ކ. މާލެ
|
2 އޮކްޓޯބަރ 2020 | ހުކުރު 03:04
ލިވަޕޫލާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާސެނަލް މޮޅުވީ ޕެނަލްޓީގައި 5-4 ން
ލިވަޕޫލާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާސެނަލް މޮޅުވީ ޕެނަލްޓީގައި 5-4 ން
ގެޓީ އިމޭޖަސް
އިނގިރޭސި ލީގު ކަޕް
ޕެނަލްޓީގައި ލިވަޕޫލް ބަލިކޮށް އާސެނަލް ކުއާޓާއަށް
 
ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވޭ
 
ލިވަޕޫލް އަތުން އާސެނަލް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-4 ން

ޕެނަލްޓީ ޖަހައިގެން 5-4 ން ލިވަޕޫލް ބަލިކޮށް، އިނގިރޭސި ލީގު ކަޕުގައި ކުއާޓާ ފައިނަލަށް އާސެނަލް ދަތުރުކޮށްފިއެވެ.

ލިވަޕޫލުގެ ދަނޑުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ލިވަޕޫލުން ވަނީ ރަނގަޅު ކުޅުމެއް ދައްކާ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެ ހަމަލާތަކުގެ ހުރަހަކަށްވީ އާސެނަލުގެ ގޯލްކީޕަރު ބާންޑް ލެނޯއެވެ. އެގޮތުން ލެނޯ ވަނީ ލިވަޕޫލުގެ ކުޅުންތެރިން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާއެއް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި މެޗުގައި އާސެނަލުން އެންމެ ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްފައިވަނީ އެ ޓީމުގެ ޑިފެންޑަރު ރޮބް ހޯލްޑިންގެވެ. އެކަމަކު އޭރިއާ ތެރެއިން އޭނާ ބޮލުން ފޮނުވާލި ހަމަލާ ލިވަޕޫލުގެ ގޯލްކީޕަރު ލެނޯ ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރިވެފައި އޮތުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކޮންމެ ޓީމަކުންވެސް ވަނީ ހަ ޕެނަލްޓީ ޖަހާފައެވެ. ޕެނަލްޓީ ޝޫޓްއައުޓުގައި އާސެނަލުގެ މުޙައްމަދު އެލްނެނީ ފޮނުވާލި ޕެނަލްޓީ އޭޑްރިއަން މަތަކުރި ނަމަވެސް، އޭގެ ފަހުން ލެނޯ ވަނީ ލިވަޕޫލުގެ ދެ ޕެނަލްޓީއެއް ހުއްޓުވާފައެވެ. އެއީ ޑިވޮކް އޮރީގީ އާއި ހެރީ ވިލްސަން ފޮނުވާލި ޕެނަލްޓީތަކެވެ.

ލިވަޕޫލް ބަލިކޮށް ލީގު ކަޕުގެ ކުއާޓާއަށް އާސެނަލް ދަތުރުކުރިއިރު، ކުއާޓާގައި އާސެނަލް ބައްދަލުކުރަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއެވެ.

އިނގިރޭސި ލީގު ކަޕުގެ ކުއާޓާފައިނަލް މެޗުތައް:

  • އާސެނަލް - މެންޗެސްޓާ ސިޓީ
  • އެވަޓަން - މެންޗެސްޓާ ޔުނައިޓެޑް
  • ޓޮޓެންހަމް ހޮޓްސްޕާ - ސްޓޯކް ސިޓީ
  • ބްރެންޓްފޯޑް - ނިއުކާސަލް ޔުނައިޓެޑް
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
33%
0%
33%
0%
33%
ކޮމެންޓް
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