ކ. މާލެ
|
29 ސެޕްޓެންބަރ 2020 | އަންގާރަ 21:52
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު އަންޑްރެއަސް ޕެރޭރާ
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު އަންޑްރެއަސް ޕެރޭރާ
ގެޓީ އިމޭޖަސް
ޕެރޭރާ ލާޒިއޯއާ ގުޅުން
ލޯނު އުސޫލުން ޔުނައިޓެޑުގެ ޕެރޭރާ ލާޒިއޯއަށް
 
މިއި ޕެރޭރާ ލޯނު އުސޫލުން ކުޅޭނެ ތިންވަނަ ކުލަބު
 
ޕެރޭރާ ލޯނު އުސޫލުން ލާޒިއޯއާ ގުޅުނީ މި ސީޒަނުގެ ނިޔަލަށް

ލޯނު އެއްބަސްވުމެއްގެ ދަށުން މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު އަންޑްރެއަސް ޕެރޭރާ ލާޒިއޯއަށް ބަދަލުވެއްޖެއެވެ.

އުމުރުން 24 އަހަރުގެ މިޑްފީލްޑަރު ލޯނު އުސޫލުން ލާޒިއޯއާ ގުޅުނީ މި ސީޒަނުގެ ނިޔަލަށެވެ. މިއީ 2014 ވަނަ އަހަރު ޔުނައިޓެޑުގެ ސީނިއާ ޓީމުން ކެރިއަރު ފެށި ޕެރޭރާ ލޯނު އުސޫލުން ކުޅޭނެ ތިންވަނަ ކުލަބެވެ. އޭނާ މީގެ ކުރިން ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ސްޕެނިޝް ލީގުގެ ދެ ކުލަބު ކަމަށްވާ ގްރަނާޑާ އާއި ވެލެންސިއާއަށް ކުޅެފައެވެ.

ޔުނައިޓެޑުގެ ފުރަތަމަ އެގާރައިން ޕެރޭރާއަށް ޖާގަ ލިބުން ދަތިވެފައިވާއިރު، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޔުނައިޓެޑުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން އޭނާ ކުޅެފައިވަނީ އެންމެ މެޗެކެވެ. އެކަމަކު ވަނީ ހަ މެޗެއްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާފައެވެ. އަދި މި ސީޒަނުގައި ޔުނައިޓެޑުން މިހާތަނަށް ކުޅުނު ތިން މެޗުގައިވެސް ޕެރޭރާ ބޭނުން ކޮށްފައެއް ނުވެއެވެ.

ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުންވެސް ޖާގަ ހޯދާފައިވާ ޕެރޭރާ ވަނީ ޔުނައިޓެޑުގައި މިހާތަނަށް ހޭދަކުރި ހަ ސީޒަނުގައި އެ ޓީމަށް 75 މެޗު ކުޅެދީ ހަތަރު ލަނޑު ޖަހާފައެވެ.

މި ސީޒަނަށް ލާޒިއޯއިން ޕެރޭރާގެ ސޮއި ހޯދިއިރު، އެ ޓީމުން ދާދި ފަހުން ވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން އޭސީ މިލާނަށް ކުޅެމުން އައި ސްޕެއިނުގެ ގޯލްކީޕރު ޕެޕޭ ރެއިނާވެސް އެ ޓީމަށް ގެންގޮސްފައެވެ. ރެއިނާ މިދިޔަ ސީޒަނުގައި ކުޅުނީ ލޯނު އުސޫލުން އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ އެސްޓަން ވިލާއަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް