ކ. މާލެ
|
1 އޮކްޓޯބަރ 2020 | ބުރާސްފަތި 11:57
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، އޭނާގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، އޭނާގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް
މިހާރު
އެމްއެމްޕީއާރުސީ ހިޔާނާތް
އެމްއެމްޕީއާރުސީ ޚިޔާނާތުގެ މާސްޓަރމައިންޑްގެ ދިފާއުގައި ޑރ. ޖަމީލް
 
ރައީސް ޔާމީންގެ ދިފާއުގައި ޖަމީލް ގެންދަވަނީ ވަކާލާތުކުރަމުން
 
ޑރ. ޖަމީލަކީ އެމްޔޫއޯގެ ލީޑަރުގެ މަގާމު ވެސް އަދާކުރެއްވި ފަރާތެއް
 
މުއްތަހަމުގެ ކުރީގެ ވަކީލު ކުށުގެ މާސްޓަރ މައިންޑާއެކު އެއްބަވުމެއް ހެދުމުގެ ޑީލަކީ ކޮބާތޯ
 
އަދީބުގެ ކުރީގެ ގާނޫނީ ވަކީލުގެ ގޮތުގައި މިހާރުގެ ޕީޖީ ހުސެން ޝަމީމް މަސައްކަތް ކުރައްވި

އެމްއެމްޕީއާރްސީގެ ޚިޔާނާތަކީ ގައުމުގައި ހިންގި އެންމެ ބޮޑު އެއް ޖަރީމާކަމަށް އެއްބަސްވެވަަޑައިގެން އެ ހިޔާނާތުގެ ހިމެނޭ އެންމެ ބޮޑު އެއް މާސްޓަރމައިންޑް ދިފާއު ކުރައްވާ ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވާހަކަ ދައްކަވައިފިއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލަށް ހުކުން ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި އެމްއެމްޕީއާރުސީ ޚިޔާނާތަކީ ގައުމުގައި ހިންގި އެންމެ ބޮޑު އެއް ޖަރީމާ އެވެ. ޖަމީލް އަމިއްލަ ފުޅަށް އެކަމަށް އެއްބަސްވެ ވަޑައިގެން ބުރާސްފަތި ދުވަހު ވަނީ ޓްވީޓެއް ކުރައްވާފަ އެވެ. ނަމަވެސް އޭގެ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެ ޓްވީޓު ވަނީ ޑިލީޓްކޮށްލާފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާއާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)އާއި އަދީބުއާ ދެމެދު ވެފައިވާ އިއުތިރާފްގެ އެއްބަސްވުން ޝަރީއަތުން ބަލައިގަނެ، އަވަސް ނިޔާގެ ޝަރީއަތެއް އަންނަ ހަފްތާގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

އަދީބުގެ ޝަރީއަތާ ގުޅިގެން ޕްރޮސެކިއުޓާރ ޖެނެރަލް ހުސައިން ޝަމީމަށް އަމާޒު ކުރައްވާ ޖަމީލް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީ ޚިޔާނާތަކީ ގައުމުގައި ހިންގި އެންމެ ބޮޑު އެއް ޖަރީމާކަން ވަރަށް ސާފު ކަމަށާއި އެކަމުގައި ސުވާލު އުފެދެނީ ޕްރޮސެކިއުޓާރ ޖެނެރަލްގެ ނިޔަތާ މެދު ކަމަށެވެ.

ބެލެވޭ ގޮތުގައި ޕީޖީއަށް އަމާޒުކޮށް ޖަމީލް މިހެން ވިދާޅުވެފައިވަނީ އަދީބުގެ ކުރީގެ ގާނޫނީ ވަކީލުގެ ގޮތުގައި މިހާރުގެ ޕީޖީ ހުސެން ޝަމީމް މަސައްކަތް ކުރައްވާފައިވާތީއެވެ. އެގޮތުން ޖަމީލް ވަނީ މުއްތަހަމުގެ ކުރީގެ ވަކީލު ކުށުގެ މާސްޓަރ މައިންޑާއެކު އެއްބަވުމެއް ހެދުމުގެ ޑީލަކީ ކޮބާތޯ އާއި އިސް މުޖުރިމާއެކު ޑީލް ހެދުމުގެ ޤާނޫނީ ސުވާލުތަކެއް ނެތްތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.

