ކ. މާލެ
|
1 އޮކްޓޯބަރ 2020 | ބުރާސްފަތި 02:52
އުމުރުން 54 އަހަރުގެ ޓިމޮތީ ރޭ ބްރައުން- އޭނާއަށް ވަނީ ލޭގެ ކެންސަރުގެ ބައްޔެއް ޖެހިފައި
އުމުރުން 54 އަހަރުގެ ޓިމޮތީ ރޭ ބްރައުން- އޭނާއަށް ވަނީ ލޭގެ ކެންސަރުގެ ބައްޔެއް ޖެހިފައި
ގެޓީ އިމޭޖަސް
އެއިޑްސް ބަލިން ރަނގަޅުވި މީހާ
އެއިޑްސް ބަލިން ރަނގަޅުވި ފުރަތަމަ މީހާ ކެންސަރު ބަލީގައި މަރުވެއްޖެ
 
އޭނާގެ ބޯން މެރޯގެ ސެލްތައް ހަލާކުވެ، ބޯން މެރޯ ޓްރާންސްޕްލާންޓެއް ހަދަން ޖެހުނު
 
އޭނާއަކީ މި ބައްޔަށް ފަރުވާއެއް ހޯދިދާނެކަމުގެ އުއްމީދު އާކޮށްދިން މީހެއް
 
މަރުވެފައިވަނީ އުމުރުން 54 އަހަރުގެ ޓިމޮތީ ރޭ ބްރައުން

އެއިޑްސް ބަލި ހަށިގަނޑަށް ޖައްސާ އެޗްއައިވީ ވައިރަސް އިން އެންމެ ފުރަތަމަ ރަނގަޅުވި މީހާ ބުދަ ދުވަހުގެ ވަގުތެއްގައި މަރުވެއްޖެއެވެ.

ބްރައުންއަށް އެއިޑްސް ޖެހިގެން ރިޕޯޓް ކޮށްފައިވަނީ 1995 ވަނަ އަހަރުއެވެ. އެއަށްފަހު 2007 ވަނަ އަހަރު އޭނާއަށް ވަނީ ލޭގެ ކެންސަރުގެ ބާވަތެއް ކަމަށްވާ އެކިއުޓް މައިލޮއިޑް ލުކީމިއާ ޖެހިފައެވެ. މި ބައްޔަށް ދިން ފަރުވާގެ ސަބަބުން އޭނާގެ ބޯން މެރޯގެ ސެލްތައް ހަލާކުވެ، ބޯން މެރޯ ޓްރާންސްޕްލާންޓެއް ހަދަން ޖެހުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.

"ބާރލިން ޕޭޝަންޓް" ގެ ނަމުން ނަން ދެވިފައިވާ އުމުރުން 54 އަހަރުގެ ޓިމޮތީ ރޭ ބްރައުންއަކީ އެއިޑްސް ބައްޔަށް ފަރުވާއެއް ހޯދިދާނެކަމުގެ އުއްމީދު އާކޮށްދިން މީހެއްކަމަށް އިންޓަރނޭޝަނަލް އެއިޑްސް ސޮސައިޓީއާ ޙަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ.

ބްރައުންއަށް ބޯންމެރޯ ޓްރާންސްޕްލާންޓް ދިން މީހާއަކީ އުފެދުމުގައި ވެސް އެއިޑްސް ވައިރަސްއަށް އިމިއުން މީހެކެވެ. އެގޮތުން މަދުން ނޫނީ ދިމާނުވާ މި ޙާލަތަކީ ހަށިގަނޑުގެ ޑީއެންއޭގެ ބައެއް "މިއުޓޭޓްވެފައި" ވުމުގެ ސަބަބުން ސެލްތަކަށް ދިމާވާ ޙާލަތެއް ކަމަށްވެސް ރިޕޯޓް ކޮށްފައިވެއެވެ.

ބޯންމެރޯއަށް ފަހު ބްރައުންގެ ހަށިގަނޑުން ވައިރަސް ވަނީ ނެތިގެން ގޮސްފައެވެ. މި ކޭސްއާ ގުޅިގެން އެއިޑްސްއަށް ފަރުވާއެއް ހޯދިދާނެ ކަމަށް ސައިންސްވެރިން ކުރަމުންދާ އުއްމީދު ވަނީ ބޮޑުވެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އަންދާޒާ ކުރާ ގޮތުގައި ދުނިޔޭގައި އެއިޑްސް ބަލި ތަހައްމަލު ކުރަމުންދާ 36.9 މިލިއަން މީހުން ދިރިއުޅެއެވެ. އަދި 2017 ވަނަ އަހަރު އެކަނިވެސް 1.8 މިލިއަން މީހުންނަށް މި ބަލި ޖެހިފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
67%
0%
33%
0%
0%
0%
ކޮމެންޓް
ގުޅުންހުރި