ކ. މާލެ
|
30 ސެޕްޓެންބަރ 2020 | ބުދަ 18:41
ކުވޭތުގެ އައު އަމީރު ޝެއިހް ނަވާފް އަލް އަހުމަދު އަލް ޞަބާޙު؛ އެމަނިކުފާނަށް ރައީސް ސޯލިހު ވަނީ ތަހުނިޔާ ވިދާޅުވެފައި
ކުވޭތުގެ އައު އަމީރު ޝެއިހް ނަވާފް އަލް އަހުމަދު އަލް ޞަބާޙު؛ އެމަނިކުފާނަށް ރައީސް ސޯލިހު ވަނީ ތަހުނިޔާ ވިދާޅުވެފައި
ދި ހިންދޫ
ރައީސްގެ ތަހުނިޔާ ކުވެއިތުގެ އައު އަމީރަށް
ރައީސް ސޯލިހު ކުވޭތުގެ އައު އަމީރަށް ތަހުނިޔާ ވިދާޅުވެއްޖެ
 
ނަވާފް އަލް އަހުމަދު އަލް ޞަބާޙު ކުވޭތުގެ އައު އަމީރަކަށް ހަމަޖައްސަވާފައިވަނީ ކުވޭތުގެ އަމީރު އައްޝައިޚް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމާއި ގުޅިގެން
 
އައު އަމީރުގެ ޒަޢާމަތުގައި ރާއްޖެއާއި ކުވޭތުގެ ގުޅުން އިތުރަށް ބަދަހިވެ ކުރިއަރައިދާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުވޭތުގެ އައު އަމީރު ޝެއިހް ނަވާފް އަލް އަހުމަދު އަލް ޞަބާޙަށް ތަހުނިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ.

ކުވޭތުގެ އައު އަމީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އެ ޤައުމުގެ ކުރީގެ އަމީރު އައްޝައިޚް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމާއި ގުޅިގެން ކުވޭތުގެ ރައްޔިތުންނާއި އަމީރުގެ ޢާއިލާއަށް ލިބުނު ހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ. އަދި، އަމީރުގެ ޙިކުމަތްތެރިކަމާއި ދުރުވިސްނުންފުޅުގެ ސަބަބުން، ‌‏އެ މަނިކުފާނަށް ކުވޭތުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބިވަޑައިގެންފައިވާ ޤަދަރާއި އިޙްތިރާމަށް ބަދަލެއް ނައިސް ދެމިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ކުވޭތުގެ އައު އަމީރުގެ ޒަޢާމަތުގައި ރާއްޖެއާއި ކުވޭތުގެ ގުޅުން އިތުރަށް ބަދަހިވެ ކުރިއަރައި ދާނެކަމާއިމެދު ޝައްކު ނުކުރައްވާކަމުގައި ވެސް ވިދާޅުވެފައިވެއެވެ.

ނަވާފް އަލް އަހުމަދު އަލް ޞަބާޙު ކުވޭތުގެ އައު އަމީރަކަށް ހަމަޖައްސަވާފައިވަނީ ކުވޭތުގެ އަމީރު އައްޝައިޚް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމާއި ގުޅިގެންނެވެ.

ކުވޭތުގެ ކުރީގެ އަމީރު އައްޝައިޚް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމާއި ގުޅިގެން ރައީސް ސޯލިހު ފޮނުއްވި މެސެޖުގައި ވިދާޅުވީ، ކުވޭތުގެ އަމީރު އައްޝައިޚް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙް ބައިނަލްއަޤްވާމީ މައިދާނުގައި، ޚާއްޞަކޮށް ސަރަޙައްދީ މައްސަލަތައް ޙައްލުކުރުމުގައި ވެސް، އިސް ދައުރެއް އަދާކުރެއްވި ލީޑަރެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި، އެ މަނިކުފާނަކީ ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް ބެހެއްޓެވި ލީޑަރެއް ކަމަށާއި ރާއްޖޭގެ ތަރައްޤީއަށް ފޯރުކޮށްދެއްވި އެހީތެރިކަމާއި ރާއްޖެއަށް ދެއްވަމުން ގެންދެވި އެއްބާރުލެއްވުމަށްޓަކައި ދިވެހިން އެ ބޭފުޅަކަށް ދަރަނިވެރިވެފައިވާ ލީޑަރެއްކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ކުވޭތުގެ ކުރީގެ އަމީރު އައްޝައިޚް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމުގެ ހިތާމައިގައި، ބުދަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް (ތިން ދުވަސް) ދިވެހި ޤައުމީ ދިދަ ބައި ދަނޑިއަށް ތިރި ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް