ހޯމަ 26 އޮކްޓޯބަރ 2020
09 ހެއި
1442 ރަބީއުލް އައްވަލް 09
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
އިރުއޮއްސޭ 17:52
އިޝާ 19:04
ޔުއެފާ އެވޯޑްސް

ޔޫރަޕުގެ މޮޅު ކުޅުންތެރިއަކަށް ލެވަންޑޯސްކީ

  • ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލެވަންޑޯސްކީ ހޯދީ ނޯޔާ އާއި ޑި ބްރޭނާއާ ވާދަކޮށްގެން
  • ލެވަންޑޯސްކީ ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި 15 ލަނޑު ކާމިޔާބުކޮށްފައި

ކ. މާލެ | 1 އޮކްޓޯބަރ 2020 | ބުރާސްފަތި 21:52 | 4,542

ފޯވާޑް ރޮބަޓް ލެވަންޑޯސްކީއަށް މޮޅު ކުޅުންތެރިޔާގެ އެވޯޑް އަރުވަނީ - ގެޓީ އިމޭޖާސް

މިދިޔަ ސީޒަނުގެ ޔޫރަޕުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ހޯދައިފިއެވެ.

މިދިޔަ ސީޒަނުގެގެ ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އިއުލާން ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެރޭ ސްވިޒަލެންޑުގެ ނިޔޯނުގައި އޮތް ރަސްމިއްޔާތުގައެވެ. ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލެވަންޑޯސްކީ ހޯދީ އެ ޓީމުގެ ގޯލްކީޕަރު މެނުއެލް ނޯޔާ އާއި މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާއާ ވާދަކޮށްގެންނެވެ.

ބަޔާނުން މިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގު ސައްތައިން ސައްތަ ރިކޯޑަކާއެކު ކާމިޔާބުކުރިއިރު، ލެވަންޑޯސްކީ ވަނީ އެ މުބާރާތުގައި 15 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިދިޔަ ސީޒަނުގެ ޖަރުމަން ލީގުގައި ލެވަންޑޯސްކީ ވަނީ 34 ލަނޑު ޖަހާފައެވެ. އަދި ލެވަންޑޯސްކީ ވަނީ ޗެމްޕިއަންސް ލީގާއި ޖަރުމަން ލީގުގެ އިތުރުން މިދިޔަ ސީޒަނުގެ ޖަރުމަން ކަޕުވެސް ކާމިޔާބުކޮށްފައެވެ.

މިދިޔަ ސީޒަނުގެ ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލެވަންޑޯސްކީ ހޯދިއިރު، އޭނާ ވަނީ މިދިޔަ ސީޒަނުގެ އެންމެ މޮޅު ފޯވާޑުގެ މަގާމުވެސް ހޯދާފައެވެ.

މީގެ އިތުރުން މިދިޔަ ސީޒަނުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ބަޔާނުގެ ކެޕްޓަން ނޯޔާއެވެ. އަދި އެންމެ މޮޅު ޑިފެންޑަރަކީ ހަމަ އެ ޓީމުގެ ޑިފެންޑަރު ޖޯޝުއާ ކިމިޗެވެ. އަދި މިދިޔަ ސީޒަގެ އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ ސިޓީގެ ޑި ބްރޭނާއެވެ.

މިދިޔަ ސީޒަނުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބަޔާނާ ހަވާލުވި ހަންސީ ފްލިކެވެ. ފްލިކުގެ އިރުޝާދުގެ ދަށުން ބަޔާނުން ވަނީ މިހާތަނަށް ފަސް ތަށި ކާމިޔާބުކޮށްފައެވެ.

އަދި މިދިޔަ ސީޒަނުގެ ޔޫރަޕުގެ އެނެމް މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިއަކަށް ހޮވުނީ ޗެލްސީއަށް ކުޅެމުން އަންނަ ޑެންމާކުގެ ފޯވާޑް ޕާނިލް ހާޑާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: ހުސައިން ފަރިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.