ކ. މާލެ
|
6 އޮކްޓޯބަރ 2020 | އަންގާރަ 21:15
ކެމްބޯޑިއާގެ ރީމް ނޭވަލް ބޭސްގައި އޮފިސަރަކު ހަރަކާތްތެރިވަނީ
ކެމްބޯޑިއާގެ ރީމް ނޭވަލް ބޭސްގައި އޮފިސަރަކު ހަރަކާތްތެރިވަނީ
ޓްވިޓަރ
ކެމްބޯޑިއާގައި ޗައިނާގެ އަސްކަރީ ބޭސްއެއް
ކެމްބޯޑިއާގައި ޗައިނާގެ އަސްކަރީ ބޭސްއެއް ގާއިމްކުރުމުގެ ބިރު ބޮޑުވެއްޖެ
 
ކެމްބޯޑިއާއިން އެ ވާހަކަތައް ދޮގުކުރޭ
 
ހަތިޔާރު ރައްކާކުރަމުންދާ ކަމުގެ ތުހުމަތުތައް ކުރެވޭ

ކެމްބޯޑިއާގެ ރީމް ނޭވަލް ބޭސްގައި އެމެރިކާއިން އިމާރާތްކޮށްފައިވާ ނޭޝަނަލް ކޮމިޓީ ފޯ މެރިޓައިމް ސެކިއުރިޓީގެ ޓެކްޓިކަލް ހެޑްކުއާޓާޒް ދާދި ފަހުން ތަޅާލުމަށްފަހު، އެތަނުގައި ޗައިނާގެ އަސްކަރީ މަރުކަޒެއް ގާއިމްކުރުމުގެ ބިރު ބޮޑުވެއްޖެއެވެ.

އެމެރިކާއިން އަޅާފައިވާ އިމާރާތް ތަޅާލާފައިވާކަން ހާމަވެފައިވަނީ ސެންޓަރ ފޮރ ސްޓްރެޓީޖިކް އެންޑް އިންޓަރނޭޝަނަލް ސްޓަޑީޒްއިން އެ ސަރަހައްދުގެ ސެޓެލައިޓް ފޮޓޯތަކެއް އާންމުކުރުމާ ގުޅިގެންނެެވެ. އެ ވާހަކަތަކާއި ގުޅޭ ގޮތުން ކެމްބޯޑިއާއިން ބުނަނީ ކަންބޮޑުވާން ޖެހޭ ކަމެއް ނެތްކަމަށާއި، އެ އިމާރާތް އެހެން ތަނަކަށް ބަދަލުކުރީ ކަމަށެވެ. ކެމްބޯޑިއާ ސަރުކާރުން ބުނަނީ ޗައިނާއިން އަސްކަރީ ބޭސްއެއް ގާއިމްކުރުމަށް އެ ނޭވަލް ބޭސް ނުދޭނެ ކަމަށެވެ.

ނަމަވެސް ކެމްބޯޑިއާއާއި ޗައިނާއާ ދެމެދު އޮންނަ ސިއްރު އެއްބަސްވުމެއްގެ ދަށުން، ރީމް ނޭވަލް ބޭސްގައި ޗައިނާގެ އަސްކަރީ މަނަވަރުތައް ބަނދަރުކޮށް، ހަތިޔާރު ރައްކާކުރަމުންދާތައް ޒަމާންތަކެއް ވެފައިވާކަމަށް ދިރާސާކުރާ ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. މިކަމުގެ ވާހަކަތައް އެންމެ ފުރަތަމަ ސަމާލުކަމަށް ގެނާއި، ސައުތް އޭޝިޔާ އާއި ސައުތް އީސްޓް އޭޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ ސެކެރެޓަރީ އޮފް ޑިފެންސް ޖޯސެފް ފެލްޓާއެވެ.

ރީމް ނޭވަލް ބޭސްގައި މަނަވަރުތައް ކައިރިކުރާނެ ދެ ފާލަން ހަދައިދޭން ޗައިނާއިން އެއްބަސް ވެފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ރީމް ނޭވަލް ބޭސް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތުގައި ޗައިނާއިން އެހީވަމުން އަންނަކަމަށް ކެމްބޯޑިއާ ކަނޑުގެ ސިފައިންގެ ވެރިޔާވަނީ އެއްބަސްވެވަޑައިގެންފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް
7 އޮކްޓޯބަރ 2020 | ބުދަ 02:10
1828
ރާއްޖޭގައި އިންޑިއާގެ މިލިޓަރީ ބޭހެއް ޤާއިމް ކުރަމުންދާއިރު ރާއްޖެ.އެމްވީ އިން ކަންބޮޑެއް ނުވޭ