ކ. މާލެ
|
30 ސެޕްޓެންބަރ 2020 | ބުދަ 21:58
އެސްޓަން ވިލާއާ ގުޅުނު އިންގްލެންޑުގެ މިޑްފީލްޑަރު ރޮސް ބާކްލީ
އެސްޓަން ވިލާއާ ގުޅުނު އިންގްލެންޑުގެ މިޑްފީލްޑަރު ރޮސް ބާކްލީ
ގެޓީ އިމޭޖަސް
ބާކްލީ އެސްޓަން ވިލާއާ ގުޅުން
ލޯނު އުސޫލުން ބާކްލީ އެސްޓަން ވިލާއަށް
 
ޗެލްސީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލާނެ ކަމަށް ބެލެވޭ
 
ބާކްލީ ވިލާއާ ގުޅުނީ މި ސީޒަނުގެ ނިޔަލަށް

ލޯނު އެއްބަސްވުމެއްގެ ދަށުން ޗެލްސީއަށް ކުޅެމުން އަންނަ އިންގްލެންޑުގެ މިޑްފީލްޑަރު ރޮސް ބާކްލީ އެސްޓަން ވިލާއާ ގުޅިއްޖެއެވެ.

ލޯނު އުސޫލުން އުމުރުން 26 އަހަރުގެ ބާކްލީ ވިލާއާ ގުޅުނީ މި ސީޒަނުގެ ނިޔަލަށެވެ.

އެވަޓަން ދޫކޮށް 2018 ވަނަ އަހަރު ޗެލްސީއާ ގުޅުނު ބާކްލީ ޗެލްސީއަށް މިހާތަނަށް 86 މެޗު ކުޅެދިންއިރު، އޭނާ ވަނީ 11 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ބާކްލީ ވަނީ ޗެލްސީއާއެކު އެފްއޭ ކަޕުގެ އިތުރުން ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

ވިލާއިން މި ސީޒަނަށް ބާކްލީގެ ސޮއި ހޯދިއިރު، އެ ޓީމުން ވަނީ މި ޓްރާންސްފާ ބާޒާރުގައި އާސެނަލަށް ކުޅެމުން އައި އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒްވެސް އެ ޓީމަށް ގެނެސްފައެވެ. އަދި މާޓިނޭޒް އަންނަނީ ވިލާގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

ޗެލްސީން ލޯނު އެއްބަސްވުމެއްގެ ދަށުން ބާކްލީ ދޫކޮށްލިއިރު، އެ ޓީމުން ވަނީ މި ޓްރާންސްފާ ބާޒާރުގައި 200 މިލިޔަން ޕައުންޑަށްވުރެ ގިނައިން ޚަރަދުކޮށްފައެވެ. އެހެންކަމުން އަންނަ އޮކްޓޯބަރު މަހު ފަހެއްގައި ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން އެ ޓީމުން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރޭގައި އެންޓޯނިއޯ ރޫޑިގާ، ކަލުމް ހަޑްސަން އޮޑޯއި އަދި ރުބެން ލޮފްޓަސް ޗީކުވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް