ކ. މާލެ
|
1 އޮކްޓޯބަރ 2020 | ބުރާސްފަތި 01:06
ކުރީގެ ނައިބްރައީސް އަހުމަދު އަދީބް އަބްދުލް ޢަފޫރު ކްރިމިނަލް ކޯޓުގެ މީގެ ކުރީގެ އަޑުއެހުމަކަށް ވަޑައިގެންނެވުމަށްފަހު އެނބުރި ވަޑައިގަންނަވަނީ
ކުރީގެ ނައިބްރައީސް އަހުމަދު އަދީބް އަބްދުލް ޢަފޫރު ކްރިމިނަލް ކޯޓުގެ މީގެ ކުރީގެ އަޑުއެހުމަކަށް ވަޑައިގެންނެވުމަށްފަހު އެނބުރި ވަޑައިގަންނަވަނީ
މުހައްމަދު ޝަރުހާން
ކުރީގެ ނައިބްރައީސް އަހުމަދު އަދީބް
"އެމްއެމްޕީއާރްސީ ޙިޔާނާތާ ގުޅިގެން އަޅުގަނޑު ހާމަނުކޮށްފިނަމަ ނޭނގޭނެ މައުލޫމާތު ހިމެނޭ"
 
އަވަސް ނިޔާގެ ޝަރީއަތެއް އަންނަ ހަފްތާގައި ބޭއްވުމަށް ނިންމަވާފަވޭ
 
ދައުލަތަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށް އަދީބު ވިދާޅުވި
 
7 ދައުވާގެ އިބްތިދާޢީ އަޑުއެހުންތައް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވޭ

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޙިޔާނާތާއި ގުޅިގެން އޭނާ ހާމަ ނުކުރިނަމަ ނޭނގޭނެ ފަދަ މައުލޫމާތުތަކެއް ހިމެނޭ ކަމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް އަބްދުލް ޢަފޫރު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީ ޙިޔާނާތާއި ގުޅިގެން އަދީބުގެ މައްޗަށް އުފުލާފައިވާ 7 ދައުވާގެ އިބްތިދާޢީ އަޑުއެހުންތައް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، ދައުލަތުން ދައުވާ އިއްވެވުމަށްފަހު އަދީބުއަށް ފުރުސަތު ދެއްވުމުން އަދީބު ވަނީ އެ ހުރިހާ ދައުވާތަކަކަށް ވެސް އިއުތިރާފުވާކަމަށް ވިދާޅުވެފައެވެ.

ބުދަ ދުވަހުގެ އަޑުއެހުމުގައި ދައުވާއަށް ޖަވާބުދެއްވަމުން އަދީބު ވިދާޅުވީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަން ޤަބޫލު ކުރައްވާ ކަމަށެވެ. އަދި އެ ފައިސާ އަނބުރާ ދައުލަތަށް ހޯދައިދެއްވުމުގައި އެއްބާރުލުން ދެއްވާނެކަން އަދީބު ވަނީ ފާހަގަ ކުރައްވާފައެވެ.

ދައުލަތާއި ދެމެދު ވެވިފައިވާ އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން އެ މައުލޫމާތުތައް ދައުލަތާ ހިއްސާކުރައްވަން ތައްޔާރަށް ހުންނެވި ކަމަށާއި، ދައުލަތަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށް ވެސް އަޑުއެހެމުގައި ވާހަކަ ދައްކަވަމުން އަދީބު ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން، މި ސަރުކާރުން އެމްއެމްޕީއާރްސީގެ ޙިޔާނާތުގެ މައްސަލަ ބަލައި، އެކަމުގައި ހިމެނޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަޤީންކަން އޮތްކަން ފާހަގަ ކުރައްވައި އަދީބު ވިދާޅުވީ، ކުރީ ސަރުކާރުން މި މައްސަލަ ބަލަން ބޭނުން ނުވާ ކަމަށެވެ. އެގޮތުން ނިމިދިޔަ ސަރުކާރުން މަސައްކަތް ކޮށްފައިވަނީ މި މައްސަލައިގައި ވަކި ބަޔަކު ޒިންމާ ކުރުވުމަށްކަން އަދީބު ފާހަގަ ކުރެއްވިއެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާއަކީ، ޚިޔާނާތްތެރިވުމުގައި ބައިވެރިވެފައިވާ ކަމަށް ބުނާ ދެ ދައުވާއަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގައި އުފުލާފައިވާ ދެ ދައުވާއަކާއި، މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދެ ދައުވާއެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާ އެއްވެސް ހިމެނެއެވެ.

މި މައްސަލައިގައި ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި ވަނީ އަދީބުއާ ދެމެދު ވެފައިވާ އިއުތިރާފްގެ އެއްބަސްވުން ޝަރީއަތުން ބަލައިގަނެ، އަވަސް ނިޔާގެ ޝަރީއަތެއް އަންނަ ހަފްތާގައި ބޭއްވުމަށް ނިންމަވާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް
2 އޮކްޓޯބަރ 2020 | ހުކުރު 23:31
ޕީޓާ
ޜާޢްޖެ ތީވީ ރޯކޮށްލީވެސް އަދި ފުޅުފުލުގަ ޖޫރިމަނާ ކުތީވެސް ރާއްޖެ ޓީވީއަށް ލާރިގަޑު ދީފަތޯ. ދެއުޅި އެއްނުވާ ވާ ހަކަ ނުދަށްކާ
2 އޮކްޓޯބަރ 2020 | ހުކުރު 09:39
އެމްޑީޕީ އަށާއި ރާއްޖެޓީވީއަށވެސް މިލިއަނުން މިލިއަނުން ފައިސާ ދިންކަމަށްވޭ! މާތާހިރު ބައެއް ނޫން އަނގަ ގަޅާކަށް!