ކ. މާލެ
|
4 އޮކްޓޯބަރ 2020 | އާދީއްތަ 17:50
ދުނިޔެއަކީ ވަގުތީ އިމްތިހާނެއް
ދުނިޔެއަކީ ވަގުތީ އިމްތިހާނެއް
ރާއްޖެއެމްވީ
ދުނިޔެއަކީ ވަގުތީ އިމްތިހާނެއް
ދުނިޔެއަކީ ވަގުތީ އިމްތިހާނެއް، ތައްޔާރު ވާންވީ މަރު އައިސް ބައްދަލު ކުރާނެ ވަގުތަކަށް!
 
އަހަރެމެންނާ އެންމެ ގާތުގައިވަނީ މަރު

ދުނިޔެއަށް އައުމަށްފަހު އެ އިންސާނާ ދާނެ މަގު ޚިޔާރު ކުރާނީ އޭނާ އަމިއްލައަށެވެ. ދުނިޔޭގައި ކުރާ ކޮންމެ އަމަލަކީވެސް ސުވާލު ކުރެވޭނެ އަމަލެކެވެ. އެހެންކަމުން ދުނިޔޭގެ އިމްތިހާނުން ފާސްވުމަށް އަމަލުތައް ބަހައްޓަންވީ ގޮތް އެންމެ ރަނގަޅަށް އެނގޭނެ މީހަކީވެސް ހަމަ އެ އިންސާނާއެވެ. ދުނިޔޭގެ އިމްތިހާނުން ފެއިލް ވާ މީހަކީ ދެދުނިޔެއިން އަބާއްޖަވެރިއަކަށް ވާނޭ މީހެކެވެ.

އަހަރެމެން އެންމެނާ ވެސް ބައެއްފަހަރު ހިތާމަވެރި ކަންކަމާ ކުރިމަތިލާން ޖެހެއެވެ. ﷲ ސުބްހާނަހޫ ވަތައާލާ އަންގަވާފައިވާ ގޮތަށް އުޅުނަސް ދަތި އުނދަގޫ ކަންތައް ތަހައްމަލް ކުރަން ޖެހެއެވެ. މިފަދަ ޙާލަތްތަކަކީ އިންސާނާ ދުނިޔެއަށް ފޮނުއްވާ އިރު އެ އިންސާނާ އާއި ހަވާލުވެފައިވާ އިމްތިހާންތަކެވެ. ދުނިޔެ މަތީގައި ދިމާވާ މިފަދަ ހުރިހާ ކަމަކީވެސް ހަމަ އިމްތިހާންތަކެވެ.

އެގޮތުން ހަގީގީ މުސްލިމުންނަކީ އިމްތިހާނެއް ދިމާވުމުން އެކަމާ ކެރިގެން ކުރިމަތިލާ މީހާއެވެ. އަދި ހެޔޮގޮތުގައި މަސައްކަތްކޮށް، އެންމެ އެދެވޭ ގޮތެއްގައި އެކަމަކު އަރައިގަތުމަށް މަސައްކަތް ކުރާ މީހާއެވެ. ދުނިޔެމަތީގައި ކުރިމަތިވާ ދަތިތަކާއި އުނދަގޫ ހާލަތްތަކުގައި ވެސް އެއީ އިމްތިހާނެއްކަން ޤަބޫލުކޮށް، ﷲ ތިބާ ދޫކޮށްނުލައްވާނޭ ކަން ޔަޤީންކޮށް އަދި މިފަދަ ހުރިހާ ކަންކަމަށް ﷲ ނިމުމެއް ގެނެސްދެއްވާނޭ ކަމާއި މެދު ޝައްކުނުކުރާ މީހާއެވެ.

ކަން މިހެން ހުރި އިރު ދުނިޔެވީ އެދުންތަކުގައި މަޝްއޫލުވެ، އުޚްރަވީ ހަޔާތް ހަނދާން ނައްތާއި ނުލަމާ ހެއްޔެވެ. ތިމާއަށް ލިބިފައިވާ މުދަލާއި ދަރިންނަކީ މާތްﷲގެ މަގުން ތިބާ އެއްކިބާކުރާ އެއްޗެއްކަމުގައި ނުހަދަމާ ހެއްޔެވެ. އެއިރުން މާތްﷲ އަޅަމެންގެ މައްޗަށް އެކަލާންގެ ބަރަކާތުގެ ދޮރުތައް ހުޅުވައި ދެއްވާނެކަން ޔަގީނެވެ. އަދި މިއަދު އަހަރެމެން އެންމެން ވެސް ތައްޔާރުވާން ވީ އަހަރެމެންނާ އެންމެ ގާތުގައިވާ މަރަށެވެ.

