ކ. މާލެ
|
7 އޮކްޓޯބަރ 2020 | ބުދަ 12:29
އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕާ ވާދާ ކުރައްވާ އިދިކޮޅު ކެނޑިޑޭޓް  ޖޯ ބައިޑެން
އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕާ ވާދާ ކުރައްވާ އިދިކޮޅު ކެނޑިޑޭޓް ޖޯ ބައިޑެން
އޭޕީ
ޓްރަމްޕް - ކޮވިޑަށް ޕޮޒިޓިވްވުން
ބަހުސްގެ ދެވަނަ މަރުޙަލާ ކުރިއަށް ގެންދަންވާނީ ޓްރަމްޕް ބަލިން ރަނގަޅުވުމުން: ބައިޑެން
 
މަދުވެގެން 10 ދުވަސް ވަންދެން ޓްރަމްޕް އައިސޮލޭޝަންގައި ހުންނަވަން ޖެހޭނެ
 
ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަން ޖެހޭ ކަމަށް ބައިޑެން ވިދާޅުވި
 
ބަހުސް މިހާރު ޝެޑިއުލް ކުރެވިފައި އޮތީ މިހިނގާ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑަށް ޕޮޒިޓިވްވުމާއެކު، ބަލިން މުޅިން ރަނގަޅު ނުވަނީސް ހޮސްޕިޓަލުން ނުކުމެވަޑައިގެންނެވި ނަމަވެސް، ޓްރަމްޕް ބަލިން ފަސޭހަވެވަޑައިނުގަންނަވަނީސް ރިޔާސީ ބަހުސްގެ ދެވަނަ މަރުޙަލާގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް އިދިކޮޅު ކެނޑިޑޭޓް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ޓްރަމްޕް ވަނީ އެމެރިކާގެ މިލިޓަރީ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދެވުމަށް ފަހު ވައިޓް ހައުސްއަށް ވަޑައިގެން ބަލިން މުޅިން ރަނގަޅު ނުވަނީސް، މާސްކު ނަންގަވާ ފޮޓޯ އަދި ވީޑިއޯއެއް ނަންގަވާފައެވެ. އެކަމަށް ގިނަ ބަޔަކު ދަނީ ފާޑު ވެސް ކިޔަމުންނެވެ.

ރިޔާސީ ބަހުސްގެ ދެވަނަ މަރުޙަލާ ކުރިއަށް ގެންދިއުމަށް މިހާރު ޝެޑިއުލް ކުރެވިފައި އޮތީ މި ހިނގާ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހަށެވެ.

އެކަމާ ގުޅިގެން ބައިޑެން ވިދާޅުވީ، ޓީވީން ދުރަށް ދައްކާ މި ބަހުސް ކުރިއަށް ގެންދަވަން ވާނީ ޓްރަމްޕް ބަލިން މުޅިން ރަނގަޅުވުމުން ކަމަށެވެ. އަދި މިއީ ސީރިއަސް މައްސަލައެއް ކަމަށާއި، އެމެރިކާގައި މިހާރުވެސް ގިނަ ބަޔަކަށް ބަލި ޖެހެމުންދާއިރު، ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށް ބައިޑެން ވިދާޅުވިއެވެ.

އެކަމަށް ރައްދު ދެއްވަމުން ވައިޓްހައުސްގެ އޮފިޝަލަކު ބީބީސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބައިޑެން އެހެން ވިދާޅުވީ ބަހުސްގެ ފުރަތަމަ މަރުޙަލާގައި ރަނގަޅު ވާހަކަތަކެއް ދެއްކެވިފައި ނުވާތީ ދެވަނަ ބަހުސަކަށް ވަޑައިގަންނަވަން ޖެހިލުންވެވަޑައިގަންނަވާތީ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް ޓްރަމްޕަށް ބަލި ޖެހުނީ ސީދާ ކޮން ދުވަހަކުކަން ނުވަތަ ބަލީގެ އަލާމާތްތައް އެންމެ ފުރަތަމަ ފެންނަން ފެށީ ސީދާ ކޮން އިރަކުކަން ސާފު ނުވާ ކަމަށް ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ.

އެމެރިކާގެ ސިއްޙީ ގައިޑްލައިންތަކުގައި ވާގޮތުން އެންމެ ފުރަތަމަ ބަލީގެ އަލާމަތްތައް ފެންނަން ފަށާތާ މަދުވެގެން 10 ދުވަސް ވަންދެން ޓްރަމްޕް އައިސޮލޭޝަންގައި ހުންނަވަން ޖެހޭނެއެވެ. އެހެން ނަމަވެސް ޓްރަމްޕް މިހާރު ގެންދަވަނީ އޭނާ އަކީ ބައްޔަށް އިމިއުން މީހެއް ކަމަށް ދޭހަވާ ގޮތަށް ވެސް ވާހަަކަފުޅު ދައްކަވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް