ކ. މާލެ
|
7 އޮކްޓޯބަރ 2020 | ބުދަ 08:57
އަރްޝަދު ހާން
އަރްޝަދު ހާން
ހިންދުސްތާނީ ޓައިމްސް
"ޗައިވާލާ" ކެފޭއެއް ހުޅުވުން
ހަނދާންވޭތަ ޗައިވާލާ؟ އޭނަ އެންމެ ފަހުން ކެފޭއެއް ހުޅުވައިފި
 
ކެފޭއަށް ދީފައިވާ ނަމަކީ "ކެފޭ ޗައިވާލާ ރޫފް ޓޮޕް"
 
ފާއިތުވި އަހަރުތަކުގައި އޭނާ އަށް ވަނީ މޮޑެލް ކުުރުމާއި އެކްޓް ކުުރުމަށް ފުރުސަރުތު ލިބިފައި

ޕާކިސްތާންގެ އިސްލާމްއާބާދުގެ މަގުމަތީގައި ސައި ވިއްކަން އުޅުނު އާދަޔާ ހިލާފު ރީތި ޒުވާން ފިރިހެނެއްގެ ވާހަކަ 2016 ވަނަ އަހަރުގެ ފަހުކޮޅު ވަނީ މުޅި އިންޓަނެޓްގައި ވައިރަލް ވެގެން ގޮސްފައެވެ.

ނޫކުލައިގެ ކަޅިއެއް ހުންނަ އަރްޝަދު ހާން އަށް ގިނަ ބައެއްގެ ކަޅި ހުއްޓިފައިވަނީ ތަށިތަކަށް ސައި އަޅަން ހުއްޓައި ޕާކިސްތާންގެ ފޮޓޯގްރާފަރެއް ކަމަށްވާ ޖިއާހް އަލީ ނަގާފައިވާ ފޮޓޯއެއް ވައިރަލް ވުމާއި ގުޅިގެންނެވެ. "ޗައިވާލާ" ކެޕްޝަންއާ އެކު ޖިއާހް ހިއްސާ ކުރި މި ފޮޓޯއަށް އެތައް ބައެއްގެ ސަމާލުކަން ލިބި ކުއްލިއަކަށް އޭނާ ވަނީ ސެލެބްރިޓީ އަކަށްވެފަައެވެ.

އަދި ފާއިތުވި އަހަރުތަކުގައި އޭނާ އަށް ވަނީ މޮޑެލް ކުުރުމާއި އެކްޓް ކުުރުމަށް ގިނަ ފުރުސަރުތައް ލިބިގެން ގޮސްފައެވެ.

ކޮންމެއަކަސް ޚާން އެންމެ ގަހުން މިވަނީ އިސްލާމްއާބާދުގައި އޭނާގެ އަމިއްލަ ކެފޭ އެއް ހުޅުވާފައެވެ. އެ ކެފޭއަށް ދީފައިވާ ނަމަކީ "ކެފޭ ޗައިވާލާ ރޫފް ޓޮޕް" އެވެ.

އުރުދޫ ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޚާން ވަނީ އޭނާގެ ކެފޭއާ ގުޅޭފަތްސީލް ހިއްސާކޮށްފައެވެ.

އެގޮތުން އެ ކެފޭ އަށް "ޗައިވާލާ" އެ ނަން ދީފައިވަނީ އެ ނަމަށް ޚާއްސަ ޤަދަރެއް އޭނާގެ ހިތުގައި ދެވިފައިވާތީ ކަމަށެވެ. އަދި އޭނާއަށް އަމިއްލަ އައިޑެންޓިޓީ އެއް ލިބުނީ އެ ނަމުން ކަމަށް ވާތީ ބުނެފައިވެއެވެ. ކެފޭ ހަދާފައިވަނީ އަމިއްލަ ވަންތަ ހިތްގައިމު ގޮތަކަށް ކަަމަށް ވަނީ ބުނެފައެވެ. ކެފޭ ޒީނަތްތެރި ކޮށްފައިވަނީ އަލި ކުލަތައް ބޭނުން ކޮށްގެން ހަދާފައިވާ ކުރެހުންތަކާއި އެކި ކުލަ ކުލައިގެ ބޮކިތައް ބޭނުން ކޮށްގެންނެވެ.

އެ ކެފޭއިން ސަޔާއި އެކު 15-20 ބާވަތުގެ ޑިޝް ލިބެން ހުންނާނެ ކަމަށް ވަނީ ބުނެފައެވެ.

ޚާން ގެންދަނީ އިންސްޓަގްރާމް ޕޯސްޓް ތަކުގައި އޭނާ އަށް މި ހާހިސާބަށް އާދެވުމަށް ކުރި ދަތުރާއި، ކެފޭ އާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
40%
20%
0%
20%
20%
0%
ކޮމެންޓް