ކ. މާލެ
|
7 އޮކްޓޯބަރ 2020 | ބުދަ 09:07
ކޮވިޑް-19 އަށް ސާމްޕަލް ޓެސްޓް ކުރަނީ
ކޮވިޑް-19 އަށް ސާމްޕަލް ޓެސްޓް ކުރަނީ
ނިއުސް ފަރސްޓް
ލަންކާއިން ކޮވިޑްގެ ބޮޑު ކްލަސްޓާރއެއް ފެނުން
އިއްޔެ އެކަނިވެސް ލަންކާއިން 700 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެއްޖެ
 
އަންގާރަ ދުވަހު ޕޮޒިޓިވްވީ 739
 
ލަންކާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 4252
 
މިނުވަންގޯޑާ ކްލަސްޓާރ 832 އަށް ވަނީ އަރާފައި

ސްރީލަންކާއިން އަންގާރަ ދުވަހު އެކަނިވެސް 700 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ރިޕޯޓްތައް ބުނާގޮތުން އަންގާރަ ދުވަހު ޕޮޒިޓިވްވި 739 މީހުންގެ ތެރެއިން 729 މީހުންނަކީ މިނުވަންގޯޑާއިން ފެނުނު ކްލަސްޓާއާ ގުޅުން ހުރި މީހުންނެވެ.

ޕޮޒިޓިވްވި އަނެއް 10 މީހުންނަކީ އެހެން ގައުމުތަކުން ލަންކާއަށް ދިޔަ މީހުންނެވެ.

މިނުވަންގޯޑާ އިން ފެނުނު ކްލަސްޓާރ އިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 832 އަށް އަރާފައެވެ.

ލަންކާއިން ކުއްލިއަކަށް ބޮޑު ކްލަސްޓާރއެއް ފެނިފައި ވަނީ މިނުވަންގޯޑާ ގައި ހުންނަ ގާމެންޓް ފެކްޓްރީ އެއްގައި މަސައްކަތް ކުރާ އުމުުރުން 39 އަހަރުގެ އަންހެނަކާއި އޭނާގެ 16 އަހަރުގެ އަންހެން ދަރިފުޅު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންގޮސް، އެތައް ސަތޭކަ ބަޔަކު ވަނީ ކަރަންޓީންގައެވެ.

އަންގާރަ ދުވަހުގެ ރޭ 11:00 އާ ހަމައަށް ލަންކާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 4252 އެވެ. މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 3266 އެވެ.

މިވަގުުތުވެސް 973 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް