ކ. މާލެ
|
30 ސެޕްޓެންބަރ 2020 | ބުދަ 11:28
އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭ (ކ) އަދި އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރ ސުބްރަމަނިޔަމް (ވ)
އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭ (ކ) އަދި އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރ ސުބްރަމަނިޔަމް (ވ)
އޭޝިއާ ޓައިމްސް
އިންޑޯ ޕެސިފިކް އެލަޔަންސް
އެމެރިކާ އިސްވެ އޮވެ އެކުލަވާލާ އިންޑޯ-ޕެސިފިކް އެލަޔަންސް އިއުލާނުކުރުމާ ގާތަށް
 
ގައުމުތައް ގުޅިގެން ކޮވިޑް ޕެންޑެމިކަށް ފަހު ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭ މަޝްވަރާތައް ކުރިއަށް ދާނެ
 
އެންމެ ފަހުން ބައްދަލުވުން ބާއްވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި
 
އަންނަ ހަފްތާގައި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައި: ޖަޕާނުގެ ހާރިޖީ ވަޒީރު

އިންޑޯ ޕެސިފިލް ސަރަހައްދުތަކުގެ ގައުމުތައް ކަމުގައިވާ އެމެރިކާ، އިންޑިއާ، ޖަޕާން އަދި އޮސްޓްރޭލިއާ ގުޅިގެން މަސައްކަތް ކުރުމަށް ނިންމާ އެކަން އަންނަ ހަފްތާގައި އިއުލާން ކުރަން ނިންމައިފިއެވެ.

ޖަޕާނުގެ ހާރިޖީ ވަޒީރު ތޮޝިމިޓްސޫ މޮޓެގީއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަންނަ ހަފުތާގެ ތެރޭގައި މި ހަތަރު ގައުމުގެ ފޮރިން މިނިސްޓަރުން އަންނަ ހަފްތާގައި ޖަޕާނުގެ ޓޯކިޔޯގައި ބާއްވާ ބައްދަލުވުމަކަށް ފަހު، އެކުގައި މަސައްކަތް ކުރުމަށް ނިންމާފައިވާކަން އިއުލާން ކުރާނެއެވެ.

އޮކްޓޯބަރ މަހުގެ 6 ވަނަ ދުވަހު ބާއްވާ ބައްދަލުވުމުގައި ބައިވެރިވަނީ ޖަޕާނުގެ ފޮރިން މިނިސްޓަރ މޮޓެގީގެ އިތުރުން، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއާއި، އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު މަރައިސް ޕޭންއާއި، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް ސުބްރަމަނިޔަމް ޖައިޝަންކަރެވެ.

މި ބައްދަލުވުމުގައި ޗައިނާގެ ސަބަބުން ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަމާއި ގުޅިގެން މަޝްވަރާކުރުމަށް ވަނީ ނިންމާފައެވެ. އަދި ކޮވިޑް ޕެންޑެމިކަށް ފަހު ގައުމުތައް ގުޅިގެން މަސައްކަތްކުރެވޭނެ އިތުރު ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ނިންމާފައިވާ ކަމަށް ވެސް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މި ބައްދަލުވުމަކީ ދުނިޔޭގެ އެކި ސަރަހައްދުތަކަށް ކޮވިޑް ފެތުރެން ފެށި، ގައުމުތަކުގެ އާންމު ހާލަތު ބަދަލުވިފަހުން މި ގައުމުތަކުގެ އިސްވެރިން ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. މި ގައުމުތަކުގެ ބައްދަލުވުމެއް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ އަހަރު ސެޕްޓެމްބަރ މަހުގައި އދ، ގެ އާންމު މަޖިލީހުގެ ހަވާސާގައި، އެމެރިކާގެ ނިއު ޔޯކުގައެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖަޕާނުގެ ފޮރިން މިނިސްޓަރ މޮޓެގީ ވިދާޅުވީ ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ގެނައުމަށްޓަކައި ހަތަރު ގައުމުގެ ވެރިން ގުޅިގެން މަސައްކަތް ކުރައްވަންވީ ވަގުތަކީ މިއީ ކަމަށާއި، ގައުމުތަކާ އެކުގައި ދޭދޭ ގުޅުން ބޭއްވުން މިހާރު ވަރަށް މުހިއްމު ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް