ކ. މާލެ
|
3 އޮކްޓޯބަރ 2020 | ހޮނިހިރު 10:44
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އަދި ބިލް ސްޓެޕައިން (ފ)
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އަދި ބިލް ސްޓެޕައިން (ފ)
ސީ.އެން.އެން
ޓްރަމްޕުގެ ކެމްޕެއިން މެނޭޖަރު ޕޮޒިޓިވް
ޓްރަމްޕުގެ ކެމްޕެއިން މެނޭޖަރު ވެސް ކޮވިޑަށް ޕޮޒިޓިވް
 
ޓްރަމްޕާއި ކޮންޓެކްޓްވި 3 މީހަކު ވަނީ ޕޮޒިޓިވްވެފައި
 
ސްޓެޕައިން ޕޮޒިޓިވްވުމާއި ގުޅިގެން ހުންނެވީ ކަރަންޓީންގައި

ކޮވިޑް-19ށް ޕޮޒިޓިވްވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކެމްޕެއިން މެނޭޖަރު ބިލް ސްޓެފިއަން ވެސް ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން ސްޓެޕިއަން ޕޮޒިޓިވްވެފައިވަނީ ޓްރަމްޕް ޕޮޒިޓިވްވިތާ މާގިނައިރުތަކެއް ނުވެއެވެ. އޭނާ ޕޮޒިޓިވްވީ ޓްރަމްޕާއި ކޮންޓެކްޓްވެގެން ކަމަށް މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގެއެވެ. މިއާއެކު ޓްރަމްޕުގެ ރިޔާސީ ކެމްޕޭންތަކަށް ހުރަސް އެޅިގެންދާނެ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ރިޕަބްލިކަން ޕާޓީއާއި ހަވާލާދީ މީޑިއާތަކުގައި ބުނެފައިވަނީ ސްޓެޕިއެން ޕޮޒިޓިވްވީ ހުކުރު ދުވަހުއެވެ. އަދި އޭނާ ވަނީ ކަރަންޓީން ކޮށްފައެވެ. މިހާތަނަށް މީޑިއާތަކުގައި ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ޓްރަމްޕުގެ އެޑްވައިޒަރު ހޯޕް ހިކްސް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ހުކުރު ދުވަހު ޓްރަމްޕް ޕޮޒިޓިވްވެވަޑައިގެންނެވިކަން އެންގެވުމާއެކު އަރިހުގައި އުޅުއްވާ ފަރާތްތައް ވަނީ ކަރަންޓީންކޮށް ޓެސްޓް ހަދަން ފަށާފައެވެ. މިހާތަނަށް އައިރު ޓްރަމްޕުގެ އަނބިކަނބަލުން މެލޭނިއާ ޓްރަމްޕާއި ހޯޕްއާއި ސްޓެޕީން ޕޮޒިޓިވްވެފައިވާ އިރު އިތުރު މީހަކު ޕޮޒިޓިވް ނުވެއެވެ. އަދި ޓްރަމްޕުގެ އާއިލާގެ ބޭފުޅެއް ވެސް ނުވެއެވެ.

ޓްރަމްޕް ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާދޭން ފަށާފައިވަނީ ރޭގެ ވަގުތެއްގައެވެ. ކޮވިޑަށް ޕޮޒިޓިވްވެ ހާލުކޮޅު ގޯސްވެ ފަރުވާ ދެއްވަން ވޯލްޓަރ ރީޑް ހޮސްޕިޓަލަށް ގެންދެވުމުގެ ކުރިން ޓްވިޓަރ މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ހިފެހެއްޓުމެއް ނެތި ސަޕޯޓްކުރައްވާ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާ ކުރައްވާ ކަމަށާއި، ވޯލްޓްރޭޑް ހޮސްޕިޓަލަށް ވަޑައިގަންނަވަން އުޅުއްވާ ކަމަށެވެ. އަދި ހާލުކޮޅު ރަނގަޅު ކަމަށާއި، ފަސްޓް ލޭޑީ މެލޭނިއާ ޓްރަމްޕުގެ ހާލުކޮޅު ވެސް ރަނގަޅު ކަމަށެވެ.

ޓްރަމްޕް ކޮވިޑަށް ޕޮޒިޓިވްވީ ކިހިނެއް ކަމެއް އަދި މިހާތަނަށް އައި އިރު ދެނެގަނެވިފައި ނުވާ އިރު، ޓްރަމްޕްގެ އެޑްވައިޒަރު ހޯޕް ހިކްސް އަށް ވެސް ވަނީ ކޮވިޑް-19 ޖެހިފައެވެ. ހޯޕްސް ވަނީ ދާދި ފަހުން އެމެރިކާގެ ރިޔާސީ އިންތިހާބުގައި ބަހުސް ބޭއްވި އޮހިޔޯ އަށް ޓްރަމްޕްއާ އެކު އެއާފޯސް ވަން ގައި ދަތުރުކުރައްވާފައެވެ.

ބައިނަލްއަގުވާމީ ހަބަރުތައް ބުނާ ގޮތުން އޮހިޔޯގައި އޮތް ރިޔާސީ އިންތިހާބުގެ ބަހުސަށްފަހު ޓްރަމްޕު ވަނީ އެމަނިކުފާނުގެ ސަޕޯޓަރުންނާއެކު މާސްކް ނާޅުއްވާ ސެލްފީ ނަންގަވާފައެވެ.

ޓްރަމްޕުގެ ހާލުކޮޅާއި ގުޅިގެން ވައިޓް ހައުސް އިން ބުނެފައިވަނީ ޓްރަމްޕުގެ ކިބައިން އަދި ފެންނަނީ ބަލީގެ އާދައިގެ އަލާމަތްތައް ކަމަށާއި ރައީސް ހުންނެވީ ވަރުގަދަ އަޒުމެއްގައި ކަމަށާއި ވަރަށް އަވަހަށް ބަލިން ރަނގަޅުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް