ކ. މާލެ
|
3 އޮކްޓޯބަރ 2020 | ހޮނިހިރު 05:32
ޖޯ ބައިޑެން
ޖޯ ބައިޑެން
ރޮއިޓަރސް
ޖޯ ބައިޑެން ކޮވިޑަށް ނެގެޓިވްވުން
ޖޯ ބައިޑެން ކޮވިޑަށް ނެގެޓިވް
 
ބައިޑެން ވަނީ ޓަރަމްޕާއި އެކު މިހަފްތާގެ ކުޜީކޮޅު ބަހުސްގައި ބައިވެރިވެވަޑައިގެންފައި
 
ބައިޑެން ޓެސްޓްކުރެއްވީ ޓްރަމްޕް ޕޮޒިޓިވްވުމާއި ގުޅިގެން

އެމެރިކާގެ ރިޔާސީ އިންތިޙާބުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަ ކުރައްވާ އެ ޤައުމުގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން ކޮވިޑް-19 އަށް ނެގެޓިވް ކަމަށް ރިޕޯޓަތައް ބުނެފިއެވެ.

ބައިޑެން އާއި އަނބިކަބަލުން ކޮވިޑަށް ޓެސްޓް ކުރައްވާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ.

ބައިޑަން ވަނީ ޓްރަމްޕާއި އެކު މި ހަފްތާގެ ކުރީކޮޅު އެއް ސްޓޭޖެއްގައި ބަހުސްގައި ބައިވެރިވެ ވަޑައިގެންފައެވެ.

ބައިޑެން އާއި އަނބިކަނބަލުން ގެ ނަތީޖާ ނެގެޓިވްކަން އޭނާގެ ޑޮކްޓަރު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ސޯޝަލް މީޑިއާގައި ބައިޑެން ހިއްސާކުރައްވާފައިވާ ޕޯސްޓެއްގައި ބަލިހާލަތާއި މެދު ކަންބޮޑުވުން ފާޅު ކުރި ހުރިހާ ފަރާތްތަކަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން އެންމެން ވެސް މާސްކް އެޅުމުށާއި، އިޖްތިމާއި ގައިދުރުކަން ބެހެއްޓުމަށް އަދި ގިނަގިނައިން އަތްދޮވުމަށް ބައިޑެން ވަނީ އިލްތިމާސް ކުރައްވާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް