ކ. މާލެ
|
8 އޮކްޓޯބަރ 2020 | ބުރާސްފަތި 16:46
\"އެޑްމިރަލް ގޯޝްކޯ ފްރިގޭޓް\" ނަމަކަށް ކިޔާ އަސްކަރީ މަނަވަރަކުން ފޮނުވާލާފައިވާ މިސައިލެއް
"އެޑްމިރަލް ގޯޝްކޯ ފްރިގޭޓް" ނަމަކަށް ކިޔާ އަސްކަރީ މަނަވަރަކުން ފޮނުވާލާފައިވާ މިސައިލެއް
ރޮއިޓަރސް
ރަޝިއާއިން ހައިޕަސޮނިކް މިސައިލެއް ޓެސްޓު ކުރުން
ޕޫޓިންގެ އުފަން ދުވަހާ ދިމާކޮށް ރަޝިއާއިން ހައިޕަސޮނިކް މިސައިލެއް ޓެސްޓު ކޮށްފި
 
މިސައިލް ޓާގެޓާއި ހަމައަށް ގޮސްފައިވަނީ 450 ކިލޯ މީޓަރަށް ދަތުރު ކުރުމަށް ފަހު

ޕޫޓިންގެ އުފަންދުވަހާ ދިމާކޮށް ރަޝިއާ އިން ހައިޕަސޮނިކް މިސައިލެއް ޓެސްޓު ކޮށްފިއެވެ.

ރަޝިއާގެ އަސްކަރީ ސިފައިންގެ ޗީފް، ވަލެރީ ގެރަސިމޯ ވިދާޅުވީ، ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިންގެ 68 ވަނަ އުފަންދުވަހާ ދިމާކޮށް 7 އޮކްޓޯބަރުގައި ޓެސްޓް ކުރި މި މިސައިލަކީ ވައިޓް ކަނޑުގައި އޮތް "އެޑްމިރަލް ގޯޝްކޯ ފްރިގޭޓް" ނަމަކަށް ކިޔާ އަސްކަރީ މަނަވަރަކުން ފޮނުވާލާފައިވާ މިސައިލެއް ކަމަށެވެ. އަދި މިސައިލް ޓާގެޓާއި ހަމައަށް ގޮސްފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ގެރަސިމޯ ވިދާޅުވީ، މިސައިލް ޓާގެޓާއި ހަމައަށް ގޮސްފައިވަނީ 450 ކިލޯ މީޓަރަށް ދަތުރު ކުރުމަށް ފަހު ކަމަށެވެ. އަދި މިސައިލް ޓަގެޓާ ހަމައަށް ވާސިލުވާން ނަގައިފައިވަނީ 4 މިނެޓާއި ބައި ސިކުންތު ކަމަށާއި ބާރު މިނުގައި ކަމަށެވެ. މިއީ އަޑަށްވުރެ އަށް ގުނަ ބާރު މިން ކަމަށް ގެރަސިމޯ ވަނީ ވިދާޅުވިއެވެ.

މިސައިލް ކާމިޔާބު ކަމަށް ގެރަސިމޯ ވަނީ އެ ގައުމުގެ ރައީސް ޕޫޓިން އަށް ވީޑިއޯ ކޯލް މެދުވެރިކޮށް އަންގަވައިފައެވެ.

މިސައިލް ކާމިޔާބުވުމަކީ އެއީ ހަމައެކަނި އެ ގައުމުގެ އަސްކަރިއްޔާއަށް ލިބޭ ކުރިއެރުމެއް ނޫން ކަމަށާއި އެއީ މުޅި އެ ގައުމަށް ލިބޭ ކުރިއެރުމެއް ކަމަށް ޕޫޓިން ވަނީ ވިދާޅުވެފައެވެ.

ރަޝިއާއިން މިސައިލް ޓެސްޓް ކޮށްފައިވާ އިރު، އެ ގައުމުން އަންނަނީ ކުރިއަށް އޮތް ތަނުގައި ކުރިމަތި ވެދާނެ ކަންކަމަށް ވިސްނައި އެކި ކަހަލަ އަސްކަރީ ހަތިޔާރުތައް އުފައްދަމުންނެވެ. މި މިސައިލް ކާމިޔާބު ވުމަކީ އެކަމަށް އޮތް ކުރި އެރުމެއް ކަމަށް ވެސް އެ ޕޫޓިން ދެކިވަޑައިގަންނަވައެވެ.

ރަޝިޔާއިން ހައިޕަސޮނިކް މިސައިލެއް ޓެސްޓު ކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
57%
0%
43%
0%
0%
ކޮމެންޓް