ކ. މާލެ
|
30 ސެޕްޓެންބަރ 2020 | ބުދަ 12:20
މެންޗެސްޓާ ސިޓީއާ ގުޅުނު ޕޯޗުގަލުގެ ޑިފެންޑަރު ރުބެން ޑިއާސް
މެންޗެސްޓާ ސިޓީއާ ގުޅުނު ޕޯޗުގަލުގެ ޑިފެންޑަރު ރުބެން ޑިއާސް
ގެޓީ އިމޭޖަސް
ޑިއާސް ސިޓީއަށް ބަދަލުވުން
ޕޯޗުގަލުގެ ޑިފެންޑަރު ރުބެން ޑިއާސް ސިޓީއަށް
 
ސިޓީގެ ޑިފެންސަށް ކުރި ޚަރަދު ވަނީ 400 މިލިޔަނަށް އަރާފައި
 
ސިޓީން ވަނީ ޑިއާސް ހޯދުމަށް 62 މިލިޔަން ޕައުންޑް ޚަރަދުކޮށްފައި

ބެންފީކާއަށް ކުޅެމުން އައި ޕޯޗުގަލުގެ ޑިފެންޑަރު ރުބެން ޑިއާސް މެންޗެސްޓާ ސިޓީއަށް ބަދަލުވެއްޖެއެވެ.

ސިޓީން ވަނީ އުމުރުން 23 އަހަރުގެ ޑިފެންޑަރު ހޯދުމަށް 62 މިލިޔަން ޕައުންޑް ޚަރަދުކޮށްފައެވެ. ޑިއާސް ސިޓީއާ ގުޅުނީ ހަ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ޑިއާސް އަކީ މި ޓްރާންސްފާ ބާޒާރުގައި ސިޓީއާ ގުޅުނު ދެވަނަ ޑިފެންޑަރެވެ. މީގެ ކުރިން ސިޓީން ވަނީ ބޯންމަތަށް ކުޅެމުން އައި ނެދަލެންޑްސްގެ ޑިފެންޑަރު ނޭތަން އަކޭގެ ސޮއިވެސް ހޯދާފައެވެ.

މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެކަނިވެސް ސިޓީން ޑިފެންޑަރުންނަށް 103 މިލިޔަން ޕައުންޑް ޚަރަދުކޮށްފައިވާއިރު، ފާއިތުވި ފަސް ވަރަކަށް އަހަރުތެރޭ ސިޓީގެ ކޯޗުކަމުގައި ހުރެ ޕެޕް ގާޑިއޯލާ އެ ޓީމަށް ޑިފެންސްލައިން ވަރުގަދަ ކުރަން ކުރި ޚަރަދު މިހާރު ވަނީ 400 މިލިޔަން ޕައުންޑަށް އަރާފައެވެ.

ސިޓީން ޑިއާސްގެ ސޮއި ހޮދިއިރު، ޒުވާން ޑިފެންޑަރު ވަނީ ބެންފީކާ އާއި ޕޯޗުގަލުގެ ގައުމީ ފުޓްބޯޅަ ޓީމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެއާއެކު އޭނާ ހޯދުމަށް ޔުވެންޓަސް އާއި ޗެލްސީންވެސް ވަނީ މަސައްކަތް ކޮށްފައެވެ.

ބެންފީކާއިން ކެރިއަރު ފެށި ޑިއާސް ވަނީ އެ ޓީމަށް 137 މެޗު ކުޅެދީ، ބެންފީކާއެކު ޕޯޗުގަލް ލީގު ކާމިޔާބުކޮށްފައެވެ. އަދި ޕޯޗުގަލުގެ ގައުމީ ފުޓްބޯޅަ ޓީމަށް 19 މެޗު ކުޅެދީފައިވާ ޑިއާސް ވަނީ އެ ޓީމާއެކު ޔުއެފާ ނޭޝަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ.

ޑިއާސް ސިޓީއަށް ބަދަލުވިއިރު، މި ޑީލުގެ ތެރެއިން ސިޓީން ވަނީ އެ ޓީމުގެ އާޖެންޓީނާ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ ބެންފީކާއަށް ދޫކޮށްލާފައެވެ. ތަޖުރިބާކާރު ޑިފެންޑަރު އޮޓަމެންޑީ ބެންފީކާއާ ގުޅޭނީ 12 މިލިޔަން ޕައުންޑުގެ ފީއަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް