ކ. މާލެ
|
5 އޮކްޓޯބަރ 2020 | ހޯމަ 03:05
ދިޝާ ޕަޓާނީ
ދިޝާ ޕަޓާނީ
އިންޑިއަން އެކްސްޕްރެސް
ބޮލީވުޑް
"ރާދޭ: ޔޯރ މޮސްޓް ވޯންޓަޑް ބާއި" ގެ ޝޫޓިންގ ކުރިއަށްދާ ކަމަށް ދިޝާ ހާމަކޮށްފި
 
މިފަހަރު ފެނިގެން ދާނީ ސަލްމާން އަދި ރަންދީޕް އާއި އެކު
 
ދިޝާ އެންމެ ފަހުން ފެނިގެން ދިޔައީ "މަލަންގް" އިން
 
ޝޫޓިން މެދު ކެނޑުމަކަށް ފަހު އޮކްޓޯބަރު 2 ގައި ފަށައިފި

ބޮލީވުޑްގެ އެކްޓްރެސް ދިޝާ ޕަޓަނީ ދާދި ފަހުން ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމް "ރާދޭ: ޔޯރ މޮސްޓް ވޯންޓަޑް ބާއި" ގެ ޝޫޓިން މެދު ކެނޑުމަކަށް ފަހު އަނެއްކާ އޮކްޓޯބަރު 2 ގައި ފަށާފައެވެ.

މި މައުލޫމާތު ކަށަވަރުވީ ދިޝާގެ ސޯޝަލް މީޑިއާގެ ޒަރިއްޔާއިން, ޝޫޓިންގ ކުރިއަށްދާ މާލަމުގެ ވީޑިއޯ ކްލިޕްސް ހިއްސާ ކުރުމުންނެވެ.

މުށި ކުލައިގެ ޓީޝާޓެއް ތުރުކޮށްގެން ވަރަށް އުފަލުން ވީޑިއޯތަކުން ފެނިގެންދާ ދިޝާ ހުރީ އިސްތަށިގަނޑު ދޫކޮއްލާފާ، ކޮރެއާގެ މަޝްހޫރު ބޮއި ބޭންޑް ކަމަށްވާ ބީޓީއެސް ގެ ލަވައެއް އަޑު އަހަންށެވެ.

ދިޝާ ގެ އިންސްޓަގްރާމް ސްޓޯރީގެ ބައެއް ކްލިޕްސް ތަކުގެ ސްކްރީންޝޮޓްސް

ދިޝާ އެންމެ ފަހުން ފެނިގެން ދިޔައީ "މަލަންގް" އިން އަދިއްތިޔާ ރޮއީ ކަޕޫރު، އަނިލް ކަޕޫރު އަދި ކުނަލް ކެއްމޫ އާއި އެކުއެވެ. މި ފިލްމް އަކީ ބޮކްސްއޮފީހުގައި ވަރަށް ކާމިޔާބުވެގެން ދިޔަ ފިލްމެކެވެ.

މަލަންގް ގެ ކާސްޓް

ދިޝާ ފާހަގަ ކުރެވެނީ އޭނާގެ ފޭނުންނާއި ވަރަށް ގާތް ގުޅުމެއް ބާއްވާ ފަރާތަކަށެވެ. އޭނާގެ ކަރަންޓީން ރޫޓިންތައްވެސް ދަނީ އޭނާގެ ފޭނުންނާ ހިއްސާކުރަމުންނެވެ.

ދިޝާގެ ކުރިއަށް އޮތް ފިލްމްގައި އޭނާއާ އެކު ފެނިގެން ދާނީ ދަބަންގް، ބޮޑީގާރޑް ފަދަ މަޝްހޫރު ފިލްމް ތަކުން ފެނިގެންދާ އަދި ގިނަ ބަޔެއްގެ ހިތް އަތުލި ސްޓާރ، ސަލްމާން ޚާން އާއި ދޯ ލަފްޒޯންކި ކަހާނީއިން ގިނަ ބައެއްގެ ސަޕޯރޓް އަދި ލޯބި ލިބިގެން ދިޔަ ރަންދީޕް ހޫދާ އާއި އެކުއެވެ.

ސަލްމާން ޚާން އަދި ރަންދީޕް ހޫދާ
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް