ކ. މާލެ
|
5 އޮކްޓޯބަރ 2020 | ހޯމަ 23:36
ރާއްޖެއަށް 100 އެއްހާ ކިލޯގެ މަސްތުވާތަކެތި ކަނޑުމަގުން އެެތެރެކުރަން އުޅުމުގެ ތެރޭގައި: މި މީހުން އަތުލައިގަނެފައިވަނީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ދަށުން
ރާއްޖެއަށް 100 އެއްހާ ކިލޯގެ މަސްތުވާތަކެތި ކަނޑުމަގުން އެެތެރެކުރަން އުޅުމުގެ ތެރޭގައި: މި މީހުން އަތުލައިގަނެފައިވަނީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ދަށުން
ޓްވިޓަރ
ކަނޑުމަތިން އަތުލާގަނެވުނު ޑްރަގް ނެޓްވޯކް
އައްޑޫއިން އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލާގައި ޕާކިސްތާނުގެ އަތެއްވޭތަ؟
 
ޕާކިސްތާނުގެ ނޫސްތަކުން އާންމުކުރީ، ބައިނަލްއަގްވާމީ އިންޓެލިޖެންސް ވިއުގައާ ދިވެހި ފުލުހުން ހިއްސާކުރި ފޮޓޯއާއި ވީޑިއޯތަކެއް
 
ނަމަވެސް ޕާކިސްތާނުން މި އޮޕަރޭޝަންގެ އެއްވެސް މައުލޫމާތެއް ރާއްޖެއަށް ހިއްސާ ކޮށްފައެއް ނުވޭ
 
އެއީ ޑްރަގްސްގެ ވިޔަފާރިކުރާ އިންޓަނޭޝަނަލް ގޭންގަކަށް ނިސްބަތްވާ ބައެއް ކަމަށް ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސްއާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުން ބުނެފައިވޭ
 
ޕާކިސްތާނުން ބުނަނީ ހޮނިހިރު ދުވަހު ރާއްޖެއިން އަތުލައިގެން ޑްރަގް ނެޓްވޯޓުގެ މައުލޫމާތު ރާއްޖެއަށް ހިއްސާކުރީ ޕާކިސްތާނުން ކަމަށް

މިދިއަ ހޮނިހިރު ދުވަހު، 100 ކިލޯއެއްހާ މައްސަތުވާތަކެއްޗާއެކު އަތުލައިގަތް ބޮޑު ނެޓްވޯކް އަތުލައިގަތީ ދިވެހި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ޔުނިޓާއި ޑިވިޝަނަލް އިންޓެލިޖެންސް ޑިޕާޓްމަންޓާއި މެރީން ޕޮލިހާއި ސައުތު ޕޮލިސް ޑިވިޝަން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ދަށުންނެވެ.

ނަމަވެސް މި އޮޕަރޭޝަން ކާމިޔާބު ކަމާއެކު ހިންގާ، މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކް އަތުލައިގަތުމާއެކު، ޕާކިސްތާނުން މިކަމުގެ ކްރެޑިޓް ނެގުމަށް މަސައްކަތް ކޮށްފައިވާކަން ވެސް މިވަނީ ހާމަވެފައެވެ. އެގޮތުން، ކަނޑުމަގުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކުރި ވާހަކަ، ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސް (އޭއެންއެފް)އާ ހަވާލާދީ އެގައުމުގެ ބައެއް ނޫސްތަކުން ބުނެފައި ވެއެވެ.

ކަނޑުމަގުން އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ހޮނިހިރު ދުވަހު އައްޑޫން އަތުލައިގަތީ ޑްރަގްސްގެ ވިޔަފާރިކުރާ އިންޓަނޭޝަނަލް ގޭންގަކަށް ނިސްބަތްވާ ބައެއް ކަމަށް ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސްއާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުން ބުނެފިއެވެ.

ޕާކިސްތާނު ނޫސްތަކުން ބުނެފައިވާ ގޮތުގައި އަތުލައިގަތް މީހުންނަކީ އެކި ގައުމުތަކަށް މިގޮތަށް ޑްރަގްސް ގެންދާ ބައެކެވެ. ޑްރަގް ޓްރެފިކިންގެ މި ބޮޑު ނެޓްވޯކް އަތުލައިގަތުމަށް އިންޓެލިޖެންސް ހިއްސާކުރީ ޕާކިސްތާނުން ކަމަށާއި ސަރަހައްދީ ގައުމުތައް ގުޅިގެން ހިންގި އޮޕަރޭޝަން ކާމިޔާބު ކަމަށްވެސް އެ ނޫސްތަކުން ބުނެފައި ވެއެވެ. އަދި ޕާކިސްތާނުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި، މި ބޮޑު އޮޕަރޭޝަނާއި ގުޅޭ މަޢުލޫމާތުތައް ރާއްޖެއަށްވެސް ފޯރުކޮށްދީފައިވަނީ ޕާކިސްތާނުން ކަމަށް އެ ޤައުމުގެ ނޫސްތަކުން ބުނެފިއެވެ.

