ކ. މާލެ
|
28 ސެޕްޓެންބަރ 2020 | ހޯމަ 22:08
މައިންޒުގެ ކޯޗުގެ މަގާމު އަދާކުރި އާޚިމް ބަޔަލޯޒާ
މައިންޒުގެ ކޯޗުގެ މަގާމު އަދާކުރި އާޚިމް ބަޔަލޯޒާ
ގެޓީ އިމޭޖަސް
ބަޔަލޯޒާ މަގާމުން ވަކިކުރުން
މައިންޒުގެ ކޯޗުގެ މަގާމުން ބަޔަލޯޒާ ވަކިކޮށްފި
 
ކުލަބުގެ ނިންމުމާ ދޭތެރޭ ބަޔަލޯޒާ ހިތްހަމައެއް ނުޖެހޭ
 
ބަޔަލޯޒާ މަގާމުން ވަކިކުރީ ސްޓުޓްގާޓް އަތުން މައިންޒް ބަލިވި މެޗަށްފަހު

ޖަރުމަން ލީގުގައި ވާދަކުރަމުން އަންނަ މައިންޒުގެ ކޯޗުގެ މަގާމުން އާޚިމް ބަޔަލޯޒާ ވަކިކޮށްފިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މައިންޒާ ހަވާލުވި ބަޔަލޯޒާ މަގާމުން ވަކިކޮށްފައިވަނީ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ޖަރުމަން ލީގުގައި ސްޓުޓްގާޓް އަތުން 4-1 ން މައިންޒް ބަލިވި މެޗަށްފަހުއެވެ.

ބަޔަލޯޒާ ވަކިކުރަން މައިންޒުގެ މެނޭޖުމަންޓުން ނިންމީ އެ ކުލަބުގެ ފޯވާޑް އެޑަމް ސަލައި ސަސްޕެންޑް ކޮށް، އެހެން ކުލަބެއް ހޯދުމަށް އޭނާއަށް އެންގުމާ ގުޅިގެން، ތަމްރީނުތަކަށް ނުކުންނަށް މައިންޒުގެ ކުޅުންތެރިން ދެކޮޅު ހެދިތާ ހަފުތާއެއް ފަހުންނެވެ. ސަލައި ސަސްޕެންޑް ކުރަން މައިންޒުގެ މެނޭޖުމަންޓުން ނިންމީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ކުރިން ދޭން ޖެހޭ މުސާރައިގެ ބާކީބައި ދިނުމަށް އެދުމާ ގުޅިގެންނެވެ. އެކަމަކު މައިންޒުން ވަނީ އެކަން ދޮގު ކޮށްފައެވެ.

މައިންޒުގެ ކޯޗުގެ މަގާމުން ވަކިކުރުމާ ގުޅިގެން ބަޔަލޯޒާ ބުނީ ކުލަބުން ނިންމި ނިންމުމާ ދޭތެރޭ ހިތްހަމަނުޖެހޭ ކަމަށާއި، އެކަމަކު މައިންޒަށް އިތުރު ކާމިޔާބީއަށް އެދޭ ކަމަށެވެ.

މައިންޒުގެ ކޯޗުގެ މަގާމުން ބަޔަލޯޒާ ވަކިކުރިއިރު، ދާދި ފަހުން ޖަރުމަން ލީގުގައި ވާދަކުރަމުން އަންނަ ޝާލްކައިންވެސް ވަނީ އެ ޓީމުގެ ކޯޗުގެ މަގާމުން ޑޭވިޑް ވާގްނާ ވަކިކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް