ކ. މާލެ
|
7 އޮކްޓޯބަރ 2020 | ބުދަ 08:52
ކޮވިޑް-19 އަށް އުފައްދާ ވެކްސިންގެ ސާމްޕަލެއް
ކޮވިޑް-19 އަށް އުފައްދާ ވެކްސިންގެ ސާމްޕަލެއް
ރޮއިޓަރސް
ކޮވިޑް-19 ވެކްސިން
ކޮވިޑް-19 އަށް ބައޯއެންޓެކުން އުފައްދާ ވެކްސިން އީޔޫ އިން ރިވިއު ކުރަނީ
 
މިދިޔަ ހަފްތާގައި އީޔޫއީން ވަނީ އެސްޓްރަޒެނިކާ އާއި އޮކްސްފޯރޑް ޔުނިވަރސިޓީ ގުޅިގެން އުފައްދާ ވެކްސިން ރިވިއު ކުރަން ފަށާފައި
 
ރިވިއުކުރުން އަވަސްކުރުމުގެ ގޮތުން ހުރިހާ ޑޭޓާތައް ލިބުމުގެ ކުރިން ލިބޭވަރަކުން ޑޭޓާތައް އަންނަނީ ދިރާސާކުރަމުން
 
ވެކްސިން އާއި ގުޅޭގޮތުން ގޮތެއް ނިންމުމާ ހަމައަށް ދާނީ ގިނަ ޑޭޓާތަކެއް ބެލުމަށް ފަހު

ކޮވިޑް-19 އަށް ފިޒަރ އަދި ބައޯއެންޓެކުން އުފައްދާ ވެކްސިން ޔޫރަޕިއަން ހެލްތު ރެގިޔުލޭޓަރ އިން ރިވުކުރަމުންދާ ކަމަށް ޔޫރަޕިއަން ޔޫނިއަނުން ބުނެފި އެވެ.

އީޔޫއިން އަންނަނީ އެސްޓްރަޒެނިކާއިން ކޮވިޑް-19 އަށް އުފައްދަމުން އަންނަ ވެކްސިންވެސް ރިވިއު ކުރަމުންނެވެ. ޔޫރަޕިއަން މެޑިސިންސް އެޖެންސީން އަންގާރަ ދުވަހު ބުނީ ހިޔުމަން މެޑިސިން ކޮމިޓީން ވެކްސިންގެ ފުރަތަމަ ޑޭޓާތައް ދިރާސާ ކުރަމުންދާ ކަމަށެވެ. އަދި ވެކްސިން އާއި ގުޅޭގޮތުން ގޮތެއް ނިންމުމާ ހަމައަށް ދާނީ ގިނަ ޑޭޓާތަކެއް ބެލުމަށް ފަހު ކަމަށް އީޔޫއިން ބުނެއެވެ.

ފިޒަރ އަދި ބައޯއެންޓެކުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފުރަތަމަ ރިވިއު ކުރަމުންދަނީ ލެބޯޓްރީގައި ކުރިޔަށްދިޔަ ޓެސްޓްތަކާއި ޖަނަވާރުން ގަޔަށް ވެކްސިން ޖަހައިގެން ކުރިޔަށް ގެންދިޔަ ޓެސްޓްތަކުގެ ޑޭޓާ ތައް ކަމަށެވެ. އަދި އިންސާނުން ގަޔަށް އެންމެ ފުރަތަމަ ވެކްސިން ޖަހައިގެން ކުރިޔަށް ގެންދިޔަ ޓެސްޓްތަކުގެ ޑޭޓާތައް ވެސް ރިވިއު ކުރަމުންދާ ކަމަށް އެދެކުންފުނީގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ކުރިޔަށް އޮތްތަނުގައި ބޭނުންވާވަރަކުން އިތުރު ޑޭޓާތައް ފޯރުކޮށްދެމުންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ޔޫރަޕިއަން މެޑިސިން އެމަރޖެންސީން ރިވިއު ކުރުން އަވަސް ކުރުމުގެ ގޮތުން ހުރިހާ ޑޭޓާތައް ލިބުމުގެ ކުރިން ލިބޭވަރަކުން ޑޭޓާތައް ދިރާސާ ކުރަމުން އަންނަ ކަމަށް އީޔޫ އިން ބުނެއެވެ.

މިދިޔަ ހަފްތާގައި އީޔޫއީން ވަނީ އެސްޓްރަޒެނިކާ އާއި އޮކްސްފޯރޑް ޔުނިވަރސިޓީ ގުޅިގެން އުފައްދާ ވެކްސިން ރިވިއު ކުރަން ފަށާފައެވެ. ބެލެވޭ ގޮތުގައި އީޔޫން އެންމެ ފުރަތަމަ ބޭނުން ކުރުމުގެ ހުއްދަ ދޭނެ ވެކްސިނަކީ ވެސް މިއީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
100%
ކޮމެންޓް