މިކަން ހާމަކޮށް ޕާކިސްތާނުގެ ނޫސްތަކުގައި ބުނެފައިވަނީ، މި އޮޕަރޭޝަން ކުރިޔަށްގެންދަނީ ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސް އަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތުތަކާއި ގުޅިގެން ބައިނަލްއަގުވާމީ ފައުޖުތަކުން ކަމަށެވެ. ޕާކިސްތާނުގެ ނޫސްތަކުގައި އެގޮތަށް ބުނެފައިވީނަމަވެސް، ދިވެހި ފުލުހުންނަށް އެ މައުލޫމާތު ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސްއިން ފޯރުކޮށްދީފައެއް ނުވެއެވެ.

މި މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ރާއްޖޭގެ ކަނޑާއި އަރަބި ކަނޑު ގުޅުނު ސަރަޙައްދުން، އެތަކެތި ހިފައިގެން ޑިންގީއެއްގައި ބަޔަކު ދަތުރުކޮށްފައި އައްޑޫއަށް އަންނަނިކޮށް ދިވެހި ފުލުހުންނެވެ. މި ހާއްސަ އޮޕަރޭޝަން ދިވެހި ފުލުހުން ހިންގީ ދިވެހި ފުލުހުންގެ ޑްރަގް އިންޓެލިޖެންސް ޔުނިޓަށް ލިބުނު މައުލޫމާތަކާއި ގުޅިގެންނެވެ. އެއީ ޕާކިސްތާނުން ނުވަތަ ބޭރު އެހެން ގައުމެއްގެ އިދާރާއަކުން ލިބުނު މައުލޫމާތެއް ނޫނެވެ.

މި އޮޕަރޭޝަންގައި ދިވެހި ފުލުހުން ހޯދި މަސްތުވާތަކެތީގެ މައުލޫމަތު ވަނީ ބައިނަލްއަގުވާމީ މަސްތުވާތަކެތީގެ ވިއުގަތަކާ ހުރިގުޅުން އޮޅުންފިލުވުމަށްޓަކައި އާންމު އުސޫލުން، ބައިނަލްއަގުވާމީ ބައެއް ފަރާތްތަކާ ހިއްސާކޮށްއެވެ.

ޕާކިސްތާނުގެ ނޫސްތަކަށް މި ނެޓްވޯކްގެ މީހުން ހައްޔަރުކުރި ފޮޓޯތަކާއި ވީޑިއޯތައް ލިބުނީ، ދިވެހި ފުލުހުން، ބައިނަލްއަގްވާމީ އިންޓެލިޖެންސް ވިއުގައާ ހަމަ އެ ވަގުތު ހިއްސާކުރުމާ ގުޅިގެންނެވެ. އެގޮތުން، އެ ފޮޓޯތަކާއި ވީޑިއޯ ބޭނުންކޮށްގެން، ޕާކިސްތާނުގެ ނޫސްތަކުން، ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސްއަށް ކްރެޑިޓް ލިބޭގޮތަށް ހަގީގަތާ ހިލާފް މައުލޫމާތުތައް ވަނީ ފަތުރާފައެވެ.

މިހާތަނަށް ލިބިފައިވާ މައުލާމާތުތަކަށް ބަލާއިރު، މިފަދަ ޑްރަގް ނެޓްވޯކްތައް ރާއްޖެއިން އަތުލައިގަތުމުގައި ޕާކިސްތާނުގެ މާބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭތަނެއް ނުފެނެއެވެ. ރާއްޖެއަށް މަސްތުވާތަކެތި އުފުލާ ބޯޓު ފަހަރުތަށް ގިނައިން އަންނަނީވެސް ޕާކިސްތާނުގެ ހިސާބުގަނޑުން އީރާނުގެ ބޯޓުތަކެވެ. އެ ބޯޓުތަކުގައި ވެސް ޕާކިސްތާނު މީހުން އުޅޭ އިރު، ރާއްޖެ އެތެރެކުރެވޭ މަސްތުވާތަކެތި ހުއްޓުވުމަށް ޕާކިސްތާނަށް މިހާތަނަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފަވާތަން ފެންނާކަށް ނެތެވެ.

މިދިއަ ހޮނިހިރު ދުވަހު 100 އެއްހާ ކިލޯގެ މައްސަތުވާތަކެއްޗާއެކު ރާއްޖެ ސަރަހައްދަށް އެބޯޓު އަންނަކަން ޕާކިސްތާނަށް އެނގި ހުރެ ނޭންގީކަން ވެސް ބެލުމުގެ ފުރުސަތު އެބައޮތެވެ.

