ކ. މާލެ
|
6 އޮކްޓޯބަރ 2020 | އަންގާރަ 10:10
ކޮވިޑް-19 އަށް ޓެސްޓްކުރަނީ
ކޮވިޑް-19 އަށް ޓެސްޓްކުރަނީ
ނިއުސް ފަރސްޓް
ލަންކާއިން ކޮވިޑްގެ ބޮޑު ކްލަސްޓާއެއް
ލަންކާގައި ކޮވިޑްގެ ބޮޑު ކްލަސްޓަރއެއް ފެނުމާއި ގުޅިގެން ސްކޫލްތައް ބަންދުކޮށްފި
 
ސްކޫލްތައް ބަންދުކޮށްފައިވަނީ ހޯމަ ދުވަހުން ފެށިގެން
 
މި ކްލަސްޓާ އާ ގުޅުންހުރި 323 މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފައި
 
ކްލަސްޓާރ އުފެދިފައިވަނީ ފެކްޓްރީއެއްގައި މަސައްކަތްކުރާ މީހަކު ޕޮޒިޓިވް ވުމުން

އަވަށްޓެރި ސްރީ ލަންކާއިން ކުއްލި ގޮތަކަށް ކޮވިޑްގެ ބޮޑު ކްލަސްޓަރއެއް ފެނުމާއި ގުޅިގެން އެގައުމުގެ ސްކޫލްތައް ބަންދުކޮށްފިއެވެ.

ލަންކާގެ އެޑިއުކޭޝަން މިނިސްޓްރީން މުއްދަތެއް ނެތް ގޮތަށް ސަރުކާރު އަދި އަމިއްލަ ސްކޫލްތަކާއި ކޮލެޖްތައް ބަންދު ކޮށްފައިވަނީ ހޯމަ ދުވަހުން ފެށިގެންނެވެ. މީގެ އިތުރުން ޓިއުޝަން ކްލާސްތައް ވެސް ވަނީ ބަންދުކޮށްފައެވެ.

ހޮސްޓެލްގައި ތިބި ދަރުވަރުން ވީހާވެސް އަވަހަކަށް ގެއަށް ބަދަލުވުމަށް ވަނީ އަންގާފައެވެ.

ލަންކާގައި ބޮޑު ކްލަސްޓަރއެއް އުފެދިފައި މިވަނީ ގަމްޕަހަ ޑިސްޓްރިކްޓްގެ މިނުވަންގޮޑާގައި ހުންނަ ފަހާ ފެކްޓްރީއެއްގައި މަސައްކަތް ކުރާ އުމުރުން 39 އަހަރުގެ އަންހެނަކާއި އޭނާގެ 16 އަހަރުގެ އަންހެން ދަރިފުޅު އާދިއްތަ ދުވަހު ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންގޮސް، އެތައް ސަތޭކަ ބަޔަކު ވަނީ ކަރަންޓީންގައެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން މި ކްލަސްޓާ އާ ގުޅުން ހުރި 323 މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވްވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
100%
0%
0%
0%
ކޮމެންޓް