ކ. މާލެ
|
30 ސެޕްޓެންބަރ 2020 | ބުދަ 22:26
ބައިކް މޯލްޑިވްސްއިން މީގެ ކުރިން ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން
ބައިކް މޯލްޑިވްސްއިން މީގެ ކުރިން ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން
ފޭސްބުކް
ބައިކް މޯލްޑިވްސްގެ ކުރިމަގު
ބައިކް މޯލްޑިވްސް އަކީ ރަޖިސްޓަރީ ކޮށްފައިވާ އެސޯސިއޭޝަނެއް: ޒުލޭހާ
 
ބައިކް މޯލްޑިވްސް އަކީ ޔޫސީއައިގެ މެމްބަރެއް
 
ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ހައިސިއްޔަތު ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުން

ބައިކް މޯލްޑިވްސް އަކީ ސްޕޯޓްސް ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައިވާ އެސޯސިއޭޝަނެއް ކަމަށާއި، ބައިކް މޯލްޑިވްސްއަށް ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ދަރަޖަ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އެސޯސިއޭޝަނުގެ ރައީސް ޒުލޭހާ ހަސަން ދީދީ ވިދާޅުވެއްޖެއެވެ.

"ރާއްޖެ.އެމްވީ" އަށް ދިއްވި އިންޓަވިއުއެއްގައި ޒުލޭހާ ވިދާޅުވީ ބައިކް މޯލްޑިވްސްއަށް ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ހައިސިއްޔަތު ދިނުމަށް ކުޅިވަރާއި ބެހޭ ވުޒާރާ އާއި ސްޕޯޓްސް ކޮމިޝަނާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި، އެކަން ލަސްވަނީ ބަޖެޓުގެ ދަތިކަމާ ހުރެގެން ކަމަށެވެ. އަދި ވިދާޅުވީ ބައިކް މޯލްޑިވްސް އަކީ ޔޫނިއަން ސައިކްލިންގ އިންޓަނޭޝަނަލް (ޔޫސީއައި) ގެ މެމްބަރެއް ކަމަށާއި، ޔޫސީއައި އަކީ ސައިކްލިންގެ ދުނިޔޭގެ އެންމެ މަތީ ފެޑަރޭޝަން ކަމަށެވެ.

ބައިކް މޯލްޑިވްސްއިން ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ހައިސިއްޔަތު ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، މޯލްޑިވްސް ސައިކްލިންގ ކުލަބުގެ ނަމުގައި ދާދި ފަހުން ވަނީ ކުލަބެއް ރަޖިސްޓަރީ ކޮށްފައެވެ. އަދި އިތުރު ކުލަބުތަކެއް ރަޖިސްޓަރީ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މޯލްޑިވްސް ސައިކްލިންގ ކުލަބު ސްޕޯޓްސް ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައިވާއިރު، އެ ކުލަބުގެ މަސްއޫލުވެރިންނަކީ މުޙައްމަދު އާދަމާއި އަޙްމަދު ވަހީދެވެ. އެ ކުލަބުން ބުނީ ކުލަބުގެ މެންބަރުންގެ ގޮތުގައި ބައިސްކަލުގެ ޗެމްޕިއަނުން ތިބި ކަމަށާއި، ކުރިއަށް އޮތް ތަނުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުން ސައިކްލިންގެ އެތުލީޓުންނަށް ތަމްރީނު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
100%
0%
0%
0%
0%
ކޮމެންޓް