ހޯމަ 26 އޮކްޓޯބަރ 2020
09 ހެއި
1442 ރަބީއުލް އައްވަލް 09
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
އިރުއޮއްސޭ 17:52
އިޝާ 19:04
ޗައިނާ - ރާއްޖެ

ޗައިނާ އަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ ގައުމެއް: އަބްދުﷲ ޝާހިދު

  • މުޅި ދުނިޔޭގެ ކުއެރުމާ ތަރައްޤީއަށް ޗައިނާއިން ކުރަމުންދާ މަސައްކަތަށް ތައުރީފްކުރައްވާފައިވޭ

ކ. މާލެ | 2 އޮކްޓޯބަރ 2020 | ހުކުރު 00:16 | 4,321

ރާއްޖެ، ޗައިނާގެ ދިދަތަކެއް - އޭޝިއާވަޔަރ

ޗައިނާގެ ޤައުމީ ދުވަހާއި، އިތުރު 4 ޤައުމެއްގެ މިނިވަން ދުވަހާ ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު ތަހުނިޔާގެ މެސެޖް ފޮނުއްވައިފިއެވެ.

ޗައިނާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު އަދި ސްޓޭޓް ކައުންސިލަރ ވާންގް ޔީ އަށް މިނިސްޓަރ ޝާހިދު ފޮނުއްވި މެސެޖްގައި އެޤައުމުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި މިނިސްޓަރ ޝާހިދުގެ އަމިއްލަ ނަންފުޅުގައި ޗައިނާ ސަރުކާރާ ރައްޔިތުންނާއި މިނިސްޓަރ ވާންގް ޔީ އަށް ޤައުމީ ދުވަހުގެ ހެޔޮ ތަހުނިޔާ ފޮނުއްވާ ކަމަށް ވިދާޅުވިއެވެ.

ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 71 އަހަރު ފުރުން މިއަދު ފާހަގަކުރާއިރު، ޗައިނާ އަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ ގައުމެއްކަމަށާއި، މުޅި ދުނިޔޭގެ ކުއެރުމާ ތަރައްޤީއަށް ޗައިނާއިން ކުރަމުންދާ މަސައްކަތަށް ތައުރީފްކުރައްވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. މީގެ އިތުރުން "ވަން ޗައިނާ ޕޮލިސީ" ރާއްޖެއިން ދަމަހައްޓާނެކަމުގެ ޔަޤީންކަން އަރުވަމުން، މިނިސްޓަރ ޝާހިދު ވަނީ ރާއްޖެއާއި ޗައިނާގެ ޒަމާންވީ އެކުވެރި ގުޅުން ބަދަހި ކުރުމަށް ކުރެއްވުން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ޗައިނާގެ ޤައުމީ ދުވަހުގެ އިތުރުން ފާހަގަކުރާ ނައިޖީރިއާ، ސައިޕްރަސް، ޕަލާއޯ އަދި ޓުވާލޫގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެގައުމުތަކުގެ ޚާރިޖީ ވަޒީރުންނަށްވެސް މިނިސްޓަރ ޝާހިދު ވަނީ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.