ކ. މާލެ
|
2 އޮކްޓޯބަރ 2020 | ހުކުރު 11:25
ރައީސް ޓްރަމްޕްގެ އިތުރުން އަނބިކަނބަލުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި
ރައީސް ޓްރަމްޕްގެ އިތުރުން އަނބިކަނބަލުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި
އޭއެފްޕީ
ޓްރަމްޕް އާއި މެލައިނާ އަށް ކޮވިޑު ޖެހުން
އެމެރިކާގެ ރައީސް އަށް ކޮވިޑް ޖެހިއްޖެ
 
މިހާރު ހުންނެވީ ކަރަންޓީނުގައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އަނބިކަނބަލުން މެލައިނާ ޓްރަމްޕް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެކަން ހާމަކުރެއްވީ ރައީސް ޓްރަމްޕްގެ ޓްވިޓާ މެދުވެރިކޮށެވެ. ޓްރަމްޕް ކުރެއްވި ޓްވީޓެއްގައ ވިދާޅުވީ، ޕޮޒިޓިވްވުމާ އެކު ކަރަންޓީނުވެ ވަޑައިގަންނަވާނެ ކަމަށެވެ.

ޓްރަމްޕް އާއި އަނބިކަނބަލުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ޓްރަމްޕްގެ އެޑްވައިޒަރު ހޯޕް ހިކްސް އަށް ވެސް ވަނީ ކޮވިޑް-19 ޖެހިފައެވެ. ހޯޕްސް ވަނީ ދާދި ފަހުން އެމެރިކާގެ ރިޔާސީ އިންތިހާބުގައި ބަހުސް ބޭއްވި އޮހިޔޯ އަށް ޓްރަމްޕްއާ އެކު އެއާފޯސް ވަން ގައި ދަތުރުކުރައްވާފައެވެ.

މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ޓްރަމްޕް ވިދާޅުވީ، ހިކްސް ޕޮޒިޓިވްވުމާއި ގުޅިގެން އަނބިކަނބަލުންނާއެކު ކަރަންޓީނަށް ވަޑައިގަންނަވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
20%
80%
ކޮމެންޓް