ކ. މާލެ
|
2 އޮކްޓޯބަރ 2020 | ހުކުރު 00:21
ޔުނިސެފުން އިސްނަގައިގެން ކުރިއަށްގެންދިޔަ ވޯރކްޝޮޕްގެ ތެރެއިން
ރާއްޖެއެމްވީ
ޔުނިސެޕުން ނޫސްވެރިންނަށް ވޯކްޝޮޕެއް ހިންގުން
ޔުނިސެފުން އިސްނަގައިގެން ނޫސްވެރިންނަށް ކޮވިޑް-19 ކަވަރުކުރުމާއި ބެހޭގޮތުން ވާރކްޝޮޕެއް ހިންގައިފި
 
ގިނަ މީޑިއާތަކަކުން ވަނީ ބައިވެރި ވެފައި
 
ވޯރކްޝޮޕް ކުރިއަށް ދިޔައީ ބުރާސްފަތި ދުވަހު މެންދަރުފަހު

ޔުނިސެފުން އިސްނަގައިގެން ރާއްޖޭގެ މީޑިއާތަކުގައި މަސައްކަތް ކުރާ ނޫސްވެރިންނަށް ކޮވިޑް-19 ކަވަރުކުރުމާއި ބެހޭ ވާރކްޝޮޕެއް ހިންގައިފިއެވެ.

މޯލްޑިވްސް ޖާރނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ އެހީތެރި ކަމާއެކު ބުރާސްފަތި ދުވަހު މެންދުރުފަހު ކުރިއަށް ގެންދިޔަ މި ވާރކްޝޮޕްގައި ރާއްޖޭގެ މީޑިއާތަކުން ވަނީ ބައިވެރިވެފައެވެ.

މި ވާރކްޝޮޕްގައި މައުލޫމާތު ދެއްވާފައިވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑޮކްޓަރުންނާއި، ޔުނިސެޕް، ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އަދި ރާއްޖޭގެ ފަންނީ ތަޖުރިބާކާރުންނެވެ.

މި ވާރކްޝޮޕްގައި ކޮވިޑް-19 ފެތުރެމުންދާ މި ދުވަސްވަރު ނޫސްވެރިންގެ ސަލާމަތާއި ރައްކައުތެރި ކަމަށް ކުރެވިދާނެ ކަންތައްތަކާއި ނޫސްވެރިންނަށް އާންމުންގެ ސަލާމަތަށް ކުރެވިދާނެ ކަންތަކާއި ގުޅޭގޮތުން ވަނީ މައުލޫމާތު ދެއްވާފައެވެ.

މީގެ އިތުރުން ޚަބަރު ފެތުރުމުގައި ވިސްނަންވީ ކަންތައްތަކާއި ގުޅޭގޮތުން، ޚާއްސަކޮށް ދޮގު ޚަބަރަށް ސަމާލުކަން ދިނުމާއި ގުޅޭ ގޮތުން ވަނީ މައުލޫމާތު ދީފައެވެ.

ވާރކްޝޮޕް ނިންމާލުމަށްފަހު ބައިވެރިންނަށް ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
100%
0%
0%
0%
0%
ކޮމެންޓް