ކ. މާލެ
|
28 ސެޕްޓެންބަރ 2020 | ހޯމަ 23:28
ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ.ނަޒްލާ ވާހަކަދައްކަވަނީ
ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ.ނަޒްލާ ވާހަކަދައްކަވަނީ
އެޗްއީއޯސީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
އައިސީޔޫގައި ފަރުވާ ދެމުންދަނީ 3 މީހަކަށް، އެކަކު އޮތީ ވެންޓިލޭޓަރުގައި: ޑރ. ނަޒްލާ
 
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ފުލޫ ކްލިނިކްތަކަށް 150 މީހަކު ޑޮކްޓަރަށް ދައްކާފައިވޭ
 
ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ވޯޑްގައި 70 މީހަކަށް ފަރުވާ ދެމުންދާއިރު، އެކަކަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި
 
ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި 2 މީހަކަށް ދަނީ ފަރުވާ ދެމުން

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި މިހާރު އައިސީޔޫގައި ފަރުވާދެމުން އަންނަނީ 3 މީހަކަށް ކަމަށާއި އޭގެތެރެއިން އެކަކު މިހާރު އޮތީ ވެންޓިލޭޓަރުގައި ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ން ބުނެފި އެވެ.

ހޯމަ ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި 2 މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާގައި އެކަކަށް ފަރުވާ ދެމުންދާ ކަމަށެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 71 މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ. އެއީ ވޯޑްގައި 70 މީހުންނާއި، އައިސީޔޫގައި އެކަކު ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ފުލޫ ކްލިނިކްތަކަށް 150 މީހަކު ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި، 95 މީހެއް ސާންޕަލް ނަގާފައިވާ ކަމަށެވެ.

މިހާރު ޖުމްލާ 82 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންދާއިރު، މިހާތަނަށް ރާއްޖެއިން 10،157 މީހަކު ޕޮޒިޓިވްވެފައިވެފައެވެ. އަދި 8950 މީހަކު ބަލިން ވަނީ ފަސޭހަވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
100%
0%
0%
0%
ކޮމެންޓް