ކ. މާލެ
|
9 އޮކްޓޯބަރ 2020 | ހުކުރު 22:14
ރ. ފައިނު އިންޖީނުގެ އައު އިމާރާތް
ރ. ފައިނު އިންޖީނުގެ އައު އިމާރާތް
ފެނަކަ ކޯޕަރޭޝަން
ފެނަކައިގެ ޒަމާނީ އިންޖީނުގެ މަޝްރޫއު
ރައްޔިތުން އުފުލަމުން އައި ބޮޑު ތަކުލީފަށް ހައްލެއް ހޯދައިދޭން ގަދަ އަޒުމުގައި ފެނަކަ
 
މިއީ ރައްޔިތުން އެކަމަކަށް ގޮވާލަމުން އައި ނަމަވެސް، ހައްލު ނުވެ އޮތް މައްސަލައެއް
 
އަހަރު ނިމުމުގެ ކުރިން މީގެ ތެރެއިން 28 އިންޖީނުގެއެއްގެ މަސައްކަތް ނިންމާލެވޭނެ
 
ސަރުކާރުގެ އަމާޒަކީ 40 ވަރަކަށް އިންޖީނުގެ ޒަމާނީ ފެންވަރަށް ބަދަލުކުރުން

ޒަމާން ބަދަލުވެއްޖެއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަލަބަލާ ތިއްބާ ޓެކްނޮލޮޖީ އެހެރަ ކުރިއަރައިގެން ދަނީއެވެ. މާ ގިނަ އިރު އެއް ކަަމަކާ ވެގެން އުޅެފަ ދެން ބަލާއިރު، އަނހާ! އައު އީޖާދެކެވެ. އައު އުފެއްދުމެކެވެ. ކުރިއަށް ވުރެ ފަސޭހައިން ކަންކަން ކޮށްލެވޭނެ އައު ހޯދުންތަކެވެ. ނަމަވެސް، "ޓެކް ސެވީ" ރާއްޖޭގައި މިއިން ކަމެއްގެ ހިލަމެއް ނުވާ އިންޖީނުގެތަކެއް ހުންނަކަން ދަންނަމު ހެއްޔެވެ؟

ރަށު ތެރޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުންނަ އިންޖީނުގޭގެ އަޑުފައްގަޑުން ލޮލު ފިޔައެއް ޖަހާ ނުލެވޭ ވާހަކައާއި، އިންޖީނުން އަރާ ދުމުގެ ސަބަބުން ސާފު ވަޔާއި، ބޯފެނުން މަހުރޫމްވެފައި ތިބި ދިވެހިންގެ ވާހަކަތަކަކީ އަތޮޅު ތެރެއަށް ދަތުރުކުރާ ކޮންމެ މީހަކަށްމެ އަޑުއިވިފައި ހުންނަ ވާހަކަތަކެވެ. އިންޖީނުގެތައް އެހެން ތަނަކަށް ބަދަލުކޮށްދޭށޭ ބުނެ އާދޭސް ކުރާތާ ދަހަރެއް ވެފައި ހުރި ރަށްތައްވެސް މަދެއް ނޫނެވެ.

އެއާއެކު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަމާލުކަމެއްދީ އަދުގެ ސަރުކާރުން މިވަނީ މިކަމަށް ހައްލެއް ގެނެސް ދޭން އަތުކުރި އޮޅާލާފައެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ ބޮޑު އެއް ތަސައްވުރަކީ ރައްޔިތުންގެ އަސާސީ ދިރިއުޅުމުގެ ފެންވަރު މަތިކުރުމެވެ. ރަށުތެރޭގައި ހުރި ބާ އިންޖީނުގެތައް ޒަމާނީ ފެންވަރުގެ އިންޖީނުގެތަކަށް ބަދަލުކުރުމުގެ މަސައްކަތަކީވެސް މި މަގުސަދުގައި ސަރުކާރުން ފެށި މަސައްކަތެކެވެ.

ބ. ފުޅަދޫ އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ: ފެނަކަ ކޯޕަރޭޝަން

މި ތަސައްވުރު ހަގީގަތަކަށް ހެދުމަށް މިހެން ހުރި 40 އިންޖީނުގެއެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށެވެ. ކޮވިޑް އާލަމީވަބާއާ ގުޅިގެން މި މަސައްކަތުގެ ދުވެލި މަޑުޖެހިލި ނަމަވެސް، އަހަރު ނިމުމުގެ ކުރިން 28 އިންޖީނުގެއެއްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ފެނަކައިން ލަފާކުރެއެވެ. އަދި މި މަސައްކަތް ނިންމާލުމަށް އެ ކުންފުނީގެ މުވައްޒަފުން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

މި އިންޖީނުގެތައް މީހުން ނޫޅޭ ސަރަހައްދުތަކަށް ބަދަލުކުރުން ވެގެންދާނީ ކުރިޔަށް އޮތް 20 ނުވަތަ 25 އަހަރަށް ރައްޔިތުންނަށް ތަކުލީފަކާ ނުލާ ހިދުމަތް ފޯރުކޮށްދެވޭނެ ވަރުގެ ތަންތަނަށެވެ. ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ހިދުމަތެއް، އެ ހިދުމަތް ހޯދާ ރައްޔިތުން ތަކުލީފަކަށް ނުވާނެ ދުވަހަކީ ހަމަ ޔަގީނުންވެސް މި ދެންނެވި 40 ރަށުގެ ރައްޔިތުން އުފާކުރާނެ ދުވަހަކަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
50%
0%
50%
0%
0%
ކޮމެންޓް