ކ. މާލެ
|
30 ސެޕްޓެންބަރ 2020 | ބުދަ 16:27
ހދ. ކުރިނބީގައި ކުޅިވަރާ ބެހޭ ވުޒާރާއިން އެޅި ފުޓްސަލް ދަނޑު
ހދ. ކުރިނބީގައި ކުޅިވަރާ ބެހޭ ވުޒާރާއިން އެޅި ފުޓްސަލް ދަނޑު
ކުޅިވަރާ ބެހޭ ވުޒާރާ
ފުޓްސަލް ދަނޑުތަކުގެ މަސައްކަތް
ކުރިނބީ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި
 
މި މަސައްކަތަށް 1,388,841 ރުފިޔާ ޚަރަދުވެފައިވާ
 
ދަނޑުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެ ރަށު ކައުންސިލްގެ ފަރާތުން އިއުލާން ކޮށްގެން

ހދ. ކުރިނބީގައި ކުޅިވަރާ ބެހޭ ވުޒާރާއިން އެޅި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.

ކުރިނބީ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެ ރަށު ކައުންސިލްގެ ފަރާތުން އިއުލާން ކޮށްގެންނެވެ. އއެ ދަނޑުގައި ވަނީ ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓްވެސް ހަރުކޮށްފައެވެ.

މި މަސައްކަތަށް 1,388,841 (އެއް މިލިޔަން ތިން ލައްކަ އަށްޑިހަ އަށްހާސް އަށްސަތޭކަ ސަޅީސް އެކެއް) ރުފިޔާ ޚަރަދުވެފައިވާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

ކުރިނބީ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލިކަން އިއުލާން ކުރައްވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިނބީ ދަނޑުގެ މަސައްކަތްވެސް ނިމިފައިވާ ކަމަށާއި، އެކަމުގައި އެހީތެރިވެދެއްވީތީ އެ ރަށުގެ ކައުންސިލާއި، ޒުވާނުންނާއި، އަދި އެރަށް ހިމެނޭ ވައިކަރަދޫ ދާއިރާގެ މަޖިލިސް މެންބަރު ޙުސައިން ޒިޔާދަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

ކުރިނބީ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލިއިރު، ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު އަންނަނީ ގިނަ ފުޓްސަލް ދަނޑުތަކެއް އަޅަމުންނެވެ. އެގޮތުން އަވަސް މުސްތަގުބަލެއްގައި އެ ވުޒާރާގެ ގިނަ މަޝްރޫއުތަކެއް ނިމިގެންދާނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
100%
0%
ކޮމެންޓް