އެމްއެމްޕީއާރުސީ ޚިޔާނާތަކީ އެންމެ ބޮޑު އެއް ޖަރީމާ ކަމަށް ވިދާޅުވެ ޑރ. ޖަމީލް ކުރެއްވި ޓްވީޓް
"އެމްއެމްޕީއާރުސީ ޚިޔާނާތަކީ ޤައުމުގައި ހިންގި އެންމެ ބޮޑު އެއް ޖަރީމާކަން ސާފު. ސުވާލު އުފެދެނީ ޕީޖީގެ ނިޔަތާމެދު. އެއީ މުއްތަހަމުގެ ކުރީގެ ވަކީލު. ކުށުގެ މާސްޓާ މައިންޑާއެކު އެއްބަސްވުމުގެ ޑީލަކީ ކޮބާ؟ އިސް މުޖުރިމާއެކު ޑީލް ހެދުމުގެ ގާނޫނީ ސުވާލުތަކެއް ނެތްތޯ؟ ގޯސް މައްޗަށް ގޯސް."
ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޕީޖީގެ ނަޒާހަތްތެރިކަމާ ގުޅުވައިގެން ޖަމީލް މިފަދަ މޭރުމަކުން ޓްވީޓް ކުރެއްވި އިރު، އޭނާ އަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ ނައިބު ރައީސް ކަމުގެ މަގާމުން ދުރުކުރުމާއެކު، އޭރު ހިންގަމުންދިޔަ ގާނޫނާއި ގަވައިދާ ހިލާފު ކަންކަމާ ދެކޮޅަށް ވަރަށް ފާޅުގައި އަޑު އުފުލަމުންދިޔަ ފަރާތެކެވެ.

އަދި އޭރުގެ ސަރުކާރާ ދެކޮޅަށް ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ގެ ލީޑަރުގެ މަގާމު ވެސް އަދާކުރެއްވި ފަރާތެކެވެ. ނަމަވެސް އެދުވަހު ދެއްކި ހުރިހާ ވާހަކަތަކެއް ހަނދާންނެތި މިއަދު ޖަމީލް އަންނަނީ ކުރީގެ ރައީސް ޔާމީންގެ ދިފާއުގައި ވަކާލާތު ކުރައްވަމުންނެވެ.

ބުދަ ދުވަހު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން އެމަނިކުފާނު ވަނީ ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކާފައެވެ. އެގޮތުން އަދީބު ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން ވަރަށް ގިނަ ފަރާތްތަކަކަށް މަންފާ ކޮށްފައިވާނެ ކަމަށާއި، އޭނާގެ ފަރާތުން ދައުލަތަށް އެއްބާރުލުން ނުލިބި، އެފައިސާ ލިބުނު މީހުންނާއި ފައިސާ ހޯދުމަށް ދައުލަތުން ކުރާ މަސައްކަތްތައް ވެސް އެންމެ އެދެވޭ ގޮތަކަށް ކުރިއަށް ނުދާނެ ކަމަށެވެ. އެހެންކަމުން އެމްއެމްޕީއާރުސީގެ ހިޔާނާތުން ގެއްލުނު ފައިސާ ދައުލަތަށް ހޯދާދިނުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އަދީބު ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން އަދީބު ވިދާޅުވެފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލަން ބޭނުންނުވެ، އޭނާއާއެކު ވަކި ބަޔަކު މިމައްސަލާގައި ޖަލަށްލުމަށް ބޭނުންވި ކަމަށެވެ. އެހެން ކަމުން އޭރު އެކަމުގައި އެއްބާރުލުން ނުދިން ނަމަވެސް، ޔާމީންގެ ސަރުކާރު ބަދަލުވުމުން މި މައްސަލައިގައި އެއްބާރުލުން ދެމުންދަނީ، މިސަރުކާރުން އިހުލާސްތެރިކަމާއެކު މައްސަލަތައް ބަލަން ބޭނުންވާތީ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
22%
22%
0%
22%
11%
22%
ކޮމެންޓް
2 އޮކްޓޯބަރ 2020 | ހުކުރު 20:34
ބޭބެ
މާސްޓަރ މައިންޑަކީ އަދީބުޖަލައް ދަމުން އޭނަގެ 2 ފޯނާއި ލެޕްޓޮޕް ހަވާލުކުރި ފަރާތް ެފރާތުގެ ދިފާޢުގައި އަބަދުވެސް ރާއްޖެ ޓީ ވީ އާއި ރާއްޖެ އެމްވީ މިއީ ދިވެހިރައްޔިތުންނަށް،އެގޭ ޙަޤީގަތެއް