ކ. މާލެ
|
28 ސެޕްޓެންބަރ 2020 | ހޯމަ 23:11
މިހާތަނަށް ރާއްޖެއިން 10،157 މީހަކު ޕޮޒިޓިވްވެފައި، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާ ކުޑަނުކުރުމަށް ވަނީ އިލްތިމާސްކޮށްފައި
މިހާތަނަށް ރާއްޖެއިން 10،157 މީހަކު ޕޮޒިޓިވްވެފައި، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާ ކުޑަނުކުރުމަށް ވަނީ އިލްތިމާސްކޮށްފައި
ރާއްޖެއެމްވީ
ކޮވިޑް-19 ފެތުރުން
ކޮވިޑް-19ށް އިތުރު 59 މީހުން ޕޮޒިޓިވްވެ، 103 މީހަކު ބަލިން ފަސޭހަވެއްޖެ
 
23 ރިސޯޓު، 22 ރަށަކުން އެކްޓިވް ކޭސް ވަނީ ފެނިފައި
 
82 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން
 
ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 1583 ސާންޕަލެއް ވަނީ ޓެސްޓު ކޮށްފައި

ކޮވިޑް-19ށް އިތުރު 59 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ތަފާސްހިސާބުތަކަށް ބަލާއިރު، ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00ން ހޯމަ ދުވަހުގެ އިރުއޮއްސި 6:00ށް 59 މީހަކު ބައްޔަށް ޕޮޒިޓިވްވެ، 103 މީހަކު ބަލިން ވަނީ ފަސޭހަވެފައެވެ.

ޕޮޒިޓިވްވި 59 މީހުންގެ ތެރެއިން 54 މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރައްހަދުންނެވެ. އަދި 5 މީހަކު ޕޮޒިޓިވްވެފައިވަނީ އަތޮޅު ތެރެއިންނެވެ. ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 1583 ސާންޕަލެއް ޓެސްޓު ކޮށްފައިވާ ކަަމަށް އެޗްޕީއޭއިން ބުނެއެވެ.

1166 އެކްޓިވް ކޭސް ހިމެނޭއިރު، މިވަގުތު ވެސް އައިސޮލޭޝަން ފެސިލިޓީގައި 612 މީހަކު އެބަތިއްބެވެ. އަދި 82 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

މިހާތަނަށް ރާއްޖެއިން 10،157 މީހަކު ޕޮޒިޓިވްވެފައިވާއިރު، 8950 މީހަކު ބަލިން ވަނީ ފަސޭހަވެފައެވެ. އަދި މިބަލީގައި 34 މީހަކު ވަނީ މަރުވެފައެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުން ވެސް ކޮވިޑް-19ގެ ކޭސްތައް ވަނީ ފެނިފައެވެ.

އެގޮތުން 23 ރިސޯޓު، 22 ރަށަކުން އެކްޓިވް ކޭސް ފެނިފައިވާއިރު، މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތީ ހަމައެކަނި ގދ.ހޯނޑެއްދޫއެވެ. އަދި 11 ފަތުރުވެރިންނާއި، ރިސޯޓުތަކުގައި މަސައްކަތް ކުރާ 11 މުއައްޒަފަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

މިހިނގާ ސެންޕެންބަރު މަހުގެ މެދުތެރެއިން ކޭސްތައް މަދުވި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާ ކުޑަ ނުކުރަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފިޔަވަޅުތަކަށް ފަރުވާ ކުޑަކޮށް ލުއި ދީފިނަމަ ކޭސްތައް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެޗްއީއޯސީގެ ޑޮކްޓަރުންގެ ޓީމުން ވިދާޅުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް