ކ. މާލެ
|
3 އޮކްޓޯބަރ 2020 | ހޮނިހިރު 22:24
އިންޑިއާގައި ކޮވިޑަށް ސާމްޕަލް ނަގަނީ
އިންޑިއާގައި ކޮވިޑަށް ސާމްޕަލް ނަގަނީ
ރޮއިޓަރސް
ކޮވިޑް-19 އިންޑިއާގައި ހަލުވިކަމާއެކު ފެތުރުން
ކޮވިޑްގައި އިންޑިއާ އިން މަރުވާ މީހުންގެ އަދަދު ދަނީ އިންތިހާއަށް އިތުރުވަމުން!
 
ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 1،100 މީހުން ވަނީ މަރުވެފައި

ކޮވިޑްގައި އިންޑިއާ އިން މިހާތަނަށް ލައްކައަކަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

ފާއިތުވި ސެޕްޓެމްބަރ މަހަކީ މިހާތަނަށް އެ ގައުމުގައި އެންމެ ހާލަތު ގޯސްވި އެއް މަހެވެ. ސެޕްޓެމްބަރ މަހުގައި ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 1،100 މީހުން ވަނީ މަރުވެފައެވެ.

އިންޑިއާގައި އެންމެ ގިނައަދަދަކަށް މީހުން މަރުވެފައި ވަނީ މަހަރާޝްތުރާ އިންނެވެ. އެ ސްޓޭޓަކީ އެގައުމުގެ އެންމެ މުއްސަނދި އެއް އެއް ސްޓޭޓެވެ. މަހަރާޝްތުރާ އަކީ ކޮވިޑް-19 އެންމެ އަވަހަށް ފެތުރުނު އެއް ސްޓޭޓެވެސްމެވެ. އެތަނުން މިހާތަނަށް މުޅިއެކު 36،000 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.

މަހަރާޝްތުރާގެ އިތުރުން ޕަންޖާބުގައި ވެސް މި ބަލީގެ ސަބަބުން ހާލަތު ދަނީ ގޯސްވަމުންނެވެ. މި ދެ ސަރަހައްދުގައި ޓެސްޓު ކުރުމުގެ ވަސީލަތްތައް ލިބޭ މިންވަރު މަދުވެ އަދި މީގެއިތުރުންވެސް ތަފާތު އެތަކެއް ދަތިތަކާ ކުރިމަތިވަމުން ދާތީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުން ކަމަށް އެގައުމުގެ ޑޮކްޓަރުން ބުނެ އެވެ.

ޕަންޖާބުގައި މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ރޭޓަކީ 6.2 އިންސައްތައެވެ. އަދި މަހަރާޝްތުރާ ގައި ޕޮޒިޓިވް މާ މީހުންގެ ރޭޓަކީ 24 އިންސައްތައެވެ. މީގެ އިތުރުންވެސް ބިހާރު ގައި 2.5 އިންސައްތަ، ޖަކާންދްގައި 3.7 އިންސައްތަ މީހުން ދަނީ ކޮވިޑަށް ޕޮޒިޓިވް ވަމުންނެވެ.

އިންޑިއާގައި ކޮވިޑް-19 އިންތިހާއަށް ފެތުރެމުންދާއިރު އެ ގައުމުގައި މީހުން މަރުވަމުންދާ އަދަދު އިތުރުވަމުންދަނީ ކަންބޮޑުވާ މިންވަރަށެވެ. އެ ގައުމުގެ ޑޮކްޓަރުން ދަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިންޑިއާ އަކީ ދުނިޔޭގައި ތިން ވަނައަށް އެންމެ ގިނައިން މި ބަލި ފެތުރެމުން އަންނަ ގައުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް