ކ. މާލެ
|
1 އޮކްޓޯބަރ 2020 | ބުރާސްފަތި 23:32
ކޮވިޑުގެ ސާމްޕަލް ނެގުމުގެ މަސައްކަތުގެ ތެރެއިން
ކޮވިޑުގެ ސާމްޕަލް ނެގުމުގެ މަސައްކަތުގެ ތެރެއިން
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
މިއަދު 63 މީހަކު ޕޮޒިޓިވް، އަނެއްކާވެސް އަދަދުތައް މައްޗަށް އަރަނީ
 
ބަލިން ފަސޭހަވެގެން ދޫކޮށްލި މީހުންގެ އަދަދަކީ 9187
 
ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 10،194ށް އަރާފަ
 
ޕޮޒިޓިވްވި މީހުންގެ ތެރޭގައި 31 ދިވެހިން ހިމެނޭ

ކޮވިޑް-19 ޖެހިގެން ދުވަހު ބުރާސްފަތި ދުވަހު ޕޮޒިޓިވްވީ 63 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕިއޭއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާ އިރު، ބުރާސްފަތި ދުވަހު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 31 ދިވެހިންނާއި އެހެނިހެން ގައުމުތަކަށް ނިސްބަތްވާ 32 މީހުންނެވެ. މިއާއެކު ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 10،194ށް އަރާފައެވެ.

އެޗްޕިއޭއިން ބުނީ 63 މީހުންގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވީ 51 މީހުން ކަމަށާއި، އަތޮޅު ތެރެއިން 12 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެކްޓިވް ކޭސްގެ އަދަދަށް ބަލާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ 79 މީހުންނާއެކު 1126 މީހަކު ހިމެނެއެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިފަހުން 10،000ށް ވުރެ ގިނަ މީހުން ޕޮޒިޓިވްވި ނަމަވެސް، މީގެ ތެރެއިން 9187 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 573 މީހަކު އެބަ ތިއްބެވެ. މި ބަލީގައި 34 މީހަކު ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ގިނައީ ދިވެހިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
100%
0%
0%
0%
0%
0%
ކޮމެންޓް