ކ. މާލެ
|
30 ސެޕްޓެންބަރ 2020 | ބުދަ 18:02
މާރާމާރީ ހިނގި ސަރަހައްދު ފުލުހުން ކޯޑަން ކޮށްފައި
މާރާމާރީ ހިނގި ސަރަހައްދު ފުލުހުން ކޯޑަން ކޮށްފައި
ރާއްޖެއެމްވީ
ބިދޭސީންގެ ދެމެދު މާރާމާރީ ހިނގުން
ބިދޭސީންގެ މެދުގައި މާރާމާރީ ހިންގައި، ވަޅީގެ ހަމަލާތަކެއް
 
މައްސަލަ ދަނީ ބަަލަމުން
 
މާރާމާރީ ހިނގީ ހަތަރު ބިދޭސީންގެ ދެމެދު

މާލޭގައި ހަތަރު ބިދޭސީންގެ ދެމެދު މާރާމާރީ ހިންގައި މީހަކަށް ވަޅިން ހަމަލާދީފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖްގައި ފުލުހުން ބުނީ، މަޖީދީ މަގާއި ސޯސަންމަގު ގުޅުނު ހަތަރު އަނގޮޅީގައި ބިދޭސީންތަކެއް މާރާމާރީ ހިންގިކަމުގެ މައުލޫމާތު ބުދަ ދުވަހު 14:38 ހާއިރު ލިބިފައިވާ ކަމަށެވެ. ހަތަރު ބިދޭސީންގެ ދެމެދުގައި ހިނގި މާރާމާރީގައި އަނިޔާ ލިބުނު ބިދޭސީ މީހާ އަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ވަނީ މާރާމާރީ ހިނގި ސަރަހައްދުގައި ފުލުހުންގެ ފޮރެންސިކް ޓީމުން ހަރަކާތްތެރިވަމުން ދަނިކޮށް ފެނިފައެވެ. ފުލުހުން ކޯޑަން ކޮށްފައި އޮތް ސަރަހައްދުން ވަނީ ލޭހުރި ވަޅިއެއް ފެނިފައެވެ.

ފުލުހުން ބުނީ، މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ބިދޭސީ ފިރިހެނަކު ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ.

މާލޭގައި މާރާމާރީގެ ހިނގުން މަދުވެފައި އޮތުމަށް ފަހުވެސް އަނެއްކާ މިވަނީ މާރާމާރީ ހިނގަން ފަށާފައެވެ. މިދިޔަ ބުދަ ދުވަހުގެރޭ ތޮއިބާ މިސްކިތް ކައިރިން މީހަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާދިފައެވެ. އެ މައްސަލާގައި 19 އަހަރުގެ ޒުވާނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
100%
ކޮމެންޓް