ކ. މާލެ
|
1 އޮކްޓޯބަރ 2020 | ބުރާސްފަތި 23:37
ކޮޗިން ކާގޯ ފެރީ: ފުރަތަމަ ދަތުރުގައި ގިނައިން ގެނެސްފައިވަނީ ސިމެންތި ބަސްތާ
ކޮޗިން ކާގޯ ފެރީ: ފުރަތަމަ ދަތުރުގައި ގިނައިން ގެނެސްފައިވަނީ ސިމެންތި ބަސްތާ
ފޮރިން މިނިސްޓްރީ
ކޮޗިން ކާގޯ ފެރީ
ކޮޗިން ފެރީން ސިމެންތި ގެނެސްގެން އެސްޓީއޯއިން އަގުހެޔޮކޮށް ވިއްކަން ފަށައިފި
 
އުތުރުގެ ރަށްތަކަށް އަގުހެޔޮކޮށް މުދާ ފޯރުކޮށްދެވޭތޯ ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން: އެސްޓީއޯ
 
މިހާރު ވިއްކަމުންދަނީ 90 ރުފިޔާއަށް
 
ކުރިން ރެމްކޯ ސިމެންތި ވިއްކަމުންދިޔައީ 106 ރުފިޔާއަށް

ކޮޗިން ފެރީން ކުޅުދުއްފުއްޓަށް ގެނައި ސިމެންތި އަގުހެޔޮކޮށް އެސްޓީއޯއިން ވިއްކަން ފަށައިފިއެވެ.

ކާގޯފެރީގައި އެސްޓީއޯއިން ވަނީ ކުޅުދުއްފުޓަށް 500 ޓަނުގެ ސިމެންތި އެތެރެކޮށްފައެވެ. އެސްޓީއޯއިން ކުރިން ރެމްކޯ ސިމެންތި ވިއްކަމުންދިޔައީ 106 ރުފިޔާ އަށެވެ. ނަމަވެސް ބުރާސްފަތި ދުވަހުން ފެށިގެން ސިމެންތި ބަސްތާއެއްގެ އަގު ވަނީ 90 ރުފިޔާއަށް ހެޔޮކޮށްފައެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ އަމާޒަކީ ކާގޯ ފެރީން ގެންނަ މުދާ އުތުުރުގެ ރަށްތަކަށް ހެޔޮ އަގުގައި ވިއްކަމުންދިއުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެކި ބާވަތްތަކުގެ މުދާ ގެނެސް ހެޔޮ އަގުގައި ވިއްކަމުންދާނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

އިންޑިއާގެ ކޮޗިންއާއި ކުޅުދުއްފުއްޓާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ގައެވެ. ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ. މި ދަތުރުތައް ކުރާނީ ކޮޗިންއިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
6%
83%
6%
0%
0%
6%
ކޮމެންޓް
7 އޮކްޓޯބަރ 2020 | ބުދަ 10:48
😅😅😅🤣🤣😂😁😀😇😈😇😅😅😃😃😄😆😇😦
😅😅😄😄