ކ. މާލެ
|
7 އޮކްޓޯބަރ 2020 | ބުދަ 12:49
ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ
ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ
އަވަސް
ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު
އުމަރު ނަސީރު އިންޑިއާ އަށް ފާޑުކިޔަނީ ހަމައެކަނި ސިޔާސީ ބޭނުމަކަށް؟!
 
ވިޔަފާރީގެ ހިއްސާދާރުންގެ ގޮތުގައިވެސް އިންޑިއާގެ ދެ ރައްޔިތަކު ހިމެނޭ
 
އުމަރު އެފަދަ ވާހަކަތައް ދައްކަވަމުން ގެންދަވަނީ ހަމައެކަނި ސިޔާސީ ބޭނުމަކަށް
 
އިންޑިއާއަކީ ރާއްޖެއަށް އޮތް ނުރައްކަލެއް ކަމަށް ދޭހަވާ ގޮތަށް ހިޔާލު ފާޅު ކުރައްވާ

ބޭރުގެ ސިފައިން ރާއްޖޭގައި ޤާއިމްވެ ތިބުމަކީ ރާއްޖޭގެ މިނިވަންކަމަށް ހުރި ނުރައްކަލެއް ކަމަށާއި، އިންޑިއާ ސިފައިން މިގައުމުން ބާލަން ޖެހޭ ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވަނީ މީޑިއާތަކަށް އިންޓަރވިއު ދެއްވާފައެވެ. އެގޮތުން އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް ފާޑުވިދާޅުވެ އުމަރު ގެންދަވަނީ އިންޑިއާ އަކީ ރާއްޖެއަށް އޮތް ނުރައްކަލެއް ކަމަށް ދޭހަވާ ގޮތަށް ހިޔާލު ފާޅު ކުރައްވަމުންނެވެ. އެހެންނަމަވެސް ހޯމް މިނިސްޓަރު އުމަރު ނަސީރު އިންޑިއާއަށް ފާޑު ވިދާޅުވެ މީޑިއާތަކުގައި ވާހަކަ ދައްކަވަނީ ހަމައެކަނި ސިޔާސީ ބޭނުމަކަށް ކަމުގެ ތުހުމަތު އާންމުން ވަނީ ކުރަން ފަށާފައެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އުމަރު ނަސީރުގެ ގާތް ބޭފުޅަކު ވިދާޅުވީ، އުމަރު އެފަދަ ވާހަކަތައް ދައްކަވަމުން ގެންދަވަނީ ހަމައެކަނި ސިޔާސީ ބޭނުމަކަށް ކަމަށެވެ. އެގޮތުން ޚުދު އުމަރު ނަސީރަކީ ވެސް އިންޑިއާއާ ގާތް ގުޅުމެއް ބާއްވަމުން ގެންދަވާ ބޭފުޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވީ، އުމަރު ނަސީރުގެ އެންމެ ބޮޑު އެއް ވިޔަފާރީގެ ހިއްސާދާރުންގެ ގޮތުގައި ވެސް އިންޑިއާގެ ދެ ރައްޔިތަކު ހިމެނޭ ކަމަށެވެ. އަދި އުމަރުގެ މައިގަނޑު ވިޔަފާރި ބިނާވެފައި އޮންނަނީ އިންޑިއާގެ 2 ރައްޔިތަކާއެކު ފަށާފައިވާ ޓުއަރިސްޓް ސަބްމެރިންގެ ވިޔަފާރިއަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މީޑިއާގައި އިންޑިއާއަށް އެކި ގޮތްގޮތުން ފާޑު ވިދާޅުވަމުން ގެންދެވި ނަމަވެސް، އުމަރަކީ އިންޑިއާއާ ދެކޮޅު ބޭފުޅެއް ނޫން ކަަމަށާއި، އުމަރު އެފަދަ ވާހަކަތައް ދައްކަވަނީ ހަމައެކަނި ސިޔާސީ ބޭނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އެހެން ވިދާޅުވެފައިވާއިރު، ޕީޕީއެމްގެ ލީޑަރޝިޕް ދީފިނަމަ އަންނަ ރިޔާސީ އިންތިހާބުގައި ބޮޑުބައްޔަކުން އެމްޑީޕީ ބަލިކުރާނެ ކަމަށް އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ. އުމަރު ވިދާޅުވީ، އެހެން އެކަން ނުވެއްޖެނަމަ އަންނަ ރިޔާސީ އިންތިހާބަށް އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލެއްވުމަށް ވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.

އޭގެ އިތުރުން، އުމަރު ނަސީރުގެ މަންދޫބުންގެ ގޮތުގައި އިންޑިއާގެ 2 ހިއްސާދާރުން އެކި ފަހަރުމަތިން އިންޑިއާއަށް ގޮސް، ވިޔަފާރީގެ ބައްދަލުވުންތައް ބާއްވަމުންދާ ކަމުގެ މައުލޫމާތު ވެސް ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
33%
0%
0%
33%
33%
0%
ކޮމެންޓް
7 އޮކްޓޯބަރ 2020 | ބުދަ 13:54
ހަަމިން
ތީ ހުސް ދޮގު ތިޔަ ނޫސް އަކީ އިންޑިޔާ އިން ހިންގާ ނޫހެއް މުޅިން ދޮގު ހަބަރު ހަދއިގެން ފަތުރާ ނޫސް އެއް ،
ގުޅުންހުރި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި
ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ދިވެހި ސިފައިންނަށް ގެދޮރުވެރިކަން ޔަގީންކޮށްދޭނަން: ރައީސް މުއިއްޒު