންނާ ބުނި ގޮތުގައި "ބާހުބަލީ" އިން އޭނާ ދައްކުވައިދިން ހުނަރުން އެހެން ރޯލުތަކުގައި ވެސް އޭނާ ފެންނަން އެދޭ ކަމަށް ތަމަންނާ ބުންޏެވެ.

ތަމަންނާއަށް ވަނީ މީގެ ކުރިން އޭނާ ކުޅެފައިވާ ތަމަޅަ ފިލްމަށް އެވޯޑްވެސް ލިބިފައެވެ. އޭގެތެރެއިން  އެވޯޑު ލިބިފައިވަނީ އޮގަސްޓު 2016 ގައި ނިކުތް އޭނާގެ ފިލްމު "ދަރްމާ ދުރާއީ" އިންނެވެ. ފިލްމު ދަރްމާ ދުރާއީގައި ތަމަންނާ ފެނިގެން ގޮސްފައިވަނީ އެކްޓަރު ވިޖޭ ސެތުޕަތީ އާއެކު އެވެ.

"ދަރްމާ ދުރާއީ" ޑައިރެކްޓު ކޮށްދީފައި ވަނީ އިންޑިއާގެ ޤައުމީ އެވޯޑް ހާސިލް ކޮށްފައިވާ ހުނަރުވެރި ސީނޫ ރާމަސާމީ އެވެ. ފިލްމާ ބެހޭ ގޮތުން ތަމަންނާ ބުނެފައި ވަނީ ކުޅެން ޖެހުނު ރޯލު ވަރަށް ޗެލެންޖިންގް ކަމަށާއި އެއީ ވަރަށް ތަފާތު ކެރެކްޓާއެއް ކަމަށެވެ. އަދި އޭނާގެ މަސައްކަތް ބަލައިގަނެ މިފަދަ އެވޯޑެއް ދެއްވީތީ އޯޑިއަންސް އަށާއި ފާޑު ކިޔާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް