ކ. މާލެ
|
7 އޮކްޓޯބަރ 2020 | ބުދަ 02:38
ސޭމް ސްމިތް
ސޭމް ސްމިތް
ޓްވިޓަރ
ބީއެމްއައި އެވޯރޑްސް
ބީއެމްއައި ލަންޑަން އެވޯޑްސްގެ ސޯންގ އޮފް ދަ އިޔާރ ސޭމް ސްމިތް އަށް
 
ސޭމްގެ އިތުރުން އެޑް ޝީރެން ވަނީ 6 އެވޯރޑް ކާމިޔާބު ކޮއްފަ
 
ބީއެމްއައި ލަންޑަން އެވޯރޑްސް މި ވަނީ ވާރޗުއަލް ކޮށް ބާއްވާފައި
 
ނޮރމާނީ ހެމިލްޓަން އާއި ކޮލެބް ކޮއްފައިވާ ލަވައެއް

އިނގިރޭސިވިލާތަށް އުފަން އުމުރުން 28 އަހަރުގެ ސޭމް ސްމިތް، ބީއެމްއައި ސޯންގް އޮފް ދަ އިޔާރ އެވޯރޑު ކާމިޔާބު ކޮށްފިއެވެ.

އާންމުންގެ ތެރޭގައި އެންމެ މަގުބޫލުވެގެން ދިޔަ ޓްރެކް "ޑާންސިންގ ވިތް އަ ސްޓްރޭންޖަރ" އަށް މި އެވޯރޑް ލިބިފައިވާއިރު މި ލަވައަކީ ސޭމް އަދި އެމެރިކާގެ ގަރލް ގްރޫޕް ފިފްތް ހާމަނީގެ ކުރީގެ ލަވަ ކިޔުންތެރިޔާ، ނޮރމާނީ ހެމިލްޓަންގެ ކޮލެބޮރޭޝަންއެކެވެ. ނޯރމާނީ ބުނެފައިވަނީ މި ލަވަ ކިޔަން ފުރުސަތު ލިބުނީ އިއްތިފާގުން، އެ ލަވަ ރެކޯރޑު ކުރި ވަގުތު އެއް ސްޓޫޑިއޯއެއްގައި ހުރުމުން ކަމަށެވެ.

ސޭމް ސްމިތް އަދި ނޮރމާނީ

މި އަހަރުގެ ބީއެމްއައި އެވޯރޑްސް ލަންޑަނުގައި ބާއްވާފައިވަނީ ވާރޗުއަލްކޮށެވެ. އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހު ބޭއްވި އިވެންޓުގައި، ގިނަ ތަރިންތަކެއް ވަނީ ބައިވެރިވެފައެވެ. މިފަހަރުގެ އެވޯޑް ހާސިލް ކުރިފަރާތްތަކުގެ ނަންތައް އިއުލާން ކޮށްފައިވަނީ ބީއެމްއައިގެ ޑިޖިޓަލް ޗެނަލްތަކުގެ ޒަރިއްޔާ އިންނެވެ. އަދި އެވޯޑް ލިބުން ފަރާތްތަކުގެ ވީޑިއޯ މެސެޖުތައްވެސް ދައްކުވައިދީފައި ވެއެވެ.

އެޑް ޝީރެން

ސޭމް ސްމިތްގެ އިތުރުން، އެޑް ޝީރެން ވަނީ އޭނާގެ ޓްރެކް "އައި ޑޯންޓް ކެޔާރ"، "ބިއުޓިފުލް ޕީޕަލް" އަދި ވަޓް އައި އެމް" އިން 6 އެވޯރޑް ކާމިޔާބު ކޮށްފައެވެ. މީގެ ކުރީ އަހަރުތަކުގައި ވެސް އެޑް ޝީރަން ވަނީ ބީއެމްއައިގެ ގިނަ އެވޯޑްތަކެއް ހޯދާފައެވެ.

މި އިވެންޓަކީ އިނގިރޭސިވިލާތުގެ މިއުޒިކް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކުރެވިގެން ބާއްވާ އެވޯޑް ހަފުލާއެކެވެ. އެގޮތުން އެވޯޑްތަކުގެ ތެރޭގައި އެކި ޖޯންރާތަކުން ލަވަކިޔުންތެރިންނާއި، ކޮމްޕޯޒަރުންނާއި، ލަވަ ލިޔާ ފަރާތްތަކަށް ހާއްސަ އެވޯޑްތައް ހިމެނެއެވެ. މި އެވޯޑް އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ 1952 ވަނަ އަހަރުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް