ކ. މާލެ
|
30 ސެޕްޓެންބަރ 2020 | ބުދަ 18:56
ސަން ޓްރެވަލްސް ކުންފުނީގެ ވެރިޔާ ސަން ސިޔާމް (ފައިލް ފޮޓޯ)
ސަން ޓްރެވަލްސް ކުންފުނީގެ ވެރިޔާ ސަން ސިޔާމް (ފައިލް ފޮޓޯ)
ރައީސް އޮފީސް
ސަން ޓަރެވަލްގެ އެކައުންޓް ފްރީޒް އަމުރު
ސަން ސިޔާމްގެ ސަން ޓްރެވަލްސްގެ އެކައުންޓް ފްރީޒްކުރަން ނެރުނު އަމުރު ހައިކޯޓަށް ހުށަހަޅައިފި
 
ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރު އާބިޓްރޭޝަނުން އަންގާފައިވޭ
 
މިއީ ނ. އިރުފުށި ރިސޯޓ ގުޅޭ މައްސަލައެއް
 
ސަން ޓްރެވަލްސްގެ ބޭންކު އެކައުންޓްތައް ފްރީޒް ކުރުމާއެކު އެކައުންޓްތަކުގެ ތަފްސީލުތައް ސިވިލް ކޯޓަށް ފޮނުވަން ވެސް އަމުރުކޮށްފައިވޭ

ރައްޔިތުންގެ މަޖިލީހުގެ ދ، މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު, މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ، ސަން ޓްރެވަލްސް ކުންފުނީގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރަން ސިވިލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި، އެ އަމުރު ހައިކޯޓަށް އިސްތިއުފަށް ހުށަހެޅީ މިދިއަ ހަފްތާގެ ތެރޭގަ އެވެ. ސަން ސިޔާމްގެ ސަން ޓްރެވަލްސް ކުންފުނީގެ އެކައުންޓްތައް ފްރީޒްކުރަން ސިވިލް ކޯޓުން މި މަހު ކުރީކޮޅު އަމުރު ނެރުނީ އެ ކުންފުންޏާ ދެކޮޅަށް ހިލްޓަން އިންޓަނޭޝަނަލްއިން ހުށަހަޅާފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެންނެވެ. ސަން ޓްރެވަލްސްގެ ބޭންކު އެކައުންޓްތައް ފްރީޒް ކުރުމާއެކު އެކައުންޓްތަކުގެ ތަފްސީލުތައް ސިވިލް ކޯޓަށް ފޮނުވަން ވެސް އަމުރުކޮށްފައި ވެއެވެ.

މި މައްސަލައަކީ، ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން ސަން ޓްރެވަލްސް އިން ބާތިލްކުރި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރު އާބިޓްރޭޝަނުން އަންގާފައިވީ ނަމަވެސް އާބިޓްރޭޝަނުގެ އެ ނިންމުމާ އެއްގޮތަކަށް ސަން ޓްރެވަލްސްއިން ފައިސާ ދައްކަމުން ނުދާތީ، ހުކުމް ތަންފީޒު ކުރުމަށް ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަ އެކެވެ.

އިރުފުށި ރިސޯޓް ހިންގަން ހިލްޓަންއާއެކު ހެދި އެއްބަސްވުން ސަން ޓްރެވަލްސް އިން ބާތިލްކޮށްފައިވަނީ 2013 ވަނަ އަހަރުއެވެ. އިރުފުށީގެ ކޮންޓްރެކްޓް ސަން ޓްރެވަލް އިން ބާތިލްކޮށް 221 އެނދުގެ އެ ރިސޯޓް ހިންގަމުން އަންނަނީ އެ ކުންފުނިން އަމިއްލައަށް، "ސަން ސިޔާމް" ބްރޭންޑްގެ ރިސޯޓެއްގެ ގޮތުގައެވެ.

ދުނިޔޭގައި ބްރޭޑް ނޭމެއްގެ ގޮތުގައި މަޝްހޫރު "ހިލްޓަން" އަކީ ފުޅާދާއިރާއެއްގައި ދުނިޔޭގެ ގިނަ ގައުމުތަކުގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ.

ސަން އިން ރާއްޖޭގައި ހަތަރު ރިސޯޓު ހިންގައެވެ. އެ ކުންފުނީގެ ރިސޯޓު ވިޔަފާރި މިހާރު ވަނީ "ސަން ސިޔާމް"ގެ ނަމަށް 2014 ވަނަ އަހަރުގެ ފެބްރުއަރީގައި ބަދަލުކޮށްފައެވެ.

ސިންގަޕޫރު އާބިޓްރޭޝަނުން ސަން ޓްރެވަލްސްގެ މައްޗަށް 24 މިލިއަން ޑޮލަރު، ހިލްޓަނަށް ދެއްކުމަށް އަންގާފައި ވަނިކޮށް، 2017 ވަނަ އަހަރު ސިވިލް ކޯޓުން ވަނީ ސަން ޓްރެވަލްސްއަށް 16 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ހިލްޓަންގެ މައްޗަށް ހުކުމްކޮށްފަ އެވެ. ނަމަވެސް އެ ހުކުމް ހައި ކޯޓުން ދާދިފަހުން ވަނީ ބާތިލްކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
100%
0%
ކޮމެންޓް