ކ. މާލެ
|
30 ސެޕްޓެންބަރ 2020 | ބުދަ 22:38
ދާދި ފަހުން ޓޮޓެންހަމާ ގުޅުނު ވޭލްސްގެ ތަރި ގެރެތު ބޭލް
ދާދި ފަހުން ޓޮޓެންހަމާ ގުޅުނު ވޭލްސްގެ ތަރި ގެރެތު ބޭލް
ގެޓީ އިމޭޖަސް
ބޭލްގެ ކަކުލަށް ލިބުނު އަނިޔާ
ހީކުރި ވަރަށް ވުރެ އަވަހަށް ބޭލް އަނިޔާއިން ރަނގަޅުވާނެ: މޮރީނިއޯ
 
ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ބޭލަށް ފަރިތަކުރުންތަކަށް ނުކުމެވޭނެ
 
ބޭލްގެ ކަކުލަށް އަނިޔާވީ ޔުއެފާ ނޭޝަންސް ލީގުގައި ވޭލްސްއާއެކު ފަރިތަކުރަމުން ދަނިކޮށް

ޓޮޓެންހަމް ހޮޓްސްޕާއާ ދާދި ފަހުން ގުޅުނު ވޭލްސްގެ ތަރި ގެރެތު ބޭލް ހީކުރި ވަރަށް ވުރެ އަވަހަށް އަނިޔާއިން ރަނގަޅުވާނެ ކަމަށްއެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

ޓޮޓެންހަމް ދޫކޮށް 2013 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 100 މިލިޔަން ޔޫރޯއަށް ރެއާލާ ގުޅުނު ބޭލް އަނބުރާ ޓޮޓެންހަމާ ގުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން ރެއާލުން އުމުރުން 31 އަހަރުގެ ފޯވާޑް ލޯނު އުސޫލުން ދޫކޮށްފައިވަނީ މި ސީޒަނުގެ ނިޔަލަށެވެ.

ބޭލްގެ ކަކުލަށް އަނިޔާވީ ޔުއެފާ ނޭޝަންސް ލީގުގައި ވޭލްސްއާއެކު ފަރިތަކުރަމުން ދަނިކޮށެވެ. މީގެ ކުރިން މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ބޭލްގެ ކަކުލަށް ލިބިފައިވާ އަނިޔާއިން ސަލާމަތްވެ ކުޅުމުގެ ތެރެއަށް ނުކުމެވޭނެ ކަމަށް ބެލެވެނީ އޮކްޓޯބަރު މަހުގެ ފަހުކޮޅުއެވެ.

ދާދި ފަހުން މޮރީނިއޯ ބުނީ ޓޮޓެންހަމުގައި ބޭލް ހުރީ އުފަލުން ކަމަށާއި، ބޭލްގެ އަނިޔާގެ ތަފްސީލު ބަރާބަރަށް ކުލަބުން ބަލަމުން އަންނަ ކަމަށެވެ. އެގޮތުން މީގެ ކުރިން އޮކްޓޯބަރު މަހުގެ ފަހު ކޮޅު ބޭލަށް ކުޅެވޭނެ ކަމަށް ބެލެވުނު ނަމަވެސް، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ބޭލަށް ފަރިތަކުރުންތަކަށް ނުކުމެވޭ ވަރު ވާނެ ކަމަށްވެސް ބުންޏެވެ. އަދި ކުރިއަށް އޮތް ބައިނަލްއަގުވާމީ މެޗުތަކަށްފަހު ބޭލް ކުޅުމުގެ ތެރެއަށް އަންނާނެ ކަމަށް ބެލެވޭ ކަމަށްވެސް މޮރީނިއޯ ބުންޏެވެ.

ސައުތެމްޓަން ދޫކޮށް 2007 ވަނަ އަހަރު ފަސް މިލިޔަން ޕައުންޑަށް ޓޮޓެންހަމާ ގުޅުނު ބޭލް އެންމެ ފުރަތަމަ ވިދާލީވެސް އެ ކުލަބުންނެވެ. އެގޮތުން ބޭލް ވަނީ ޓޮޓެންހަމްގައި ހޭދަކުރި ހަ ސީޒަނުގައި އެޓީމަށް 203 މެޗު ކުޅެދީ 55 ލަނޑު ކާމިޔާބުކޮށްފައެވެ.

އޭގެ ފަހުން ރެއާލަށް ބަދަލުވެ އެޓީމުގައި ބޭލް މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ ރެއާލާއެކު ޖުމްލަ 12 ތަށި ހޯދާފައެވެ. އަދި ވަނީ ރެއާލަށް ކުޅެދިން 251 މެޗުގައި 105 ލަނޑު ކާމިޔާބުކޮށްފައެވެ. އެކަމަކު ރެއާލްގެ ކޯޗުގެ މަގާމާ ޒިނެދިން ޒިދާން ހަވާލުވި ފަހުން ބޭލަށް މާކަ ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. އެގޮތުން މިދިޔަ ސީޒަނުގައި ބޭލް ރެއާލުގެ ޖާޒީގައި ފެނިގެން ގޮސްފައިވަނީ އެންމެ 14 މެޗުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި