ކ. މާލެ
|
1 އޮކްޓޯބަރ 2020 | ބުރާސްފަތި 02:14
ކަނޑަށް ގިނަ ކުނިބުނި އަޅާފައިވާ މަންޒަރު- ޤުދުރަތީ ވެށި ހިމާޔަތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް މި ސަމިޓުގެ ބައިވެރިން ވަނީ އަލިއަޅުވާލައްވާފައި
ކަނޑަށް ގިނަ ކުނިބުނި އަޅާފައިވާ މަންޒަރު- ޤުދުރަތީ ވެށި ހިމާޔަތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް މި ސަމިޓުގެ ބައިވެރިން ވަނީ އަލިއަޅުވާލައްވާފައި
އަޝްވާ ފަހީމް
އދ. ގެ ބަޔޯޑައިވަރސިޓީ ސަމިޓު
ޤުދުރަތީ ވެށި ހިމާޔަތް ކުރުމާ ގުޅޭގޮތުން އދ. ގެ ބަޔޯޑައިވަރސިޓީ ސަމިޓުގައި މަޝްވަރާކޮށްފި
 
ދެމެހެއްޓެނިވި ތަރައްޤީއެއް ހޯދުމަށްޓަކައި ޤައުމުތަކުން އެކަަށީގެންވާ ފިޔަވަޅުތަކެއް އަޅަންޖެހޭ
 
ޤައުމުތަކުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަން އދ އިން ފާހަގަ ކުރެއްވި
 
150ށް ވުރެ ގިނަ ލީޑަރުން ސަމިޓުގައި ބައިވެރިވެ ވަޑައިގަންނަވާފައިވޭ

ޤުދުރަތީ ވެށި އަދި ވެށީގެ ދިރުންތައް ހިމާޔަތް ކުރުމާ ގުޅޭގޮތުން އދ. ގެ ބަޔޯޑައިވަރސިޓީ ސަމިޓުގައި މަޝްވަރާތައް ކުރިއަށް ގެންގޮސްފިއެވެ.

އދ. އިން އިންތިޒާމު ކޮށްގެން ބާއްވާ މި ސަމިޓު ބުދަ ދުވަހުގެ ވަގުތެއްގައި ފައްޓާފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން 150 އަށް ވުރެ ގިނަ ލީޑަރުން ސަމިޓުގައި ބައިވެރިވެ ވަޑައިގަންނަވާފައި ވެއެވެ. ވަރޗުއަލްކޮށް ކުރިއަށް ގެންދިޔަ މި ބައްދަލުކުރެއްވުމުގައި އެކި ޤައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގެން އެ ޤައުމެއްގެ ޤުދުރަތީ ވެށި ހިމާޔަތް ކުރުމަށް އަމާޒު ހިފާފައިވާ ކަންކަން ހިއްސާ ކުރައްވާފައި ވެއެވެ.

މި ރަސްމިއްޔާތު ފައްޓަވަމުން އދ. ގެ އެންވަޔަރމަންޓް ޕްރޮގްރާމްގެ ހެޑް އިންގަރ އެންޑަރސަން ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތައް ސިފަ ކުރައްވާފައެވެ. އަދި އެކަމާ ގުޅިގެން ޤައުމުތަކުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް އެކަމަނާ ފާހަގަ ކުރެއްވިއެވެ.

އެކަމާއި ގުޅޭގޮތުން ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި، ކޮވިޑާއި ގުޅިގެން ދިމާވެފައިވާ އިޤްތިސާދީ އަދި އިޖުތިމާއީ މައްސަލަތަކަށް ޙައްލު ހޯދުމަށް ޤައުމުތަކުން މަސައްކަތް ކުރަމުންދާއިރު، ވެށި ރައްކާތެރި ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ކުރެވޭ މަސައްކަތްތައް ވަނީ ފަނޑުވާން ފަށާފައެވެ. އެހެންނަމަވެސް ދެމެހެއްޓެނިވި ތަރައްޤީއެއް ހޯދުމަށްޓަކައި ޤައުމުތަކުން މިކަމުގައި އެކަަށީގެންވާ ފިޔަވަޅުތަކެއް އަޅަންޖެހޭކަން ފާހަގަކޮށްފައި ވެއެވެ.

މީގެ ދެ ހަފްތާ ކުރިން އދ. އިން އާންމު ކުރި ރިޕޯޓަކާ ޙަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން، ވެށީގެ ދިރުންތައް ރައްކާތެރި ކުރުމާ ގުޅޭގޮތުން 2011 ވަނަ އަހަރު ޤައުމުތަކުން އެކަށައަޅާފައިވާ ލަނޑުދަނޑިތަކުގެ 20 އިންސައްތަ ވެސް މިހާތަނަށް ހާސިލު ކުރެވިފައެއް ނުވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް