ކ. މާލެ
|
7 އޮކްޓޯބަރ 2020 | ބުދަ 09:27
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހޮސްޕިޓަލުން ވަޑައިގެން ވައިޓްހައުސްގައި ހުންނަވާ މާސްކް ނަންގަވަނީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހޮސްޕިޓަލުން ވަޑައިގެން ވައިޓްހައުސްގައި ހުންނަވާ މާސްކް ނަންގަވަނީ
ޓްވިޓަރ
ޓްރަމްޕް
ޓުވިޓަރގެ ގައިޑްލައިންތަކާއި ހިލާފުވެ އަނެއްކާވެސް ޑޮަނަލްޑް ޓްރަމްޕްގެ ޓުވީޓެއް ސެންސަރު ކޮށްފި
 
ޮކޮވިޑާއި ގުޅިގެންވެސް ވަރަށް ގިނަ ތަޖުރިބާ ކުރެވިއްޖެ
 
ދަސްކުރީ އެ ދުވަސްވަރުގައިވެސް ބަލިމަޑުކަމާއި އެކު އުޅެން، ގައުމު ލޮކްޑައުން ނުކުރާނަން
 
ކުރިޔަށް އޮތީ ފްލޫސީޒަން، އަހަރެއްގެ މައްޗަށް ވެކްސިން އޮތަސް ލައްކަައެއްހާ މީހުން މަރުވޭ

ޓުވިޓަރގެ ގައިޑްލައިންތަކާއި ހިލާފުވެ އަނެއްކާވެސް އެމެރިކާގެ ރައީސް ޑޮަނަލްޑް ޓްރަމްޕްގެ ޓުވީޓެއް ސެންސަރު ކޮށްފިއެވެ.

އަންގާރަ ދުވަހު ޓްރަމްޕް ކުރެއްވި ޓުވީޓެއްގައި ވިދާޅުުވީ، ކުރިޔަށް އޮތީ ފްލޫ ސީޒަން ކަމަށާއި އަހަރެއްގެ މައްޗަށް އާންމު ރޯގާގެ ދުވަސްވަރު އަބަދުވެސް 100،000އާއި ގާތް ކުރާ އަދަދަކަށް ވެކްސިންއެއް އޮތް ކަމުގައިވިޔަސް މަރުވަމުންދާ ކަމަށެވެ. އަދި، މިކަމާއި ގުޅިގެން ގައުމު ބަންދުނުކުރާނެ ކަމަށާއި އާންމު ރޯގާގެ ދުވަސްވަރުގައި ވެސް އެއާއެކު އުޅެން ދަސްވެފައިވާ ކަމަށެވެ.

ޓްރަމްޕް މިކަމަށް މިސާލު ނެންގެވީ ދުނިޔޭގައި ހަލުވިކަމާއިއެކު ފެތެރުމެންދާ ކޮވިޑް-19ގެ ހާލަތުންނެވެ. އެމެރިކާ ހިމެނޭ ގޮތަށް ގިނަ ގައުމުތަކުން ބަލިން ރައްކާތެރިވުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ގައުމު ފުރަބަންދު ކުރުމާއި، ގައުމަށް އެއްވެސް ބަޔަކަށް އެތެރެ ނުވެވޭ ގޮތް ނިންމުން ހިމެނެއެވެ. ބަލިން ރައްކާތެރިވުމަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދޭ އިރުޝާދުތަކަށް ފާޅުގައި ޓްރަމްޕް ދެކޮޅު ހައްދަވާއިރު، ޓުވީޓުގައި އިތުރަށް ވަނީ ކޮވިޑާއި ގުޅިގެން ބައެއް ގައުމުތަކަށް އޭގެ ބޮޑު އަސަރެއް ކުރާކަން ފާހަގަކުރައްވައި އޮތް ހައްލަކީ ބައްޔާއެކު އުޅެން ދަސްކުރުން ކަމަށް ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ގިނަ ބަޔަކު ފާޑުކިޔަމުން އަންނަ އިރު، ޓުވިޓަރ އިން ވަނީ ޓްރަމްޕްގެ ޓުވީޓުގައި ސައްހަ ނޫން މައުލޫމާތުތަކެއް ހިމެނޭތީ ނުވަތަ އާންމުންގެ ތެރޭގައި އެކަމާއި މެދު ކަންބޮޑުވުން އުފެދި ނުތަނަވަސްކަން އުފެދިދާނެކަމެއްގެ ގޮތުގައި ބަލައި ޓުވީޓު ސެންސަރު ކޮށްފައެވެ. އެގޮތުން، ކޮވިޑާއި ގުޅުވައި ވާހަކަ ދައްކަވާއިރު ކަމާއި ގުޅުން ހުރި ހުރިހާ އިދާރާއަކުން ވެސް ވނީ މައުލޫމާތު ހާމަކުރާއިރު ސައްހަ މައުލޫމާތު ހާމަ ކުރުމަށް ގޮވާލާފައެވެ.

ޓްރަމްޕް އެހެން ވިދާޅުވެފައިވާއިރު، މުޅި ދުނިޔެއިން 36 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ ވައިރަސް ޖެހި 1 މިލިއަނަށް ވުރެ ގިނަ މީހުން ބަލިޖެހިގެން މަރުވެފައެވެ. މިއީ ފަހުގެ ތާރީހެއްގައި ބަލިމަޑުކަމެއް ފެތުރި މިހާ ގިނަ މީހުން މަރުވި ކަމަށް ތާރީޙުން ޖާގަ ހޯދާފައިވާކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ އެމެރިކާގެ ރައީސްގެ މަގާމުގައި ހުންނަވައި އެމޭރުމުން ވާހަކަ ދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ކޮވިޑް އެންމެ ގިނައިން ފެތުރިފައިވާ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި 7.7 މިލިއަނަށް ވުރެ ގިނަ ކޭސްއާއެކު އެމެރިކާ އޮތް އިރު ބަލި ޖެހިގެން 2 ލައްކައަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މިއީ ޓްރަމްގެ ޓުވީޓެއް ޓުވިޓަރ އިން ސެންސަރު ކުރި ފުރަތަމަ ފަހަރެއް ނޫނެވެ.

ޓްރަމްޕްވެސް ވަނީ ކޮވިޑް ޖެހި ފަރުވާ ހޯދާފައެވެ. ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ޓްރަމްޕް ހޮސްޕިޓަލުން ނުކުމެވަޑައިގެން ވައިޓްހައުސް އަށް ވަޑައިގެންނެވީ ބަލިން އެއްކޮށް ރަނގަޅު ނުވަނީސްއެވެ. އަދި ޓްރަމްޕުގެ ހާލުކޮޅު އެހާ ރަނގަޅު ނޫން ކަމަށާއި، ރައްޔިތުންނަށް ދައްކަވަމުން ގެންދަވަނިީ ނުބައި މަންޒަރެއް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

ޓްރަމްޕް ކޮވިޑް-19ށް ޕޮޒިޓިވްވެފައިވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ. ކޮވިޑް-19ށް ޕޮޒިޓިވްވިކަން އެނގިވަޑައިގެންނެވީ ހާލުކޮޅު ގޯސްވެގެން ހެއްދެވި ޓެސްޓްތަކުންނެވެ. ޑަބްލިއުއެޗްއޯގެ ގައިޑްލައިންގައިވާ ގޮތުން ކޮވިޑަށް ޕޮޒިޓިވްވާ މީހެއްގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ނެތި ބަލިން ފަސޭހަވުމަށް 14 ދުވަހުގެ މުއްދަތެއް ހޭދަވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް