ހޯމަ 26 އޮކްޓޯބަރ 2020
09 ހެއި
1442 ރަބީއުލް އައްވަލް 09
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
އިރުއޮއްސޭ 17:52
އިޝާ 19:04
ކޮވިޑް-19ށް ޓެސްޓުކުރުން

ފަނަރަ މިނެޓުން ނަތީޖާ ލިބޭ ޓެސްޓު ކިޓްތައް ޔޫރަޕްގެ ގައުމުތަކުގައި ބޭނުން ކުރުމުގެ ހުއްދަ ދީފި

  • މިމަސް ނިމޭ ހިސާބުގައި ޓެސްޓު ކިޓްތައް ޔޫރަޕްގެ މަރކެޓްގައި ވިއްކަން ފަށާނެ
  • ޓެސްޓު ކިޓްތައް ބޮޑަށް ބޭނުން ކުރާނީ އެމަރޖެންސީ ޑިޕާޓްމެންޓްތަކުގައި
  • މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް

ކ. މާލެ | 2 އޮކްޓޯބަރ 2020 | ހުކުރު 00:05 | 3,063

ބެޓްކޮން ޑިކިންސަން އެންޑް ކޯ އިން ދަނީ އިތުރު ޓެސްޓު ކިޓްތައް ހެދުމުގެ މަސައްކަތްތައް ކުރަމުން - ޓައިމް

ކޮވިޑް ޓެސްޓުގެ ނަތީޖާ 15 މިނެޓުން ލިބޭ ޓެސްޓު ކިޓްތައް ޔޫރަޕްގެ ގައުމުތަކުގައި ބޭނުން ކުރުމުގެ ހުއްދަ ދީފިއެވެ.

ބެޓްކޮން ޑިކިންސަން އެންޑް ކޯ އިން އުފައްދާފައިވާ 15 މިނެޓުން ނަތީޖާ ލިބޭ ޓެސްޓު ކިޓްތައް ޔޫރަޕްގެ ގައުމުތަކުގައި ބޭނުން ކުރުމުގެ ހުއްދަ ލިބިފައިވަނީ ބުދަ ދުވަހު ކަމަށް އެ ކުންފުނިން ބުނެއެވެ.

އާދައިގެ މޯބައިލް ފޯނެއްވަރުވާ މި ޓެސްޓް ކިޓްތަކުގެ އެހީގައި ވަރަށް އަވަހަށް ސާސް-ކޮވިޑް-2 ގައި އެކުލެވޭ އެންޓިޖެންސް ނަމަކަށް ކިޔާ ޕްރޮޓީން ހުރިތޯ ދެނެގަނެއެވެ.

ޑިކިންސަންއިން ބުނީ އޮކްޓޫބަރު މަސް ނިމޭ ހިސާބުގައި ޓެސްޓު ކިޓްތައް ޔޫރަޕްގެ މަރކެޓްގައި ވިއްކަން ފަށާނެ ކަަމަށެވެ. އަދި ޓެސްޓު ކިޓްތައް ބޮޑަށް ބޭނުން ކުރާނީ އެމަރޖެންސީ ޑިޕާޓްމެންޓްތަކާއި ޓެސްޓު ނަތީޖާ އަވަހަށް ބޭނުންވާ އެހެނިހެން ހާލަތްތަކުގައި ކަމަށެވެ.

ޑިކިންސަންގެ ހެޑް ފަރނަންޑް ގޯލްޑްބްލަޓް ވިދާޅުވީ މީއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އޭޕްރީލް، މެއި މަހު ހިސާބުގައި ޔޫރަޕްގެ ގައުމުތަކުގައި ކޮވިޑް އޮތީ ވަރަށް ގޯސްކޮށް ކަމަށާއި، މިހާރު އަނެއްކާ އެހާ ގޯސްވެދާނެ ކަމުގެ މަލަމަތި ފެންނަމުންދާއިރު، މި ޓެސްޓު ކިޓްތަކުގެ ބޭނުން ވަރަށް ވެސް ބޮޑު ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންޓިޖެން ޓެސްޓުގެ ނަތީޖާ އަވަހަށް ލިބޭތީ ގްލޯޑް ސްޓެންޑާޑް ޕީސީއާރް ޓެސްޓަށްވުރެ މިޓެސްޓުގެ ބޭނުން މިހާރު ވަނީ ބޮޑުވެފައެވެ. ނަމަވެސް ޕީސީއާރް ޓެސްޓުގެ ނަތީޖާއަށްވުރެ އެންޓިޖެން ޓެސްޓުގެ ނަތީޖާ އެކިއުރޭޓް ނުވާނެއެވެ. އެހެންކަމުން ބެކްޓަން ޑިކިންސަންގެ ޓެސްޓުގެ ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް އިތުރަށް ޔަގީން ކުރުމަށް މޮލިކިއުލަރ ޓެސްޓު ހަދަން ވެސް އެމެރިކާއާ ބެހޭ ފަރާތްތަކުން ވަނީ ނިންމާފައެވެ.

ޑިކިންސަންއިން ބުނީ އެމީހުންގެ މިޓެސްޓު ކިޓްގެ 93.5 އިންސައްތަ ސެންސިޓިވިޓީ ގައި މަސައްކަތް ކުރާނެ ކަމަށެވެ.

މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި 15 މިނެޓުން ނަތީޖާ ލިބޭ އިތުރު ކިޓްތައް މަރކެޓަށް ނެރުމަށް ކުންފުނިތަކުން މަސައްކަތް ކުރަމުންދާއިރު، އެމެރިކާގެ ރޮޗީ ހޯލްޑިން އެޖީން ބުނެފައިވަނީ އެކުންފުނިން ތައްޔާރުކުރާ އެންޓިޖެން ޓެސްޓު ކިޓްތައް މިމަސްތެރޭގައި ނެރޭ ކަމަށެވެ. އަދި މިޓެސްޓު ކިޓްތައް ޔޫރަޕްގެ ސީއީ ސްޓެންޑާޑްގައި ތައްޔާރުކޮށް ޔޫރަޕްގެ މަރކެޓަށް ވެސް ނެރޭނެ ކަމަށެވެ. އެގޮތުން އެކުންފުނިން ދެމިލިއަން ޓެސްޓު ކިޓް ސެޕްޓެންބަރު މަހު ތައްޔާރުކޮށް 10 މިލިއަން ޑިސެންބަރު މަހާހަމައަށް ތައްުޔާރު ކުރާނެ ކަމަށެވެ.

ޑިކިންސަން ކުންފުނިން ދަނީ މިހާރު ޔޫރަޕްގެ އެކި ގައުމުތަކާ އަދި ސިއްހީ އިދާރާތަކާއެކު މިޓެސްޓު ކިޓްތައް އެންމެ އެދެވޭ ގޮތުގައި ބޭނުން ކުރެވޭނެ އެކި ދިމާތައް ފާހަގަކުރުމަށް މަޝްވަރާތައް ކުރަމުންނެވެ.

އެމެރިކާގައި މިހާރު މި ޓެސްޓުކިޓްތައް ލިބެންހުރި އިރު އެމެރިކާގައި ޓެސްޓް ކިޓްތައް ލިބެން ހުރީ 250-300 ޑޮލަރާއި ދެމެދުގެ އަގެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.