ކ. މާލެ
|
2 އޮކްޓޯބަރ 2020 | ހުކުރު 00:15
އުމުރުން ދުވަސްވީ މީހުންނާއެކު އަތޮޅު ތެރޭގައި ބީއެމްއެލް އިން ހާއްސަ ބައްދަލުވުން
އުމުރުން ދުވަސްވީ މީހުންނާއެކު އަތޮޅު ތެރޭގައި ބީއެމްއެލް އިން ހާއްސަ ބައްދަލުވުން
ބީއެމްއެލް
އުމުރުން ދުވަސްވީ މީހުން
އުމުރުން ދުވަސްވީ މީހުންނާއެކު އަތޮޅު ތެރޭގައި ބީއެމްއެލް އިން ހާއްސަ ބައްދަލުވުމެއް ބާއްވައިފި
 
އޮންލައިންކޮށް ޚިދުމަތްތައްދޭ ކަންތައްތައް ކިޔައިދީފައިވޭ

ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ އެކި ބްރާންޗް ތަކާއި ގުޅިގެން އަތޮޅު ތެރޭގައި ސްކޭމް އަދި ފްރޯޑް އިން ރައްކާތެރި ވުމާއި މާލީދާއިރާއަށް ހޭލުންތެރި ކުރުވުމުގެ ބޭނުމުގައި އުމުރުން ދުވަސް މީހުންނަށް ހާއްސަ ބައްދަލުވުންތަކެއް ބާއްވައިފިއެވެ.

އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ކުރިޔަށްދިޔަ މި ބައްދަލުވުން ވަނީ ޅ. ނައިފަރު، ށ. ފުނަދޫ، އއ. ރަސްދޫ، ތ. ގުރައިދޫ، ގދ. ތިނަދޫ އަދި ސ. ހުޅުމީދޫގައި ކުރިޔަށް ގެންގޮސްފައެވެ.

މި ބައްދަލުވުމުގައި ބޭންކިންގ އާއި ރައްކާތެރި ގޮތުގައި އޮންލައިން ބޭންކިންގ ބޭނުންކުރުމާ ގުޅޭ މައުލޫމާތު ބައިވެރިންނާއި ހިއްސާކުރެވުނެވެ.ވަކީން ހާއްސަކޮށް އެކި ކުންފުންޏާއި މުވައްސަސާތަކުގެ ނަމުގައި ގުޅައި އޮޅުވާލައިގެން ފައިސާ ހޯދުމަށާއި ކާޑުގެ މައުލޫމާތު ހޯދަންކުރާ މަސައްކަތްތަކަށް ސަމާލުވެ ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކާ ގުޅޭ މައުލޫމާތުވެސް ވަނީ ބައިވެރިންނާ ހިއްސާކޮށްފައެވެ.

އަދި ބޭންކުން ވަނީ އޮންލައިންކޮށް ޚިދުމަތްތައް ހޯދުމުގައި ސަމާލުވާން ޖެހޭ ބައެއް މުހިންމު ކަންކަންވެސް ފާހަގަކޮށްފައެވެ.

މި ބައްދަލުވުމުގައި އިންޓަރނެޓް، މޮބައިލް އަދި ސެލްފް ސަރވިސް ބޭންކިންގ ޓެކްނޮލޮޖީއަށް ކުރެވުނު އިންވެސްޓްމެންޓާއެކު ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެވި، ޚިދުމަތް ހޯދުމަށް އެކި ވަސީލަތްތައް ހޯދައިދެވި ، ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ހޯދޭނެ ގޮތްތަކާ ބެހޭ މައުލޫމާތު ބީއެމްއެލްގެ ފަރާތުންވަނީ ބައިވެރިންނާ ހިއްސާކޮށްފައެވެ.

މި ބައްދަލުވުމުގައި އެކި ރަށްތަކުން 300 ބައިވެރިން ވަނީ ބައިވެރިވެފައެވެ.

މި ބައްދަލުވުން ބޭއްވިފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅުއްވާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލުތަކާއި އެެއްގޮތަށެވެ.

އަދި މި ބައްދަލުވުން ކުރިޔަށް ދިޔަ ހޯލް ތަކުގައި ބައިވެރިންގެ ރައްކާތެރިކަމަށް ވަނީ ނުހަނު ސަމާލުކަށް ދެވިފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް