ކ. މާލެ
|
29 ސެޕްޓެންބަރ 2020 | އަންގާރަ 10:10
އިންޑިޔާ ނޭވީން ދިން ޑޯނިއަރ މަތިންދާބޯޓު
އިންޑިޔާ ނޭވީން ދިން ޑޯނިއަރ މަތިންދާބޯޓު
ރާއްޖެއެމްވީ
އިންޑިޔާ ނޭވީން ދިން ޑޯނިއަރ މަތިންދާބޯޓު
އިންޑިޔާ ސަރުކާރާއެކު ކުރީ ސަރުކާރުން ސޮއިކުރި އެކްޝަން ޕްލޭންގެ ދަށުން ޑޯނިއަރ އެއަރކްރާފްޓް އިންޑިޔާއިން ދީފި
 
ރާއްޖެ ސަރަހައްދުގައި ހިނގާ ޑްރަގް ޓްރެފިކިންގ ހަރަކާތްތައް ހޯދުމަށް މިބޯޓު އެހީތެރިވެދޭނެ
 
އެމްއެންޑީއެފްގެ ކޮންޓްރޯލްގެ ދަށުން މިޑޯނިއަރ ބޯޓް ރާއްޖޭގެ ސަރަހައްދުގައި މިވަގުތު ހަރަކާތްތެރިވަމުންދާނީ އިންޑިޔާގެ ޚަރަދުގައި
 
މި ޑޯނިއަރ މަތިންދާބޯޓުން ރާއްޖޭގެ އީއީޒެޑް ސަރަހައްދު ބެލެހެއްޓުމާއި ސަލާމަތާއި ގުޅުންހުރި ކަންކަން މޮނިޓަރ ކުރަމުންދާނެ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް)ގެ ބެލުމުގެ ދަށުން އޮޕަރޭޓް ކުރާ ގޮތަށް އިންޑިޔާގެ ނޭވީން ރާއްޖެއަށް ޑޯނިއަރ އެއަރކްރާފްޓް ދީފި އެވެ.

މިއީ އިންޑިޔާ ސަރުކާރާއި ރާއްޖޭގެ ސަރުކާރާ ދެމެދު 2016 ވަނަ އަހަރު ސޮއިކުރެވުނު ޑިފެންސް އެކްޝަން ޕްލޭންގައި ހިމެނޭ ޑޯނިއަރ އެއަރކްރާފްޓެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ އެޕްރީލް މަހު އެމަނިކުފާނު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރާއްޖެއާ އިންޑިއާ އާދެމެދު ސޮއިކުރެވުނު ޑިފެންސް އެކްޝަން ޕްލޭންގައި ހިމެނޭ ޑޯނިއަރ އެއަރކްރާފްޓް ރާއްޖެއަށް ދިނުމަށް އިންޑިއާއިން ވަނީ ނިންމާފައެވެ. ނަމަވެސް އެސަރުކާރުގައި އެކަން ވެފައެއްނުވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރު އައުމަށްފަހު މި ޑޯނިއަރ އެއަރކްރާފްޓް ގެނައުމުގެ ވާހަކަތައް އަލުން ވަނީ ދެކެވެން ފަށާފައެވެ. މި ޑޯނިއަރ މަތިންދާބޯޓުން ރާއްޖޭގެ އީއީޒެޑް ސަރަހައްދު ބެލެހެއްޓުމާއި ސަލާމަތާއި ގުޅުންހުރި ކަންކަން މޮނިޓަރ ކުރަމުންދާނެ އެވެ.

އެމްއެންޑީއެފްގެ ކޮންޓްރޯލްގެ ދަށުން މިޑޯނިއަރ ބޯޓް ރާއްޖޭގެ ސަރަހައްދުގައި މިވަގުތު ހަރަކާތްތެރިވަމުންދާނީ އިންޑިޔާގެ ޚަރަދުގަ އެވެ. މިބޯޓު ދުއްވުމަށް ދިވެހި ޕައިލަޓުން ތަމްރީން ކުރުމުގެ މަސައްކަތް 2017 ވަނަ އަހަރުން ފެށިގެން އަންނަނީ ކުރަމުންނެވެ.

މިބޯޓުގެ ބޭނުންކޮށްގެން ސަރޗް އެންޑް ރެސްކިޔު ހަރަކާތްތައް ކުރިޔަށް ގެންދިޔުމުގެ އިތުރުން އީއީޒެޑް ސަރަހައްދު ބެލެހެއްޓުމާއި ހާލުގައި ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކުރިޔަށް ގެންދާނެއެވެ. އަދި މިވަގުތު ރާއްޖޭގެ އުތުރުގައި އިންޑިޔާ އާއި ރާއްޖެއިން ގުޅިގެން ކުރިޔަށް ގެންދާ އީއީޒެޑް ބެލެހެއްޓުމުގެ ހަރަކާތުގައި ބައިވެރިވާނެ އެވެ.

އެންމެފަހުން މިބޯޓުން ކުރިޔަށްގެންދިޔަ އީއީޒެޑް ސަރވައިލަންސްގައި ގަވައިދާ ޚިލާފަށް ރާއްޖެ ސަރަހައްދުގައި މަސްބޭނުމަށް ހަރަކާތްތެރިވި ބޭރުގެ ބޯޓު ފަހަރުވަނީ ހޯދާފައެވެ.

މީގެއިތުރުން ހާލުބޮޑު ބަލި މީހުން އުފުލުމުގައި އެމްއެންޑީއެފްގެ ހެލިކޮޕްޓަރ ކުރަމުންދާ މަސައްކަތަށްވެސް މިޑޯނިއަރ ބޯޓް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. މިހާތަނަށް އައިއިރު 250 ބަލި މީހަކު ވަނީ މިގޮތަށް އުފުލާފައެވެ.

އަދި ރާއްޖެ ސަރަހައްދުގައި ހިނގާ ޑްރަގް ޓްރެފިކިންގ ހަރަކާތްތައްވެސް މިޑޯނިއަރ މަތިންދާބޯޓުގެ އެހީގައި ދެނެގަތުމަށް ބޭނުންކުރާނެ އެވެ. އިންޑިޔާ ސަރުކާރުން އަންނަނީ މިސަރަހައްދުގައި ހިންގަމުންދާ ޑްރަގް ޓްރެފިކިންގގެ މައުލޫމާތުތައް ރާއްޖެއަށް ފޯރުކޮށްދެމުންނެވެ.

މީގެއިތުރުން ދާދިފަހުން އދ މަހިބަދޫ ފަޅުގައި އަޅާފައިވާ ބޯޓުތަކެއްގައި ރޯކޮށްލި ޓެރަރިސްޓް ހާދިސާ އާއި ލ އަތޮޅުގައި ކުރިޔަށްދިޔަ ޓެރަރިޒަމާ ގުޅުންހުރި ކަންތައްތަކާއެކު ރާއްޖޭ ހިމެނޭ ސަރަހައްދުގައި ޓެރަރިޒަމްގެ އަމަލުތައް ކުރިޔަށްދާނަމަ އެކަންކަން ދެނެގަތުމަށްވެސް މިބޯޓުގެ ބޭނުން ކުރެވިގެންދާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
40%
0%
50%
0%
10%
ކޮމެންޓް