ސަބަބަކީ، ކަނޑުމަގުން އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހޮނިހިރު ދުވަހު އައްޑޫން އަތުލައިގަތީ ޑްރަގްސްގެ ވިޔަފާރިކުރާ އިންޓަނޭޝަނަލް ގޭންގަކަށް ނިސްބަތްވާ ބައެއް ކަމަށް ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސްއާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުން ބުނެފައިވާތީއާއި އަތުލައިގަތް މީހުންނަކީ އެކި ގައުމުތަކަށް މިގޮތަށް ޑްރަގްސް ގެންދާ ބައެއްކަމަށް ބުނެފައިވާތީއެވެ. އަދި ޑްރަގް ޓްރެފިކިންގެ މި ބޮޑު ނެޓްވޯކް އަތުލައިގަތުމަށް އިންޓެލިޖެންސް ހިއްސާކުރީ ޕާކިސްތާނުން ކަމަށާއި ސަރަހައްދީ ގައުމުތައް ގުޅިގެން ހިންގި އޮޕަރޭޝަން ކާމިޔާބު ކަމަށް ވެސް ޕާކިސްތާނުގެ ނޫސްތަކުން ބުނެފައި ވުމެވެ.

ހަގީގަތަކީ މި މައުލޫމާތު ޕާކިސްތާނުން ރާއްޖެއަށް ހިއްސާކޮށްފައެއް ނުވާ ކަމެވެ. ނަމަވެސް އެ ޑްރަގް ނެޓްވޯކް، ދިވެހި ފުލުހުން އަތުލައިގަތުމުން އަވަސްއަވަހަށް އެކަމުގެ ކްރެޑިޓް ނެގޭތޯ ޕާކިސްތާނުން ތެޅިގަތީއެވެ. ހަގީގަތަކީ މިއީ ނޫންތޯއެވެ؟

ކަނޑު މަގުންނާއި ވައިގެ މަގުން، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި ވެސް ޕާކިސްތާނަށް ނިސްބަތްވާ މީހުން ގިނަކަން ފާހަގަ ކުރެވެއެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރާއްޖެއައި ފްލައިޓަކުން އައި ޕާކިސްތާން ހަތަރު މީހެއްގެ އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުން ހައްޔަރުކޮށްފައި ވެއެވެ. އެ މީހުންގެ އެތެރެހަށީގައި ފޮރުވައިގެން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 81 ބުލެޓް ފެނިފައިމި ތަކެތީގެ ބަރުދަނުގައި 791 ގްރާމް ހުއްޓެވެ.

ހޮނިހިރު ދުވަހު ދިވެހި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަން ކާމިޔާބު ކަމާއެކު އެ ޑްރަގް ނެޓްވޯކް އަތުލައި ގަތުމާއެކު، ޑްރަގް އުފުލާ އެބޯޓު ރާއްޖެއަށް އަންނަކަން ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސްއިން ރާއްޖެއަށް ނޭންގީ ކީއްވެކަމާމެދު އެބަ ސުވާލު އުފެދެއެވެ.

މިދިއަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް ގައްސާނު މައުމޫނާއި އެމްއެންޑީއެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް (ރިޓަޔާރޑް) އަހުމަދު ޝިޔާމް ހިމެނޭގޮތަށް ރާއްޖޭގެ 5 ވިޔަފާރިވެރިޔަކު ޕާކިސްތާން ނޭޝަނަލް ޝިޕިންގ ކޯޕަރޭޝަން (ޕީއެންއެސްސީ) ގެ ހެޑް އޮފީހަށް ވަޑައިގެން، ކަނޑުމަގުން ޕާކިސްތާނުގެ ކަރާޗީއާއި ރާއްޖެއާ ދެމެދު ކާގޯ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމާމެދު މަޝްވަރާ ކުރައްވާފައި ވެއެވެ. މިބޭފުޅުން ޕާކިސްތާނުގެ އިންޓެލިޖެންސް އޮފީހަށްވެސް ވަޑައިގެންނެވި ކަމަށް ވެއެވެ.

ފުލުހުން ބުނެފައިވަނީ މި އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންއަކީ ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އޮކްޓޯބަރު އެއް ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ. ފުލުހުން ވަނީ މި އޮޕަރޭޝަންގައި 14 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީގައި މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކްގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތު ކުރެވޭ އިބްރާހިމް ރަޝީދު (އަބުޗާ) ވެސް ހައްޔަރުކޮށްފައި ވެއެވެ. އަދި މި އޮޕަރޭޝަނުގައި 98.6 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
43%
14%
43%
ކޮމެންޓް
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