ކ. މާލެ
|
29 ސެޕްޓެންބަރ 2020 | އަންގާރަ 20:09
ކުވެއިތުގެ އަމީރު ޝެއިޙް ސަބާޙް އަލް އަޙުމަދު އަލް ސަބާޙް- އެމަނިކުފާނު އަވަހާރަވީއިރު އުމުރުފުޅުން 91 އަހަރު
ކުވެއިތުގެ އަމީރު ޝެއިޙް ސަބާޙް އަލް އަޙުމަދު އަލް ސަބާޙް- އެމަނިކުފާނު އަވަހާރަވީއިރު އުމުރުފުޅުން 91 އަހަރު
އަލްޖަޒީރާ
ކުވެއިތުގެ އަމީރު އަވަހާރަވުން
އާލާސްކަންފުޅާ އުޅުއްވުމަށްފަހު ކުވެއިތުގެ އަމީރު އަވަހާރަވެއްޖެ
 
އަމީރުކަމުގެ މަޤާމަށް ވަޑައިގެންނެވީ 2006 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ
 
ކުވެއިތުގައި ޒަމާނީ ޚާރިޖީ ސިޔާސަތެއް ޤާއިމުކުރެއްވުމަށް މަސައްކަތް ކުރެއްވި
 
އޭރު އެމަނިކުފާނުގެ އުމުރުފުޅުން 91 އަހަރު

އާލާސްކަންފުޅާ އުޅުއްވުމަށްފަހު ކުވެއިތުގެ އަމީރު ޝެއިޙް ސަބާޙް އަލް އަޙުމަދު އަލް ސަބާޙް އަވަހާރަވެއްޖެއެވެ.

އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވާ ގޮތުން ސަބާޙް އަވަހާރަވެފައިވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައި އެމެރިކާގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ގެންދަވަނިކޮށެވެ. އޭރު އެމަނިކުފާނުގެ އުމުރުފުޅުން 91 އަހަރު ކަމަށާއި، އެންމެ ފުރަތަމަ ސިއްޙީ ޙާލުކޮޅު ގޯސްވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ކަމަށް އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވެއެވެ. އެއަށްފަހު ޙާލުކޮޅު ގޯސްވެ، ބައެއް ސަރޖަރީތައްވެސް ވަނީ ކުރައްވާފައެވެ.

އޭގެ އިތުރުން، އިތުރު ފަރުވާ ހޯއްދެވުމަށް އެމަނިކުފާނު އެމެރިކާއަށް ވަޑައިގެންނެވީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

1929 ވަނަ އަހަރު އުފަންވެވަޑައިގަތް ސަބާޙްއަކީ ކުވެއިތުގައި ޒަމާނީ ޚާރިޖީ ސިޔާސަތެއް ޤާއިމުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަމަށް އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވެއެވެ. އެމަނިކުފާނު ކުވެއިތުގެ އަމީރުކަމުގެ މަޤާމަށް ވަޑައިގެންނެވީ 2006 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވާ ގޮތުން ސަބާޙް އަވަހާރަވިއިރު، ދެ ދަރިކަލުން ދުނިޔޭގައި އެބަތިއްބެވެ. އެގޮތުން އެމަނިކުފާނުގެ އަނބިކަނބަލުންނާއި، އަންހެން ދަރިކަނބަލުން ވަނީ ދުނިޔެ ދޫކުރައްވާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް