ކ. މާލެ
|
30 ސެޕްޓެންބަރ 2020 | ބުދަ 22:53
ކޮވިޑް-19ށް ޓެސްޓް ކުރުމުގެ ގޮތުން މަގުމަތިން ސާމްޕަލް ނެގުމުގެ މަސައްކަތް އާރުއާރުޓީން ކުރަނީ
ކޮވިޑް-19ށް ޓެސްޓް ކުރުމުގެ ގޮތުން މަގުމަތިން ސާމްޕަލް ނެގުމުގެ މަސައްކަތް އާރުއާރުޓީން ކުރަނީ
ރާއްޖެއެމްވީ
ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު
ސަތޭކައާއި ގާތްކުރާ އަދަދަކަށް މިއަދު މީހުން ޕޮޒިޓިވްވި
 
ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 10،291 އަރާފައި
 
މިއަދު 42 ދިވެހިން ޕޮޒިޓިވް
 
މިއަދުގެ އިރުއޮއްސި 6:00 އާއި ހަަމައަށް އައްޑޫ ސިޓީން ޕޮޒިޓިވްވީ 44 މީހުން

ސަތޭކައާއި ގާތްކުރާ އަދަދަކަށް ބުދަ ދުވަހު މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ އަންގާރަ ދުވަހު ޕޮޒިޓިވްވެފައިވަނީ 97 މީހުން ކަމަށާއި، މީގެ ތެރޭގައި ހިމެނެނީ 42 ދިވެހިންނާއި 55 ބިދޭސީން ކަމަށެވެ. މީގެ ތެރެއިން 50 މީހަކު ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ. 47 މީހަކު ޕޮޒިޓިވްވެފައިވަނީ އަތޮޅު ތެރެއިންނެވެ.

މިއާއެކު ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 10،291 އެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ 75 މީހުންނާއެކު 1142 އެކްޓިވް ކޭސް ހިމެނެއެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 585 މީހަކު އެބަތިއްބެވެ.

ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ އަދަދު 9،108 އަރާފައިވާ އިރު، 34 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ. އަތޮޅު ތެރޭގެ ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީގައި 6 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

އަތޮޅުތެރޭގެ ކޭސްތަކަށް ބަލާ އިރު، މީހުން ދިރިއުޅޭ 22 ރަށަކުންނާއި 22 ރިސޯޓެއްގައި އެކްޓިވް ކޭސްތައް ފެނިފައިވެއެވެ. 22 ރަށުން 25 ދިވެހިންނާއި، 62 ބިދޭސީން އެކްޓިވް ކޭސްގެ ތެރޭގައި ހިމެނެއެވެ. އަދި ރިސޯޓްތަކުން 10 ފަތުރުވެރިންނާއި 17 މުވައްޒަފުން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް