ކ. މާލެ
|
30 ސެޕްޓެންބަރ 2020 | ބުދަ 18:45
ނ.މާފަރު އެއަރޕޯޓު، އެއަރޕޯޓު އިތުރަށް ތަރައްގީ ކުރުމަށް ވެސް ދަނީ މަސައްކަތްތައް ކުރަމުން
ނ.މާފަރު އެއަރޕޯޓު، އެއަރޕޯޓު އިތުރަށް ތަރައްގީ ކުރުމަށް ވެސް ދަނީ މަސައްކަތްތައް ކުރަމުން
މޯލްޑިވިއަން
ރީޖަނަލް އެއަރޕޯޓްސްތައް ހިންގުން
''ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް''ގެ ނަމުގައި ރީޖަނަލް އެއާޕޯޓުތައް ހިންގުމަށް ކުންފުންޏެއް އުފައްދައިފި
 
މިއީ ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އެކުލެވިގެންވާ ކުންފުންޏެއް
 
ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރާނެ
 
ރައީސް ސޯލިހު މިކުންފުނި އުފެއްދެވީ ބުދަ ދުވަހު

"ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް" ގެ ނަމުގައި ރީޖަނަލް އެއާޕޯޓުތައް ހިންގުމަށް ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވައިފިއެވެ.

ރައީސް ސޯލިހު މި ކުންފުނި އުފެއްދެވީ ބުދަ ދުވަހެވެ.

މި ކުންފުންޏަކީ ސަރުކާރުން ހިންގަމުންދާ ސަރަހައްދީ އެއާޕޯޓްތައް ވިޔަފާރީގެ އުސޫލުން ހިންގުމަށާއި، ސަރުކާރުން ރީޖަނަލް އެއާޕޯޓްސް މެދުވެރިކޮށް ހިންގަމުން ގެންދާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ހިންގުމަށް އުފެއްދި ކުންފުޏެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަކީ ދަރަންޏަށް ޒިންމާވާން ޖެހޭ މިންވަރު ކަނޑައެޅިފައިވާ، ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އެކުލެވިގެންވާ ކުންފުންޏެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއެކު ރާއްޖޭގެ އެކި ހިސާބުތަކުގައި 16 އެއާޕޯޓެއް އޮވެއެވެ. ބައެއް އެއަރޕޯޓުތައް ހިންގަމުންދަނީ އަމިއްލަ ކުންފުނިތަކުންނެވެ.

އެއަރޕޯޓުތައް ތަރައްގީކޮށް ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަކީ މިސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ކުރަމުންދާ ކަމަކެވެ. އަދި އަތޮޅުތެރޭގެ އެއަރޕޯޓުތައް ތަރައްގީކޮށް ވަޒީފާގެ ފުރުސަތު އިތުރުކޮށް އަތޮޅުތަކަށް ތަރައްގީ ގެނެއުން ހިމެނެއެވެ. އެގޮތުން މިހާރު ވެސް ގިނަ އެއަރޕޯޓުތަކެއް ގާއިމް ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި
ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ދިވެހި ސިފައިންނަށް ގެދޮރުވެރިކަން ޔަގީންކޮށްދޭނަން: ރައީސް މުއިއްޒު