މަރު މިއީ ކޮންމެ މީހަކާ ވެސް ބައްދަލު ކުރާނެ ކަމެކެވެ. މަރާ ކުރިމަތިނުލާ އެއްވެސް ޤައުމެއް ނުވަތަ ބަޔަކު ވިޔަސް އުޅުނު ހެއްޔެވެ؟ ނުވަތަ އެބައުޅޭ ހެއްޔެވެ؟ ދުނިޔެ ދުށް ބޮޑެތި ވަރުގަދަ ދައުލަތްތަކާއި، ރަސްރަސްކަލުންނާއި، އާރާއި ބާރު ލިބުނު މީހުންތައް ކޮބައި ހެއްޔެވެ؟

މަރަކީ އަހަރެމެން އެކަމާއިމެދު ޣާފިލްވެފައިވާ އެއްޗެއް ނަމަވެސް އެއީ އަހަރެމެންނާ އެންމެ ކައިރީގައިވާ އެކައްޗެވެ. ބަލަބަލާ ތިއްބާ ގާތް ތިމާގެ އަދި ރައްޓެހީންގެ އެތައް ބަޔަކު އެދަނީ މަރުވަމުންނެވެ. ޒުވާނެއް މުސްކުޅިއެއް ކުޑަކުއްޖެއް ފަރަގު ކުރުމެއް ނެތިއެވެ. ކޮންމެ ނަފްސެއްވެސް މަރުގެ ރަހަ ދެކޭނެއެވެ. އެގޮތުން ﷲ ތަޢާލާ ވަޙީ އާލް އިމްރާން ސޫރަތުގެ 185 އާޔަތުގައި ވަހީ ކުރައްވާފައި ވެއެވެ.

ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ދެކޭނެ ނަފްސެކެވެ. އަދި ހަމަކަށަވަރުން ޤިޔާމަތް ދުވަހުން ތިޔަބައިމީހުންނަށް، ތިޔަބައިމީހުންގެ ޢަމަލުތަކުގެ އަޖުރު ބަރާބަރަށް ދެވޭނެއެވެ. ފަހެ ނަރަކައިގެ އަލިފާނުން މިންޖު ކުރެވި، ސުވަރުގެ ވެއްދުނު މީހާ ދަންނައެވެ. ފަހެ އޭނާ ކާމިޔާބު ވެއްޖެކަން ކަށަވަށެވެ. އަދި ހަމަކަށަވަރުން މިދުނިޔަވީ ޙަޔާތަކީ ކެހިދެނިވި ސާމާނުތަކެއް ކަމުގައި މެނުވީ ނުވެއެވެ.

އަދިވެސް ވަގުތު ފާއިތެއް ނުވެއެވެ. އަދިވެސް އަހަރެމެންނަށް ހެޔޮ މަަގަށް އެނބުރި ދިއުމަށް ފުރުސަތު އެބައޮތެވެ. މި އިމްތިހާނުން ފުރިގެން ވީ ދުނިޔޭގެ އިމްތިހާން ތަކުން ފާސްވުމަށް އަދިވެސް ފުރުސަތު އެބައޮތެވެ. އެކަލާނގެ އީ ގިނަގިނައިން ފާފަ ފުއްސަވާ ތައުބާ ގަބޫލްކުރައްވާ އެންމެ ރަހީމްވަންތަ ރަސްކަލާނގެއެވެ.

ސޫރަތުލް ޒުމަރް ގެ 53 ވަނަ އާޔަތުގައި އެކަލާނގެ ވަހީ ކުރައްވާފައި ވެއެވެ. "ކަލޭގެފާނު ވިދާޅުވާށެވެ. އޭ ތިމަން ﷲ ގެ އަޅުތަކުންގެ ތެރެއިން އެބައެއްގެ ނަފްސުތައް ފާފައިން އިސްރާފު ކޮށްފައިވާ އަޅުތަކުންނޭވެ. ތިޔަބައިމީހުން ﷲ ގެ ރަޙްމަތުން އުންމީދު ކަނޑާނުލާށެވެ. ހަމަކަށަވަރުން ﷲ އީ ހުރިހާ ފާފައެއް ފުއްސަވާ އިލާހެވެ. (އަދި) ހަމަކަށަވަރުން އެއިލާހަކީ ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހެކެވެ."

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް