ކ. މާލެ
|
3 އޮކްޓޯބަރ 2020 | ހޮނިހިރު 10:38
ރަޝިޔާގެ ވެކްސިން މީހެއްގެ ގަޔަށް ޖެހުމަށް ތައްޔާރުވަނީ
ރަޝިޔާގެ ވެކްސިން މީހެއްގެ ގަޔަށް ޖެހުމަށް ތައްޔާރުވަނީ
ރޮއިޓަރސް
ކޮވިޑް-19 ވެކްސިން
ރަޝިޔާއިން ކޮވިޑް-19 އަށް އުފެއްދި ވެކްސިންގެ ޝިޕްމަންޓް ވެނެޒުޔޭލާއަށް ގެންގޮސްފި
 
އެގައުމުގެ ރައީސް ވަނީ ރަޝިޔާގެ ވެކްސިންގެ ޓެރެއަލްގައި 15،000 މީހުން ބައިވެރިވުމަށް ހުށަހަޅުއްވާފައި
 
މިމަހު އެގައުމުގައި ކުރިޔަށްދާ މިވެކްސިންގެ ޓްރެއަލްގައި 2000 މީހުން ބައިވެރިވާނެ

ރަޝިޔާއިން ކޮވިޑް-19 އުފެއްދި ވެކްސިން ކަމުގައިވާ ސްޕޮޓްނިކް ވީ ގެ ފުރަތަމަ ޝިޕްމެންޓް ވެނެޒުޔޭލާ އަށް ލިބިފައިވާ ކަމަށް އެގައުމުގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް ވިދާޅުވެއްޖެ އެވެ.

މިއީ ލެޓިން އެމެރިކާގެ ގައުމަކަށް ރަޝިޔާގެ ކޮވިޑް-19 ވެކްސިން ލިބުނު ފުރަތަމަ ފަހަރެވެ. މިއާއެކު ވެނެޒުޔޭލާގައި މިވެކްސިންގެ ޓްރެއަލްތައް ފަށާނެ ކަމަށް ރޮޑްރިގޭޒް ވަނީ ވިދާޅުވެފައެވެ. އެގައުމުގެ މައި އެއަރޕޯޓްގައި ހުންނަވާ ޓީވީ މެދުވެރި ކުރައްވާ ވާހަކަ ދައްކަވަމުން ރޮޑްރިގޭޒް ވިދާޅުވީ މިއީ ވެކްސިނާއި ގުޅޭގޮތުން ރަޝިޔާ އާއި ވެނެޒުޔޭލާ އާ ދެމެދު ކުރިޔަށްދިޔަ ވާހަކަތަކުގެ ނަތީޖާތައް ކަމަށެވެ.

އެހެންނަމަވެސް ވެނެޒުޔޭލާއަަށް ރަޝިޔާއިން ފޮނުވީ ކިތައް ޑޯޒް ކަމެއް ރޮޑްރިގޭޒް ވިދާޅެއްނުވެ އެވެ. އެގައުމުގެ ހެލްތު މިނިސްޓަރ ވިދާޅުވީ މި މަހު އެގައުމުގައި ކުރިޔަށްދާ މިވެކްސިންގެ ޓްރެއަލްގައި 2000 މީހުން ބައިވެރިވާނެ އެވެ.

އެގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ ވަނީ ސެޕްޓެމްބަރ މަސްތެރޭގައި އެގައުމުގައި ރަޝިޔާގެ ވެކްސިންގެ ޓެރެއަލްގައި 15،000 މީހުން ބައިވެރިވުމަށް ހުށަހަޅުއްވާފަ އެވެ. އެއީ ކުރިޔަށް އޮތް އިންތިޚާބަށް ވާއިރު ގިނަ ބަޔަކު ބަލިން ސަލާމަތް ވެފައި ތިބޭނެ ކަމަށް ބަލައެވެ. އަދި ކެމްޕެއިންގެ ކަންކަން ރަނގަޅަށް ކުރިޔަށް ގެންދިޔުމަށްޓަކައެވެ.

މިފަހަކުން ވެނެޒުޔޭލާ އާއި ރަޝިޔާ އާ ދެމެދު އޮންނަ ގުޅުންވަނީ ވަރުގަދަވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
50%
0%
0%
0%
50%
ކޮމެންޓް